ހަތަރު މީހުން ތިބި ދޯންޏެއް ދިޔަވެ އަޑިއަށް ދަނީ
ހަތަރު މީހުންނާއިއެކު މާލެއިން ފުރި ދޯންޏެއް ދިޔަވެ އަޑިއަށްދާ ކަމަށް އެމްއެންޑީއެފްއިން ބުނެފި އެވެ.
އެމްއެންޑީއެފް އިން ދެންމެ ބުނީ މާލެއިން ފުރައިގެން ހަތަރު ދިވެހިންނާއެކު ތ. ދިޔަމިގިއްޔަށް ދަތުރުކުރި "މާކުރީ 7" ދޯނި ތ.ވިލިފުށީގެ ހުޅަނގު އުތުރުން 6 މޭލު ބޭރުން ދިޔަވެ އަޑިއަށްދާކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
އަދި އެ މައުލޫމާތު ލިބުމާއިއެކު އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.
އެމްއެންޑީއެފް އިން އިތުރަށް ބުނީ، އެމްއެންޑީއެފްގެ ކޯސްޓްގާޑު މިހާރު އެ ދޯންޏާއި ކައިރިކޮށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި ދޯނީގައި ތިބި ހަތަރު ފަޅުވެރިންގެވެސް ހާލު ރަނގަޅު ކަމަށާ، މިހާރު އެހެން ދޯންޏެއް ކަފު ޖަހައިގެން ދިޔަމިގިއްޔަށް ދަތުރު ކުރަމުންދާ ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް