ސީރިޔާގެ ރައްޔިތުން ދިރިއުޅޭ ވަގުތީ ހިޔަލެއް
ސީރިޔާގެ ރައްޔިތުން ދިރިއުޅޭ ވަގުތީ ހިޔަލެއް
ދުނިޔެ 01 Jun 2023 | 11:41

15 މިލިއަނަށްވުރެ ގިނަ ސީރިޔާ ރައްޔިތުން ވަނީ އެހީއަށް ބޭނުންވެފައި: ޔޫއެން

15 މިލިއަނަށް ވުރެ ގިނަ ސީރިޔާ ރައްޔިތުން ވަނީ އެހީއަށް ބޭނުންވެފައި ކަމަށް ޔުނައިޑެޓް ނޭޝަންސް އިން ބުނެފިއެވެ.

15 މިލިއަން އަކީ ސީރިޔާގެ އާބާދީގެ 70 އިންސައްތައެވެ. ޔޫއެން އިން ބުނެފައިވަނީ ސީރިޔާގެ އާބާދީގެ މިހާބޮޑު ބައެއް އެހީއަށް ޖެހިފައިމިވަނީ ފެބްރުއަރީ މަހު އައި ބިންހެލުން ތަކުގެ ސަބަބުން ކަމަށެވެ.

ސީރިޔާގެ މީހުން ތިބީ އިންސާނިއްޔަތަށް އެންމެ ބޭނުން ޒަރޫރީ ކަންކަަމަށް އިންތިހާއަށް ޖެހިފައި ކަމަށް ސީރިޔާގެ ހާލަތު ބައްލަވާ ޔޫއެންގެ އޮފިޝަލަކު ވިދާޅުވެފައި ވެއެވެ. އަދި ބޯހިޔާވަހިކަމުގެ ކަންކަމުގައި އެމީހުންގެ ހާލަތު ވަރަށް ދެރަ ކަމަށް އޭނަ ވަނީ ވިދާޅުވެފައެވެ.

އޭނާ އިތުރަށް ވިދާޅުވީ ސީރިޔާގެ ރައްޔިތުން ތިބީ ފާއިތުވި 12 އަހަރަށްވުރެ ބޮޑަށް ބައިނަލް އަޤްވާމީ އެހީއަށް މިހާރު ބޭނުންވެފައި ކަމަށެވެ. ސިރިޔާގެ ހުޅަނގުއުތުރަށް ބޭނުންވާ އެހީގެ ސާމާނު ފޯރުކޮށްދިނުމަށް މަގެއް ނެތުމަކީ ދިމާވެފައިވާ އެންމެ ބޮޑު ދަތިކަން ކަމަށް އޭނަ ވަނީ ފާހަގަ ކުރައްވާފައި ވެއެވެ.

އަދި ސީރިޔާގެ އެސަރަހައްދަކީ ބިންހެލުމުގެ ސަބަބުން އެންމެ ބޮޑަށް މީހުން ހާލުގައި ޖެހުނު ސަރަހައްދެވެ. ފަންޑުކުރެވިގެން ހޯދިފައި ހުރި އެހީގެ ސާމާނު ބޯޑަރާއި ހަމައަށް ގެނެވިފައި ހުރި ނަމަވެސް އެތަކެތި އެއަށް ބޭނުން ޖެހިފައިވާ އެތައް މިލިއަން މީހުންނާއި ހަމައަށް ހުރީ ފޯރިކޮށްނުދެވިއެވެ.

ބިންހެލުމުގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެތަކެތި ފޯރު ކޮށްދޭން ހުރި މަގުތަކުގެ ދަތިކަން އިންތިހާއަށް ބޮޑެވެ. އެމަގުތަކަކީ ސިރިޔާގެ ބެލުމުގެ ދަށުގައި ހުރި ތަންތަން ކަމުން ބިނަ ހެލުމާއި ގުޅިގެން އެހީ ފޯރު ކޮށްދިނުމަށް ދަތިވެ ޔޫއެންގެ އެދުމަށް ބާބް އަލް ހަވާ ނޫން އެހެން ދޮރުތައްވެސް 3 މަސް ދުވަހަށް ވަނީ ހުޅުވައިދީފައެވެ.

ނަމަވެސް އަދިވެސް އެހީ އެންމެ ބޭނުންވި ސަރަހައްދު ތަކަށް އެހީވަނީ ނުލިބިއެވެ. އެހެން ކަމުން އެހީގެ ގާފިލާ ތަކަށް ދަތުރު ކުރެވޭހެން އިތުރު 12 މަހަށް އެމަގުތައް ހުޅުވައިދިނުމަށް ޔޫއެން އިން ވަނީ މިހާރު އެދިފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މުސާރަައިގެ މައްސަލަ ހޫނުވެ، ބަންގްލަދޭޝްގެ ފޭރާން ސިނާއަތް ހުއްޓުމަކަށް
02 Nov 2026 ދުނިޔެ

މުސާރަައިގެ މައްސަލަ ހޫނުވެ، ބަންގްލަދޭޝްގެ ފޭރާން ސިނާއަތް ހުއްޓުމަކަށް

މުސާރަ ކުޑަވުމާއި ދިރިއުޅުމުގެ ޚަރަދުތައް އިންތިހާއަށް އުފުލުމާ ގުޅިގެން، ބަންގްލަދޭޝްގެ އަންނައުނު އުފައްދާ ކާރުޚާނާތަކުގެ އެތައް ހާސް މުވައްޒަފުންނެއް މަގުތަކަށް ނުކުމެ ކުރަމުންދާ ވަރުގަދަ މުޒާހަރާތަކުގެ ސަބަބުން، އެ ޤައުމުގެ އިޤްތިޞާދުގެ މައިނާރު ކަމަށްވާ އަންނައުނު އުފެއްދުމުގެ ސިނާއަތް މުޅިން ހުއްޓުމަކަށް އަތުވެއްޖެއެވެ.

ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން ރަޔަންއެއާގެ ފައިދާ ދަށަށް ހިނގައްޖެ
02 Nov 2026 ދުނިޔެ

ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން ރަޔަންއެއާގެ ފައިދާ ދަށަށް ހިނގައްޖެ

ކުންފުނިން ބުނި ގޮތުގައި ފައިދާ ދަށަށް ދިޔަ މައިގަނޑު ސަބަބަކީ ބައިނަލްއަގުވާމީ މާކެޓުގައި ތެލުގެ އަގު އުފުލުމާއި، އެމެރިކާއާއި އިސްރާއީލުން އިރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ޓިކެޓުގެ އަގުތަކަށް އައި ބަދަލުތަކެވެ.

އަބޫ ބިލާލްގެ ސިއްރު ލައިބްރަރީ: ހަނގުރާމައިގެ ތެރޭގައި ޢިލްމީ ތަރިކަ ރައްކާތެރިކުރުމުގެ މަތިވެރި ޖިހާދެއް
18 Sep 2026 ރިޕޯޓް

އަބޫ ބިލާލްގެ ސިއްރު ލައިބްރަރީ: ހަނގުރާމައިގެ ތެރޭގައި ޢިލްމީ ތަރިކަ ރައްކާތެރިކުރުމުގެ މަތިވެރި ޖިހާދެއް

މިއީ ޢިލްމަށް ލޯބިކުރުމުގެ މިސާލެއް ފަދަ ހައިރާންކުރުވަނިވި ވާހަކައެކެވެ. މި ޙާދިސާއަކީ، ސޫރިޔާގެ ދާޚިލީ ހަނގުރާމައިގެ ބިރުވެރިކަމުގެ ތެރޭގައި، "އަބޫ ބިލާލް" ނަމަކަށް ކިޔާ އިސްރަށްވެއްސަކު އޭނާގެ ގޭގެ...

47 އަހަރަށް ފަހު ޓެރަރިޒަމް ސްޕޮންސާ ކުރާ ޤައުމުތަކުގެ ލިސްޓުން ސީރިއާ އުނިކޮށްފި
25 Aug 2026 ދުނިޔެ

47 އަހަރަށް ފަހު ޓެރަރިޒަމް ސްޕޮންސާ ކުރާ ޤައުމުތަކުގެ ލިސްޓުން ސީރިއާ އުނިކޮށްފި

ޓެރަރިޒަމަށް ހިތްވަރުދޭ ޤައުމުތަކުގެ ގޮތުގައި އެމެރިކާއިން ކަނޑައަޅާފައި އޮތް ލިސްޓުގައި 1979 ވަނަ އަހަރުން ފެށިގެން ސީރިއާ ހިމެނިފައި އޮތުމަށް ފަހު އެ ޤައުމު އެ ލިސްޓުން އުނިކޮށް ޕްރައިވެޓް ސެކްޓާ އި...

ސޫރިޔާގެ ކޯޓުން ބައްޝާރުލް އަސަދާއި އާއިލާގެ ދެ މެންބަރަކަށް މަރުގެ ޙުކުމް އިއްވައިފި
11 Aug 2026 ދުނިޔެ

ސޫރިޔާގެ ކޯޓުން ބައްޝާރުލް އަސަދާއި އާއިލާގެ ދެ މެންބަރަކަށް މަރުގެ ޙުކުމް އިއްވައިފި

ސޫރިޔާގައި ގާތްގަނޑަކަށް 14 އަހަރު ދެމިގެންދިޔަ ދާޚިލީ ހަނގުރާމައިގެ ތެރޭގައި ހިންގި ބޮޑެތި ޖަރީމާތަކާ ގުޅިގެން ކުރީގެ ރައީސް ބައްޝާރުލް އަސަދާއި އޭނާގެ ކޮއްކޮ މާހިރުލް އަސަދާއި ދެބެންގެދެދަރި އާތިފް ...

ސޫރިޔާއިން އިސްރާއީލާއެކު ސަލާމަތީ އެއްބަސްވުމަކަށް ދާން ބޭނުންވާކަމަށް ރައީސް އަލްޝަރަޢު ވިދާޅުވެއްޖެ
27 Jul 2026 ދުނިޔެ

ސޫރިޔާއިން އިސްރާއީލާއެކު ސަލާމަތީ އެއްބަސްވުމަކަށް ދާން ބޭނުންވާކަމަށް ރައީސް އަލްޝަރަޢު ވިދާޅުވެއްޖެ

ފަލަސްތީނުގެ ބިންތައް ގަދަކަމުން ފޭރި، އެގައުމުގެ މުސްލިމުން ޝަހީދުކުރަމުންދާ ނިރުބަވެރި އިސްރާއީލާއެކު ސަލާމަތީ އެއްބަސްވުމެއް ގާއިމުކުރުމަށް ސޫރިޔާއިން މަސައްކަތް ކުރަމުންދާ ކަމަށް އެގައުމުގެ ރައީސް...

ޓެރަރިސްޓް ލިސްޓުން ސީރިއާގެ ވެރިކަންކުރާ ޖަމާއަތުގެ ނަން އުނިކޮށްފި
08 Feb 2026 ދުނިޔެ

ޓެރަރިސްޓް ލިސްޓުން ސީރިއާގެ ވެރިކަންކުރާ ޖަމާއަތުގެ ނަން އުނިކޮށްފި

ރާއްޖޭން ގަބޫލުކުރާ ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓުން ސީރިއާގެ ވެރިކަންކުރާ ޖަމާއަތް ކަމަށްވާ ހަޔާތު ތަހްރީރް އަލް ޝާމް (އެޗްޓީއެސް) ޖަމާއަތުގެ ނަން އުނިކޮށްފިއެވެ. މިއާއިއެކު، ރާއްޖެއިން ދަތުރުކުރުނ...

ސީރިޔާގެ އައިސިސްއަށް އެމެރިކާއިން ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފި
11 Jan 2026 ދުނިޔެ

ސީރިޔާގެ އައިސިސްއަށް އެމެރިކާއިން ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފި

ސީރިޔާގެ އެކި ސަރަހައްދުތަކުގައިވާ އިސްލާމިކް ސްޓޭޓް (އައިސިސް) ގެ މަގާމުތަކަށް އަމާޒުކޮށް، އެމެރިކާއިން ވަރުގަދަ ވައިގެ ހަމަލާތަކެއް ދިފިއެވެ. އެމެރިކާގެ އޮފިޝަލުން ބުނީ، ރޭވުންތެރިކަމާއެކު ދޭން ފެށި...