އައްޑޫ ޒުވާނާ މަރާލި މައްސަލާގައި މީހަކު ހައްޔަރުކޮށްފި
ތޫނު އެއްޗަކުން ހަމަލާދީ އައްޑޫ ސިޓީގައި ޒުވާނަކު މަރާލި މައްސަލައިގައި އެރަށުން މީހަކު ހައްޔަރުކޮށްފިއެވެ.
އައްޑޫ ސިޓީ މަރަދޫ ފޭދޫ ގެއެއްގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދީފައިވާ ކަމަށް ރޭ 23:38 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށް އެ އިދާރާއިން މިއަދު ބުނެފައިވެއެވެ.
އަދި އަނިޔާވި 27 އަހަރުގެ ދިވެހި ފިރިހެނަކަށް އިކްއެޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
އެކަމާއި ގުޅޭ އިތުރު މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން 25 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް