ސޫރިއާގެ ކުރުދީން ކޮންޓްރޯލްކުރާ އަވަށެއް... ފޮޓޯ: އޭބީސީ
ސޫރިއާގެ ކުރުދީން ކޮންޓްރޯލްކުރާ އަވަށެއް... ފޮޓޯ: އޭބީސީ
ދުނިޔެ 08 Feb 2026 | 14:28

ޓެރަރިސްޓް ލިސްޓުން ސީރިއާގެ ވެރިކަންކުރާ ޖަމާއަތުގެ ނަން އުނިކޮށްފި

ރާއްޖޭން ގަބޫލުކުރާ ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓުން ސީރިއާގެ ވެރިކަންކުރާ ޖަމާއަތް ކަމަށްވާ ހަޔާތު ތަހްރީރް އަލް ޝާމް (އެޗްޓީއެސް) ޖަމާއަތުގެ ނަން އުނިކޮށްފިއެވެ.

މިއާއިއެކު، ރާއްޖެއިން ދަތުރުކުރުން މަނާވާ ހަނގުރާމަވެރި ސަރަހައްދުތަކުގެ ލިސްޓުން ވެސް ސީރިއާ ވަނީ އުނިކޮށްފައެވެ.

ރާއްޖޭން ގަބޫލުކުރާ ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓާއި ރާއްޖޭން ދަތުރުކުރުން މަނާވާ ހަނގުރާމަވެރި ސަރަހައްދުތަކުގެ ލިސްޓަކީ ކޮންމެ އަހަރަކު މުރާޖައާކުރަން ޖެހޭ ލިސްޓެކެވެ. އެގޮތުން، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައިވާ ގޮތުން، ނެޝަނަލް ސެކިއުރިޓީ ކައުންސިލްގެ ލަފާގެ މަތިން އެ ލިސްޓު މުރާޖައާކޮށް ރައީސް އޮފީހުން މިދިޔަ ބުރާސްފަތި ދުވަހު ސަރުކާރުގެ ގެޒެޓްގައި ވަނީ ޝާއިއުކޮށްފައެވެ.

2019 ވަނަ އަހަރުން ފެށިގެން ރާއްޖޭން ގަބޫލުކުރާ ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓްގައި އެޗްޓީއެސް ޖަމާއަތުގެ ނަން އޮވެއެވެ. އޭގަފަހުން، ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލްއަސަދުގެ ވެރިކަން ވައްޓާލުމަށް ފަހު އެ ގައުމުގެ ވެރިކަމާ އެޗްޓީއެސް ޖަމާއަތުން، ޑިސެމްބަރު 2024ގައި ހަވާލުވެ، ޖެނުއަރީ 2025ގައި ރައީސަކު އައްޔަނު ކުރިފަހުން މިދިޔަ އަހަރު ލިސްޓް މުރާޖައާކޮށް ނެރުނުއިރު ވެސް ލިސްޓްގައި އެ ޖަމާއަތުގެ ނަން އޮތެވެ.

ޓެރަރިސްޓް ޖަމާއަތްތަކުގެ މި ލިސްޓުން ރާއްޖެއިންވެސް، އެޗްޓީއެސް ޖަމާއަތް އުނިކުރީ އެމެރިކާއިންނާއި ދުނިޔޭގެ އެހެން ގިނަ ގައުމުތަކުން ވެސް މިހާރު އެ ޖަމާއަތަކީ ޓެރަރިސްޓު ޖަމާއަތެއް ނޫންކަމަށް ދެކެމުންދާތީއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މުސްލިމުންގެ އާބާދީ ކްރިސްޓިއަނުންނަށްވުރެ އިތުރުވާނެ ކަމަށް ލަފާކުރުމުން، ކްރިސްޓިއަނުން ކައިވެނިކޮށް ގިނައިން ދަރިން ހޯދުމަށް ގޮވާލައިފި
22 Nov 2026 ދުނިޔެ

މުސްލިމުންގެ އާބާދީ ކްރިސްޓިއަނުންނަށްވުރެ އިތުރުވާނެ ކަމަށް ލަފާކުރުމުން، ކްރިސްޓިއަނުން ކައިވެނިކޮށް ގިނައިން ދަރިން ހޯދުމަށް ގޮވާލައިފި

2035 ވަނަ އަހަރު އަންނަންވާއިރަށް ދުނިޔޭގެ އެންމެ ބޮޑު އާބާދީ އޮތް ދީނަކަށް އިސްލާމްދީން ވެގެންދާނެ ކަމަށް ދިރާސާއަކުން ދެއްކުމާ ގުޅިގެން، ކައިވެނިކޮށް ގިނައިން ދަރިން ހޯދުމަށް އެމެރިކާގެ ކުރީގެ ވައިޓް ހައުސް ޕްރެސް ސެކްރެޓަރީ ކެރޮލައިން ލީވިޓް ކްރިސްޓިއަނުންނަށް ގޮވާލައިފިއެވެ.

އިސްރާއީލުގައި ސަރުކާރެއް އެކުލަވާލުމަށް އައިޒެންކޮޓް، ނަތަންޔާހޫގެ ލިކުޑް ޕާޓީއަށް މަޝްވަރާއަށް ދައުވަތު ދީފި
22 Nov 2026 ދުނިޔެ

އިސްރާއީލުގައި ސަރުކާރެއް އެކުލަވާލުމަށް އައިޒެންކޮޓް، ނަތަންޔާހޫގެ ލިކުޑް ޕާޓީއަށް މަޝްވަރާއަށް ދައުވަތު ދީފި

އިސްރާއީލުގެ އާ ސަރުކާރެއް އެކުލަވާލުމުގެ މަސްއޫލިއްޔަތު ހަވާލުކުރެވިފައިވާ ކުރީގެ އަސްކަރީ ވެރިޔާ ގާޑީ އައިޒެންކޮޓް، ބެންޖަމިން ނަތަންޔާހޫގެ ކަނާތުފިޔައިގެ ލިކުޑް ޕާޓީއާ އެކު ކޯލިޝަން މަޝްވަރާތައް ފެށުމަށް ދައުވަތު ދީފިއެވެ.

އަބޫ ބިލާލްގެ ސިއްރު ލައިބްރަރީ: ހަނގުރާމައިގެ ތެރޭގައި ޢިލްމީ ތަރިކަ ރައްކާތެރިކުރުމުގެ މަތިވެރި ޖިހާދެއް
18 Sep 2026 ރިޕޯޓް

އަބޫ ބިލާލްގެ ސިއްރު ލައިބްރަރީ: ހަނގުރާމައިގެ ތެރޭގައި ޢިލްމީ ތަރިކަ ރައްކާތެރިކުރުމުގެ މަތިވެރި ޖިހާދެއް

މިއީ ޢިލްމަށް ލޯބިކުރުމުގެ މިސާލެއް ފަދަ ހައިރާންކުރުވަނިވި ވާހަކައެކެވެ. މި ޙާދިސާއަކީ، ސޫރިޔާގެ ދާޚިލީ ހަނގުރާމައިގެ ބިރުވެރިކަމުގެ ތެރޭގައި، "އަބޫ ބިލާލް" ނަމަކަށް ކިޔާ އިސްރަށްވެއްސަކު އޭނާގެ ގޭގެ...

47 އަހަރަށް ފަހު ޓެރަރިޒަމް ސްޕޮންސާ ކުރާ ޤައުމުތަކުގެ ލިސްޓުން ސީރިއާ އުނިކޮށްފި
25 Aug 2026 ދުނިޔެ

47 އަހަރަށް ފަހު ޓެރަރިޒަމް ސްޕޮންސާ ކުރާ ޤައުމުތަކުގެ ލިސްޓުން ސީރިއާ އުނިކޮށްފި

ޓެރަރިޒަމަށް ހިތްވަރުދޭ ޤައުމުތަކުގެ ގޮތުގައި އެމެރިކާއިން ކަނޑައަޅާފައި އޮތް ލިސްޓުގައި 1979 ވަނަ އަހަރުން ފެށިގެން ސީރިއާ ހިމެނިފައި އޮތުމަށް ފަހު އެ ޤައުމު އެ ލިސްޓުން އުނިކޮށް ޕްރައިވެޓް ސެކްޓާ އި...

ސޫރިޔާގެ ކޯޓުން ބައްޝާރުލް އަސަދާއި އާއިލާގެ ދެ މެންބަރަކަށް މަރުގެ ޙުކުމް އިއްވައިފި
12 Aug 2026 ދުނިޔެ

ސޫރިޔާގެ ކޯޓުން ބައްޝާރުލް އަސަދާއި އާއިލާގެ ދެ މެންބަރަކަށް މަރުގެ ޙުކުމް އިއްވައިފި

ސޫރިޔާގައި ގާތްގަނޑަކަށް 14 އަހަރު ދެމިގެންދިޔަ ދާޚިލީ ހަނގުރާމައިގެ ތެރޭގައި ހިންގި ބޮޑެތި ޖަރީމާތަކާ ގުޅިގެން ކުރީގެ ރައީސް ބައްޝާރުލް އަސަދާއި އޭނާގެ ކޮއްކޮ މާހިރުލް އަސަދާއި ދެބެންގެދެދަރި އާތިފް ...

ސޫރިޔާއިން އިސްރާއީލާއެކު ސަލާމަތީ އެއްބަސްވުމަކަށް ދާން ބޭނުންވާކަމަށް ރައީސް އަލްޝަރަޢު ވިދާޅުވެއްޖެ
27 Jul 2026 ދުނިޔެ

ސޫރިޔާއިން އިސްރާއީލާއެކު ސަލާމަތީ އެއްބަސްވުމަކަށް ދާން ބޭނުންވާކަމަށް ރައީސް އަލްޝަރަޢު ވިދާޅުވެއްޖެ

ފަލަސްތީނުގެ ބިންތައް ގަދަކަމުން ފޭރި، އެގައުމުގެ މުސްލިމުން ޝަހީދުކުރަމުންދާ ނިރުބަވެރި އިސްރާއީލާއެކު ސަލާމަތީ އެއްބަސްވުމެއް ގާއިމުކުރުމަށް ސޫރިޔާއިން މަސައްކަތް ކުރަމުންދާ ކަމަށް އެގައުމުގެ ރައީސް...

ސީރިޔާގެ އައިސިސްއަށް އެމެރިކާއިން ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފި
11 Jan 2026 ދުނިޔެ

ސީރިޔާގެ އައިސިސްއަށް އެމެރިކާއިން ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފި

ސީރިޔާގެ އެކި ސަރަހައްދުތަކުގައިވާ އިސްލާމިކް ސްޓޭޓް (އައިސިސް) ގެ މަގާމުތަކަށް އަމާޒުކޮށް، އެމެރިކާއިން ވަރުގަދަ ވައިގެ ހަމަލާތަކެއް ދިފިއެވެ. އެމެރިކާގެ އޮފިޝަލުން ބުނީ، ރޭވުންތެރިކަމާއެކު ދޭން ފެށި...

އިތުރު ހަ ގައުމެއްގެ ރައްޔިތުން އެމެރިކާއަށް ދަތުރުކުރުން މަނާކޮށްފި، ސީރިޔާއާ ފަލަސްތީނުވެސް ހިމެނޭ
17 Dec 2025 ދުނިޔެ

އިތުރު ހަ ގައުމެއްގެ ރައްޔިތުން އެމެރިކާއަށް ދަތުރުކުރުން މަނާކޮށްފި، ސީރިޔާއާ ފަލަސްތީނުވެސް ހިމެނޭ

އެމެރިކާއަށް ދަތުރުކުރުމަށް މަނާކުރެވިފައިވާ ގައުމުތަކުގެ ލިސްޓަށް ހަ ގައުމެއް އިތުރުކޮށްފިއެވެ. މި ގައުމުތަކުގެ ތެރޭގައި ފަލަސްތީނާއި ސީރިޔާ ވެސް ހިމެނެއެވެ. މުސްލިމުންދާ ދެކޮޅަށް ހަރުކަށި އުސޫލުތަކެ...