ދެކުނަށް މޫސުން ގޯސްވެ، ހުދު ސަމާލު ނެރެފި
ރާއްޖޭގެ ދެކުނަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ހުދުސަމާލު ނެރެފިއެވެ.
މެޓުން ހުދު ސަމާލު ނެރުނީ ގއ. އަތޮޅުން ފެށިގެން އައްޑު އަތޮޅާ ހަމައަށެވެ.
ސަމާލު ނެރެފައިވަނީ މިއަދު 13:15 އިން 19:00 އާ ހަމައަށެވެ.
އެ އިދާރާއިން ބުނެފައިވާ ގޮތުގައި، މި ވަގުތުތަކުގައި އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވެއެވެ.
މިއަދު އިރު އޮއްސި 6 އާ ހަމައަށް މޫސުން ލަފާކޮށް މެޓް އޮފީހުން ބުނީ، ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށާ އަދި ގުގުރުން އެކަށީގެންޗާ ކަމަށެވެ. އަދި ދެކުނާއި މެދު ރާއްޖެ ތެރެއަށް ބޯކޮށް ވާރޭވެހޭނެ ކަމަށްވެސް ލަފާކޮށްފައިވެއެވެ.
މީގެ އިތުރުން ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށްވެސް ލަފާކޮށްފައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް