ސްވިޑިންގައި ޤުރުއާން އަންދާލުމާއި ގުޅިގެން ޢިރާޤްގައި ބޭއްވި މުޒާހަރާގެ ތެރެއިން. ފޮޓޯ: އޭޕީ
ސްވިޑިންގައި ޤުރުއާން އަންދާލުމާއި ގުޅިގެން ޢިރާޤްގައި ބޭއްވި މުޒާހަރާގެ ތެރެއިން. ފޮޓޯ: އޭޕީ
ދުނިޔެ 01 Jul 2023 | 15:24

ސްވިޑިންގައި ޤުރުއާން އަންދާލުމާއި ގުޅިގެން އޯއައިސީގެ ކުއްލި ބައްދަލުވުމަކަށް ގޮވާލައިފި

ސްވިޑިންގައި ޤުރުއާން އަންދާލުމާއި ގުޅިގެން އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ކުއްލި ބައްދަލުވުމަކަށް ގޮވާލައިފިއެވެ.

އޯއައިސީ އިން ގޮވާލައިފައިވަނީ މިފެށޭ ހަފްތާގައި ޖިއްދާގައި އެ ބައްދަލުވުން ބޭއްވުމަށެވެ.

މިބައްދަލު ކުރުމުގައި މަޝްވަރާ ކުރެވޭނީ ކީރިތި ޤުރުއާން އަންދާލައި ސްވިޑިން އިން ހިންގި ހައްދުފަހަނައަޅައިފައިވާ ނުބައި ޢަމަލު ހިންގުމުން އަޅާނެ ފިޔަވަޅަކާއި ދެމެދުގައި ކަމަށް އޯއައިސީގެ ތަރުޖަމާނެއް ޢަރަބް ނިއުސް އަށް ބުނެފައިވެއެވެ.

ޢިރާޤުން ސްވިޑިން އަށް ހިޖުރަ ކޮށް ސްވިޑިންގައި ދިރިއުޅެމުންދާ ސަލްވާން މޮމިކާ ނަމަކަށް ކިޔާ މީހަކު ވަނީ ސްޓޮކްހަމްގެ އެނެމް ބޮޑު މިސްކިތުގެ ކުރިމަތީގައި ކީރިތި ޤުރުއާން މުސްޙަފެއްގައި އަލިފާން ރޯކޮށްލައިފައެވެ.

މިކަމާއި ގުޅިގެން މެދުއިރުމަތީގެ ޤައުމުތަކުގައި އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ. އެގޮތުން  ބައެއް ޤައުމުތަކުގެ ޚާރިޖީ ވުޒާރާތައް އަދި އެއްބައި ޤައުމުތަކުން ސްވިޑިން އަށް ކަނޑައަޅައިފައި ތިބޭ ސަފީރުން ވަނީ މި ޢަމަލު ކުށްވެރިކޮށްފައެވެ.

މިކަމާއި ގުޅިގެން އިއްޔެ ވަނީ އިރާޤް ގެ ބަޣްދާދުގައި ހުންނަ ސްވިޑިންގެ އެމްބަސީކައިރީ މުޒާހަރާ ކޮށްފައެވެ. އަދި ސްވިޑިން އާއި އޮންނަ ޑިޕްލޮމެޓިކް ގުޅުން ކަނޑާލުމަށް ގޮވާލައިފައިވެއެވެ.

މެދުއިރުމަތީގެ ޤައުމުތަކާއި ޚާއްސަ ކޮށް އިރާޤުގައި އެކަމާއި ގުޅިގެން އަޑު އުފުލަމުން ދާއިރު މިޢަމަލު ހިންގި މޮމިކާ ބުނެފައިވަނީ ކުރިއަށް 10 ދުވަސް ތެރޭގައި ސްޓޮކްހަމްގައި ހުންނަ ޢިރާޤްގެ އެމްބަސީ ކުރިމަތީގައި އޭނާ އަނެއްކާވެސް މުސްޙަފެއް އަންދާލާނެ ކަމަށާއި އަދި އެއާއި އެކު ޢިރާޤްގެ ދިދަވެސް އަންދާލާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

އޭނާ ބުނެފައިވަނީ އޭނާގެ މިޢަމަލުގެ ސަބަބުން އެތައް ހާސް މަރުގެ އިންޒާރެއް އޭނާއަށް ލިބޭނެކަން މާކުރިންވެސް އެނގޭ ކަމަށެވެ. އަދި މިކަމަކީ ނަފްރަތު އުފައްދާ ޢަމަލެއްކަމަށް އޭނާ ނުދެކޭ ކަމަށް މޮމިކާ ވަނީ ބުނެފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި
03 Nov 2026 ދުނިޔެ

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި

ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ އެކްސްގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ފެންނަ ގޮތުން، އެ މީހާގެ ޕާސްޕޯޓުގެ ގިނަ ސޮފުހާތަކުގައި ހުރީ އެކި މީހުންގެ ފޯނު ނަންބަރުތަކާއި ނަންތައް ނޯޓުކޮށް، ރައްކާކޮށްފައެވެ.

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު
03 Nov 2026 ދުނިޔެ

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު

މިދިޔަ އާދިއްތަ ދުވަހު ވެރިރަށް ޑާކާގައި ފެށި މި މުޒާހަރާތައް ވަނީ ބޮޑެތި ހަމަނުޖެހުންތަކަކަށް ބަދަލުވެފައެވެ. އެގޮތުން މުޒާހަރާގެ ބައިވެރިން މަގުތައް ބަންދުކޮށް، ބައެއް ފެކްޓްރީތަކަށް ގެއްލުންދީ، އުޅަނދުފަހަރުގައި ހުޅުޖަހާފައިވެއެވެ. މި ހަމަނުޖެހުންތައް ކޮންޓްރޯލްކޮށް، މުޒާހަރާގެ ބައިވެރިން ރޫޅާލުމަށް ފުލުހުން ވަނީ ކަރުނަގޭސް ބޭނުންކޮށްފައެވެ. ޑާކާ ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރު މުހިދުލް އިސްލާމް ވިދާޅުވި ގޮތުގައި، ހޯމަ ދުވަހާ ހަމައަށް މަދުވެގެން 29 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި ގާމެންޓް ސިނާއަތުގައި ގަސްދުގައި ނުތަނަވަސްކަން އުފައްދަން އުޅޭ ފަރާތްތަކާ މެދު ގާނޫނީ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.