ހިރިލަންދޫ ސްކޫލުގެ އަހަރީ ދުވަހުގެ ޖަލްސާއަށް ރައީސް ވަޑައިގަންނަވަނީ
ތ. ހިރިލަންދޫ ސްކޫލުގެ އަހަރީ ދުވަހުގެ ޖަލްސާއަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އެރަށަށް ވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.
މިއުވާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައީސް މާދަމާގެ ވަގުތެއްގައި ހިރިލަންދުއަށް ވަޑައިގަންނަވާނެ ކަމަށެވެ.
ހިރިލަންދޫ ސްކޫލަށް 71 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބާއްވާ ޚާއްޞަ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ރައީސް އެރަށަށް ވަޑައިގަންނަވާއިރު، މީގެކުރިންވެސް އެކި ރަށްރަށުގެ ސްކޫލުތަކުގެ އަހަރީ ދުވަހަށް އެމަނިކުފާނު ވަޑައިގަންނަވާފައި ވެއެވެ.\
ހިރިލަންދޫ ސްކޫލަކީ އެ އަތޮޅުގެ އެންމެ ދުވަސްވީ ސްކޫލުތަކިގެ ތެރޭގައި ހިމެނޭ ސްކޫލެކެވެ. އެ ސްކޫލުގައި 200 އަށްވުރެ ގިނަ ދަރިވަރުން ތައުލީމު ހާސިލް ކުރެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް