ދެކުނު އިންޑިއާ ކަނޑަށް އައި ބިންހެލުމުގެ އަސަރު ރާއްޖެއަކަށް ނުކުރާނެ: މެޓް އޮފީސް
ދެކުނު އިންޑިއާ ކަނޑަށް މިއަދު އައި ބިންހެލުމުގެ އަސަރު ރާއްޖެއަށް ކުރާނެ ކަމަށް ނުފެންނަ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނެފިއެވެ.
އެގޮތުން މިކަމާއި ގުޅިގެން މެޓް އޮފީހުން ކުރި ޓްވީޓުގައި ބުނެފައިވަނީ މިއަދު 12:29 ހާއިރު ބިން ހެލުން އައިސްފައިވަނީ މާލެއާއި 1748 ކިލޯމީޓަރު ދުރުން ކަމަށެވެ.
އަދި މި ބިނެހެލުމުގައި 6.0 މެގްނެޓިއުޑްގެ ބާރު ހުރި ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.
މި މެގްނެޓިއުޑްގެ ބިންހެލުންތަކުގެ ސަބަބުން އާންމުކޮށް މާބޮޑު ގެއްލުމެއް ނުލިބެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް