އައްޑޫ ސިޓީގައި ތޫނު އެއްޗަކުން ހަމަލާދީ، މީހަކު މަރާލައިފި!
އައްޑޫ ސިޓީ ގައި ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި ޒުވާނަކަށް ފަރުވާ ދެމުން ދަނިކޮށް ނިޔާވެއްޖެއެވެ.
ފުލުހުން ދެންމެ ވިދާޅުވީ އައްޑޫ ސިޓީ މަރަދޫ ފޭދޫ ގެއެއްގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދީފައިވާ ކަމަށް 23:38 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
އަނިޔާވި 27 އަހަރުގެ ދިވެހި ފިރިހެނަކަށް އިކްއެޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ މިމައްސަލަ ފުލުހުން ގެންދަނީ ތަހްގީގު ކުރަމުން ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް