އިތުރު ދިވެހި ޙައްޖާޖީއަކު ނިޔާވެއްޖެ
ދިވެހި ޙައްޖާޖީއަކު ސަޢުދީއަރަބިއްޔާގައި ނިޔާވެއްޖެއެވެ.
ނިޔާވެފައިވަނީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑްގެ ހަވާލުގައި މިއަހަރު ޙައްޖަށް ދިޔަ ދ. މާއެނބޫދޫ، ފިޔާތޮށިގެ، ޢުމުރުން 72އަހަރުގެ ޢަލީ ޙަސަންކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.
އަދި އޭނާ ނިޔާވީ މައްކާގެ ސަޢުދީ ޖާމަން ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ކަމަށާއި އޭނާ ނިޔާވީ އިއްޔެ ރާއްޖެ ގަޑިން 18:17 ގައި ކަމަށް އިސްލާމިކް މިނިސްޓްރީއިން ބުނެފައިވެއެވެ.
މިއަހަރު ޙައްޖަށްދިޔަ ޙައްޖާޖީއަކު ގެެއްލިގެން ހޯދަމުން ދަނިކޮށް ޖަބަލުއް ނޫރް ކައިރީގައި ނިޔާވެފައި އޮއްވައިވަނީ ފެނިފައެވެ.
ގެއްލިގެން ހޯދަމުން ދާތާ 4 ދުވަސް ފަހުން ނިޔާވެފައި އޮއްވައި ފެނިފައިވަނީ އަލް ޙަރަމައިން ޙައްޖު ޢުމްރާ ގްރޫޕުން ޙައްޖަށް ދިޔަ ރ މާކުރަތު އުމުރުން 72 އަހަރުގެ މުޙައްމަދު ނަސީމެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް