އޮންލައިން ރީ ރެޖިސްޓޭޝަންގެ މުއްދަތު އިތުރުކޮށްފި
އޮންލައިންކޮށް ރީ ރެޖިސްޓަރ ވުމަށް އިލެކްޝަންސް ކޮމިޝަނުން ދިން މުއްދަތު ބުދަދުވަހާއި ހަމައަށް އިތުރުކޮށްފިއެވެ.
އީސީއިން ނެރެފައިވާ އިޢުލާނެއްގައި ބުނެފައިވަނީ ވޯޓުލާން ރަޖިސްޓަރ ވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް އޮންލައިންކޮށް ހުށަހެޅުމުގެ ވަގުތު އަންނަ ބުދަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.
ކުރިން އީސީއިން ކޮށްފައިވާ އިޢުލާނުގައި ވާގޮތުން ރީ ރެޖިސްޓޭޝަންގެ މުއްދަތު މިރޭގެ 12:00 އަށް ހަމަވާނެއެވެ.
މިއަހަރުގެ ރިޔާސީ އިންތިޚާބަށް ރީޖެސްޓްރީވުމުގެ ފުރުޞަތު ދެ ގޮތަކަށް އީސީއިން ވަނީ ހުޅުވާލާފަ އެވެ. އެއީ އޮންލައިންކޮށާއި، ފޯމު ހުށައަޅައިގެންނެވެ. އެގޮތުން ފޯމު މެދުވެރިކޮށް ރީ ރަޖިސްޓަރީވުމުގެ މުއްދަތު ހަމަވާނީ އަންނަ ހޮނިހިރު ދުވަހަށް ހަމަވާނެއެވެ.
މިއަހަރުގެ ސެޕްޓެމްބަރު 9ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވޯޓު ލުމުގެ ހައްގު 282،672 މީހުންނަށް ވަނީ ލިބިފަ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް