ތިލަމާލެ ބްރިޖު؛ ފޮޓޯ / ވޮއިސް
ތިލަމާލެ ބްރިޖު؛ ފޮޓޯ / ވޮއިސް
ހަބަރު 14 Oct 2026 | 10:35

ތިލަމާލެ ބްރިޖުގެ އަދާހަމަ؛ ވިލިމާލެއާއި ގުޅިފަޅު ގުޅުވުމުގެ މަސައްކަތް މިމަހު ނިންމަނީ

ތިލަމާލެ ބުރިޖު މަޝްރޫއުގެ ދެވަނަ ބުރިޖުގެ ގޮތުގައި ވިލިމާލެއާއި ގުޅިފަޅާ ދެމެދު އަޅާ ބުރިޖުގެ މަސައްކަތް މިމަހުގެ ނިޔަލަށް ފުރިހަމަކުރުމަށް އަމާޒު ހިފާފައިވާ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު، ޑރ. އަބްދުﷲ މުއްތަލިބް ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ވިލިމާލެއާއި ގުޅިފަޅާ ދެމެދުގައި ނުގުޅި އޮތީ އެންމެ ސެގްމަންޓެއް ކަމަށެވެ. ބުރިޖުގެ ތަނބުތައް ގުޅާލާ ކޮންމެ ސެގްމަންޓަކީ ގުޅިފަޅުގެ ސައިޓުގައި ޕްރީ ފެބްރިކޭޓްކޮށް ގެނެސް ހަރުކުރާ ބައިތަކެކެވެ. މި ބުރިޖުގެ ދިގުމިނަކީ ގާތްގަނޑަކަށް 750 މީޓަރެވެ.

މާލެ ސަރަހައްދު ގުޅާލާ މި ބިޔަ މަޝްރޫއުގެ ޖުމްލަ ދިގުމިނަކީ 6.7 ކިލޯމީޓަރެވެ. އޭގެ ތެރޭގައި ކަނޑު ހުރަސްކޮށް ހަދާ ތިން ބުރިޖާއި ރަށްރަށް ހުރަސްކޮށް ހަދާ ހައިވޭތައް ހިމެނެއެވެ. ފުރަތަމަ ބައި ކަމުގައިވާ މާލެއާއި ވިލިމާލެ ގުޅާލުމުގެ މަސައްކަތް އޮގަސްޓް މަހުގެ ފަހު ހަފުތާގައި ވަނީ ނިންމައިފައެވެ. ގުޅިފަޅުން ތިލަފުއްޓާ ދެމެދު ހަދަނީ ގާތްގަނޑަކަށް 600 މީޓަރުގެ ބުރިޖެކެވެ. އެ ބުރިޖާ ގުޅިފަޅު ގުޅޭނީ 2.5 ކިލޯމީޓަރުގެ ހައިވޭއެއް މެދުވެރިކޮށެވެ.

މާލެ-ވިލިމާލެ ބުރިޖުގައި މިވަގުތު ހިނގަމުން ދަނީ ފިނިޝިން މަރުހަލާގެ މަސައްކަތްތަކެވެ. އެގޮތުން ދެ ފަރާތަށް ދުއްވާ ލޭންތައް ވަކިކުރާ މީޑިއަން ބެރިއާ ޖެހުމާއި، ތާރު އެޅުމުގެ ކުރިން ޑެކުގައި ކުރަންޖެހޭ މަސައްކަތްތައް ކުރިއަށް ގެންދާ ކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ. ރެއިލިން ހަރުކުރުމާއި މަގު ބައްތިއާއި ސީސީޓީވީ ހަރުކުރުމުގެ ތައްޔާރީތައް ވެސް ކުރިއަށް އެބަ ދެއެވެ.

މުޅި މަޝްރޫއުގެ 77 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. އިންޑިއާގެ ލައިން އޮފް ކްރެޑިޓާއި ދިވެހި ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްގެން ހިންގާ މި 500 މިލިއަން ޑޮލަރުގެ މަޝްރޫއު އެއްކޮށް ނިންމައިލުމުގެ އަމާޒަކީ އަންނަ އަހަރުގެ ނިޔަލެވެ.

ފާހަގަކޮށްލެވޭ ގޮތެއްގައި މިއީ ރާއްޖޭގައި މިވަގުތު ހިނގާ އެންމެ ބޮޑު އުމްރާނީ އެއް މަޝްރޫއުއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ސްޕީޑް 100 އަށްވުރެ މަތީގައި ބަހައްޓައިގެން ޓިކްޓޮކް ކުޅުނު ސައިކަލު ޓޯވް ކޮށްފި
14 Oct 2026 ހަބަރު

ސްޕީޑް 100 އަށްވުރެ މަތީގައި ބަހައްޓައިގެން ޓިކްޓޮކް ކުޅުނު ސައިކަލު ޓޯވް ކޮށްފި

ސައިކަލުގެ ސްޕީޑް ގަޑިއަކު 100 ކިލޯމީޓަރަށްވުރެ މަތީގައި ބަހައްޓައިގެން ނުރައްކާތެރިކޮށް ދުއްވައި، ޓިކްޓޮކް ވީޑިއޯއެއް ހެދި މައްސަލައިގައި ހިމެނޭ ސައިކަލު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ޓޯވް ކޮށްފިއެވެ.

އައްޑޫގައި ބާއްވާ "ބަލަދް ބަންގި މުބާރާތް 2026" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
14 Oct 2026 ހަބަރު

އައްޑޫގައި ބާއްވާ "ބަލަދް ބަންގި މުބާރާތް 2026" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އައްޑޫ ސިޓީގެ ދަރިވަރުންނާއި ޒުވާނުންނަށް އަމާޒުކޮށްގެން އަލް ބަލަދް ޖަމްޢިއްޔާއިން އިންތިޒާމްކުރާ "ބަލަދް ބަންގި މުބާރާތް -1 )2026(" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 11 އިން 12 އަށެވެ.

ރާއްޖޭގެ އެއްވެސް ބައެއް ބޭރުގެ އަސްކަރީ ނުވަތަ ބެލެހެއްޓުމުގެ ބާރަކަށް ނުދޭނެ: ސަރުކާރު
14 Oct 2026 ހަބަރު

ރާއްޖޭގެ އެއްވެސް ބައެއް ބޭރުގެ އަސްކަރީ ނުވަތަ ބެލެހެއްޓުމުގެ ބާރަކަށް ނުދޭނެ: ސަރުކާރު

ދިވެހިރާއްޖޭގެ ސަރަޙައްދުގެ އެއްވެސް ބައެއް، އެއްވެސް ޙާލެއްގައި، ބޭރުގެ އަސްކަރީ ނުވަތަ އެނޫންވެސް ބެލެހެއްޓުމުގެ ބާރަކަށް ދިވެހި ސަރުކާރުން ނުދޭނޭކަމުގެ ޔަގީންކަން ސަރުކާރުން ދީފި އެވެ.

ދެކުނަށް މޫސުން ގޯސްވެ، ހުދު ސަމާލު ނެރެފި
14 Oct 2026 ހަބަރު

ދެކުނަށް މޫސުން ގޯސްވެ، ހުދު ސަމާލު ނެރެފި

ރާއްޖޭގެ ދެކުނަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ ގައުމީ އިދާރާ )މެޓް އޮފީސް( އިން ހުދުސަމާލު ނެރެފިއެވެ.

ޖަރުމަނުގެ ކޮންސިއުލޭޓް ބަންދުކުރުމުން އެމްޑީޕީގެ ކަންބޮޑުވުން؛ މިއީ ބައިނަލްއަގުވާމީ ގުޅުންތަކަށް ސަރުކާރުން އިހުމާލުވާކަމުގެ ހެއްކެއް
14 Oct 2026 ހަބަރު

ޖަރުމަނުގެ ކޮންސިއުލޭޓް ބަންދުކުރުމުން އެމްޑީޕީގެ ކަންބޮޑުވުން؛ މިއީ ބައިނަލްއަގުވާމީ ގުޅުންތަކަށް ސަރުކާރުން އިހުމާލުވާކަމުގެ ހެއްކެއް

މާލޭގައި ހުންނަ ޖަރުމަނުވިލާތުގެ އޮނަރަރީ ކޮންސިއުލޭޓް ބަންދުކުރުމާ ގުޅިގެން، އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ )އެމްޑީޕީ( އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ގދ. ތިނަދޫގައި ސައިކަލެއް ކޮންޓްރޯލުން ނެއްޓި މޫދަށް ވެއްޓިއްޖެ
14 Oct 2026 ހަބަރު

ގދ. ތިނަދޫގައި ސައިކަލެއް ކޮންޓްރޯލުން ނެއްޓި މޫދަށް ވެއްޓިއްޖެ

މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، މި ހާދިސާ ހިނގަން މެދުވެރިވީ ސައިކަލަށް ފޮއްޓެއް އަރުވައިގެން ނައްޓާލަން އުޅުމުގެ ތެރޭގައި ކޮންޓްރޯލް ގެއްލިގެން ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ތިންމީހުން އަރުވައިގެން ސައިކަލު ދުއްވި މައްސަލަ: އެކަކު ބަންދުކޮށްފި؛ އެއީ މީގެ ކުރިންވެސް އެތައް ކުށެއްގެ ރެކޯޑް އޮތް މީހެއް
14 Oct 2026 ހަބަރު

ތިންމީހުން އަރުވައިގެން ސައިކަލު ދުއްވި މައްސަލަ: އެކަކު ބަންދުކޮށްފި؛ އެއީ މީގެ ކުރިންވެސް އެތައް ކުށެއްގެ ރެކޯޑް އޮތް މީހެއް

ފުލުހުން ހާމަކުރި ގޮތުގައި ސައިފަކީ ޓްރެފިކް ގަވާއިދުތަކާ ޚިލާފުވުމުގެ ބޮޑު ރެކޯޑެއް އޮންނަ މީހެކެވެ. އެގޮތުން، ލައިސަންސް ނެތި އުޅަނދު ދުއްވުމުގެ 13 މައްސަލައެއްގެ ރެކޯޑުގެ އިތުރުން، އަހަރީ ފީ އާއި ރޯޑްވާދިނަސް އަދި އިންޝުއަރެންސް ނެތި ދުއްވުމާއި، މުވާސަލާތީ ވަސީލަތެއް ބޭނުންކުރަމުން ދުއްވުމުގެ މައްސަލަތަކެއް އޭނާގެ މައްޗަށް މީގެ ކުރިން ވެސް ވަނީ ފާހަގަކުރެވިފައެވެ.

މާލެ އުތުރު ފަރާތު ބަނދަރުގެ ޖެޓީތައް ތަރައްގީކުރަނީ، އުޅަނދުތައް ނަގަން ދެ ދުވަސް
30 Sep 2026 ހަބަރު

މާލެ އުތުރު ފަރާތު ބަނދަރުގެ ޖެޓީތައް ތަރައްގީކުރަނީ، އުޅަނދުތައް ނަގަން ދެ ދުވަސް

މާލެ އުތުރު ފަރާތު ބަނދަރުގެ ޖެޓީތައް ތަރައްގީ ކުރަން ނިންމައިފި އެވެ. އެކަން ހާމަކޮށް މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ބުނީ މާލެ އުތުރު ފަރާތު ބަނދަރު ބޭ...