އެމްޑީޕީ ހަރުގެ ޖަލްސާގައި ނަޝީދު ވާހަކަދައްކަވަނީ: ފޮޓޯ/ އެމްޑީޕީ
އެމްޑީޕީ ހަރުގެ ޖަލްސާގައި ނަޝީދު ވާހަކަދައްކަވަނީ: ފޮޓޯ/ އެމްޑީޕީ
ހަބަރު 15 Oct 2026 | 05:27

ރައީސް ނަޝީދުގެ ކަންބޮޑުވުން: މިހާރު ސްކޫލްތަކުގައި ލަވަ މުބާރާތްތަކާއި އިތުރު ހަރަކާތްތަކެއް ނުބާއްވާ؛ މުޅި ޖީލު ހަލާކުވަނީ

ރާއްޖޭގެ ސްކޫލްތަކުގައި ކުރިއަށްގެންދާ އިތުރު ހަރަކާތްތަކާއި ލަވަ މުބާރާތްތައް ހުއްޓި، ތަޢުލީމީ މުޅި ޖީލެއް ހަލާކުވަމުންދާ ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ރޭ އެމްޑީޕީ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، މަދަރުސާތަކުން ދަރިވަރުން ކިޔެވުން ފުރިހަމަނުކޮށް ވަކިވާ މިންވަރު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ ކަމަށެވެ. އަދި ތަޢުލީމީ މަންހަޖަކީ ކިތަންމެ ގިނަ މާހިރުންނާއި ތަޖުރިބާތަކަކާ އެކު އެތައް މަޝްވަރާއެއް ކޮށްގެން އެކުލަވާލަންޖެހޭ އެއްޗެއް ނަމަވެސް، މި ސަރުކާރުން އެކަން ކުރަމުންދަނީ އެފަދަ ހަމައަކުން ނޫން ކަމަށް ވިދާޅުވެ ފާޑުވިދާޅުވިއެވެ.

"ދަރިވަރެއް މިއުފައްދަނީ ޤައުމަކާ ހަވާލުވާން. އޭނާއަށް އަންގާދޭންވީ ކޯޗެއްތޯ ޓީޗަރު މީހާ މި ބުނެދޭންޖެހެނީ. އެ ބުނެދޭ އެ މުޤައްރަރު ފޯން ކޯލަކުން، ޓެކްސްޓަކުން މި ބަދަލުކުރަނީ. ދަރިވަރުންނަށް ވާނެ ގޮތް ދެން އަޅުގަނޑުމެން މާބޮޑަކަށް ވިސްނާކަށްވެސް ނުޖެހޭ. ދިވެހިރާއްޖޭގެ ޒުވާން ޖީލެއް މި ގެންދަނީ މި ނާގާބިލު ސަރުކާރުގެ ވިސްނުމުގެ ތެރެއަށް،" ނަޝީދު ވިދާޅުވިއެވެ.

މީގެއިތުރުން، ޤައުމީ ސަލާމް ކިޔުމާ ގުޅޭގޮތުން ވެސް ރައީސް ނަޝީދު ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން، ޤައުމީ ސަލާމް ކިޔުން ތަޢުލީމީ ދާއިރާއިން ގޯސްކަމެއްގެ ގޮތުގައި ސިފަކުރަމުންދާ ކަމަށާއި، ނަމަވެސް ވެރިން އެކަމުގައި ދައްކަވަނީ ދެފުށްދެގޮތް ސިޔާސަތެއް ކަމަށް ވިދާޅުވިއެވެ.

"މިހާރު ޤައުމީ ސަލާމް ކިޔުއްވާ ކޮންމެ އިރެއްގަ މިބޭފުޅުން ތިއްބަވަނީ ވަރަށް ބޮޑަށް މޭގަ އަތްއަޅުއްވައިގެން. ހާޓް އެޓޭކެއް ޖެހެނީކަމަށްވެސް ބައެއްފަހަރަށް ހީތައް ވެދޭ. މި ޤައުމީ ސަލާމް ވިއްކަވައިގެން ވަޑައިގަތީ. ވަޑައިގެން މަދަރުސާތަކުގަ ޤައުމީ ސަލާމް ކިޔުން މަނާކުރުން ވަރިހަމަ ކުރައްވައިގެން،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު އިތުރަށް ވިދާޅުވީ، ސްކޫލްތަކުގައި ލަވަ މުބާރާތްތަކާއި އިތުރު ކުޅިވަރުތައް ނުބާއްވާ ކަމަށާއި މަދަރުސާތަކުގެ އިތުރު ހަރަކާތްތައް މުޅިން ހުއްޓިފައިވާ ކަމަށެވެ.

ލަވަމުބާރާތެއް ނުބާއްވާނެ. އިތުރު ކުޅިވަރުތަކެއް މަދަރުސާގައި ނުބާއްވާނެ. މަދަރުސާތަކުގެ އިތުރު ހަރަކާތްތައް މުޅިން ގެއްލިގެންދަނީ ހުއްޓިގެންދަނީ. އަޅުގަނޑު ޔަގީން މިތަނުގަ ތިބި ކޮންމެ ބޭފުޅެއްގެވެސް ހަނދާނުގައި ހުންނާނެ އެމީހުން މަދަރުސާގައި އުޅުނު ދުވަސް. އިންޓަހައުސް މުބާރާތްވެގެންދަނީ މުޅި އުމުރަށް ހިތުގަ ބިންވަޅު ނެގިފަ ހުންނަ މުބާރާތަކަށް. މިއަދުގެ ދަރިވަރަކު ކީކޭތޯ ބުނާނީ ކޮބާތޯ މަދަރުސީ ދައުރުގެ ހަނދާނަކީ؟ ނޭނގެ… ޖީލެއް މި ހަލާކުކޮށްލަނީ. ދިވެހިރާއްޖޭގެ އިޤްތިޞާދު ހަލާކުކޮށްލުމަކީ އެއްކަމެއް. ދިވެހި މާލިއްޔަތު ރޫޅާލުމަކީ އެއްކަމެއް. އެހެންނަމަވެސް ދިވެހި ޒުވާނުން ދިވެހި ދަރިން އެމީހުންގެ މުސްތަޤްބަލް ހަލާކުކޮށްލާކަށް އަޅުގަނޑުމެންނަކަށް ދޫކޮށް ނުލެވޭނެ.

ކުދިން މަދަރުސާ ދޫކޮށް ދިއުމުގެ ނަތީޖާއަށް އަލިއަޅުއްވާލައްވަމުން އެމަނިކުފާނު ވިދާޅުވީ، ތުއްތުއިރުން ފެށިގެން ދުޅަހެޔޮކަން ދަށްވެ، ސްކޫލް މާޙައުލުގައި ބާކީވާ ކުދިން އެންމެ ފަހުން ގޭންގުތަކުގެ ލީޑަރުންނަށް ވެގެންދާ ކަމަށެވެ. އަދި އެފަދަ ކުދިން މަގުމައްޗަށް ގިނަވެ، އެކުދިން ހަމަމަގަށް އެޅުވުމަށް ދައުލަތުން ބޮޑެތި ޚަރަދުތަކެއް ކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ މަޤްބޫލުކަން ގެއްލިފައިވާ ކަމަށާއި، މި ސަރުކާރަށް ރައްޔިތުން އެދޭ ތަނަވަސްކަމާއި ޙައްޤު މިންވަރު ހޯދައިނުދެވޭނެ ކަމަށް ވިދާޅުވެ ނަޝީދު ވަނީ، ދިވެހި ދަރިވަރުންނާއި ބެލެނިވެރިންގެ ޙައްޤުގައި އެމްޑީޕީން ކުރަންޖެހޭ މަސައްކަތްތައް ދޫކޮށްނުލާނެ ކަމަށާއި އަލުން އެމްޑީޕީގެ ވެރިކަމެއް ރައްޔިތުންނަށް ހޯދައިދޭނެ ކަމަށް ވިދާޅުވެފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް (3)

މުހަންމަދު އައްޔޫބު 3 weeks ago

އެއީ މުޅި ޖީލު ހަލާކު ވުމެއް ނޫން އިސްލާހީ އަދި އިސްލާމީ މުޖުތަމައެއްގެ ފެށުން މިކަން މިހެން ދާނަމަ ވަރަށް ސަޅި ކަމުގާ ދެކެން ލަވަޔާއީ މިޔުޒިކު އުވާލަން ޖެހޭ މިޖީލު ކުރިޔައް އަންނަން އޮތް ޖީލުވެސް ސަލާމަތް ކުރެވޭނީ އޭރުން

ޓީޗަރު 3 weeks ago

ޓީޗަރުން މިތިބަ ގޭނި ހުސްވަނީ ސުކޫލުތަކުގަ ހަރަކާތްތައް ބާއްވަން. އަމިއްލަ ދަރިންނަށް ދޭނެ ވަގުރެއްވެސް ނޯވޭ ސުކޫލުގެ އިތުރު ހަރަކާތްތައް ހިންގަން އުޅެފަ. މި މަންޒަރު އަންނި މެންނަން ނުފެންނާނެ. މިވަރު މީހުން ގައުމުގެ ކުރިމަގު ބައްތަން ކުރަން ދުވަންވީމަ ދެން ހަނާވާނީ މުޅި ގައުމުއެކީ

ްހަންނާނު. 3 weeks ago

މައުމޫނުގެ ވެރިކަން ކަމުނުގޮސްގެން މަގުތަކަށް ނުކުތް މީހާއަށް މިހާރު މައުމޫނުކުރި ހުރިހާކަމެއް ރަނގަޅުވެއްޖެ. މައުމޫނު ވެރިކަމުގައި އާއިލާ މީހުންނަށް ސަރުކާރުވެ ވަޒޯފާތައް ދިނީމައި ތިމާމީހާވެސް ކަންކުރީ ހަމަ އެގޮތަށް. ދެން މިހާރު އަލުން ލަވަ މުބާރާތްވެސް ބާއްވަން ވީތޯ.

ގުޅޭ ލިޔުންތައް

ބީއެމްއެލްއިން ހުޅުމާލޭގައި އަޅާ އަގުހެޔޮ ފްލެޓުތަކުގެ ކޮންކްރީޓް މަސައްކަތް ފަށައިފި
06 Nov 2026 ހަބަރު

ބީއެމްއެލްއިން ހުޅުމާލޭގައި އަޅާ އަގުހެޔޮ ފްލެޓުތަކުގެ ކޮންކްރީޓް މަސައްކަތް ފަށައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސަބްސިޑިއަރީ ކުންފުނި ކަމަށްވާ "ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ" އިން ހުޅުމާލޭގައި ތަރައްޤީކުރާ އަގުހެޔޮ ހައުސިންގ ޔުނިޓުތަކުގެ ކޮންކްރީޓް އެޅުމުގެ މަސައްކަތް ފަށައިފިއެވެ.

ރިސޯޓެއްގައި އެއްޖިންސުން ކައިވެނިކުރި މައްސަލަ ފުލުހުން ބަލަން ފަށައިފި
06 Nov 2026 ހަބަރު

ރިސޯޓެއްގައި އެއްޖިންސުން ކައިވެނިކުރި މައްސަލަ ފުލުހުން ބަލަން ފަށައިފި

ދިވެހިރާއްޖޭގެ ރިސޯޓެއްގައި އެއްޖިންސުން ކައިވެނި ކޮށްދޭ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވި މައްސަލަ، ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގު ކުރަން ފަށައިފިއެވެ.

އައިއޭޔޫގެ އެޑްމިނިސްޓްރޭޓިވް ބޯޑަށް އެމްއެންޔޫގެ ވައިސް ޗާންސެލަރ ޑރ. ޝެހެނާޒް އިންތިޚާބުވެވަޑައިގެންފި
06 Nov 2026 ހަބަރު

އައިއޭޔޫގެ އެޑްމިނިސްޓްރޭޓިވް ބޯޑަށް އެމްއެންޔޫގެ ވައިސް ޗާންސެލަރ ޑރ. ޝެހެނާޒް އިންތިޚާބުވެވަޑައިގެންފި

އިންޓަނޭޝަނަލް އެސޯސިއޭޝަން އޮފް ޔުނިވަރސިޓީސް (އައިއޭޔޫ) ގެ އެޑްމިނިސްޓްރޭޓިވް ބޯޑުގެ ފުލް މެންބަރެއްގެ ގޮތުގައި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ ވައިސް ޗާންސެލަރ ޑރ. ޢާއިޝަތު ޝެހެނާޒް އާދަމް އިންތިޚާބުވެވަޑައިގެންފިއެވެ. ޑރ. ޝެހެނާޒް މި މަޤާމަށް އިންތިޚާބުވެވަޑައިގެންނެވީ 2026 އިން 2030 ގެ ދައުރަށެވެ.

ދީނީ ޢިލްމު ނެތި ފަތުވާދީ، ޅަ ސިކުނޑިތައް ތަޣައްޔަރުކުރާ މައްސަލައަށް ޙައްލު ހޯދަންޖެހޭ: ދިފާއީ ވަޒީރު
06 Nov 2026 ހަބަރު

ދީނީ ޢިލްމު ނެތި ފަތުވާދީ، ޅަ ސިކުނޑިތައް ތަޣައްޔަރުކުރާ މައްސަލައަށް ޙައްލު ހޯދަންޖެހޭ: ދިފާއީ ވަޒީރު

ވަޒީރު ވިދާޅުވީ، މިއަދު ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ، އިސްލާމީ އެއްވެސް މަދުރަސާއަކުން ނުވަތަ ޔުނިވަރސިޓީއަކުން ދީނީ ޢިލްމު ޙާޞިލުނުކޮށް ތިބޭ ފަރާތްތަކުން އަމިއްލައަށް ފަތުވާ ނެރެ، މުޖުތަމަޢުގެ ޅަދަރިންގެ ވިސްނުން ކިލަނބުކުރަމުން ދިޔުން ކަމަށެވެ

”ޒަޔަނިސްޓުން ގައުމު ހިފަނީ“ ކަމަށްބުނެ އަސާސެއްނެތް ވާހަކަދެއްކުމަކީ އެމްޑީޕީގެ އިތުބާރުގެއްލޭނެ ކަމެއް: ރައީސް ނަޝީދު
01 Nov 2026 ހަބަރު

”ޒަޔަނިސްޓުން ގައުމު ހިފަނީ“ ކަމަށްބުނެ އަސާސެއްނެތް ވާހަކަދެއްކުމަކީ އެމްޑީޕީގެ އިތުބާރުގެއްލޭނެ ކަމެއް: ރައީސް ނަޝީދު

އެމްޑީޕީގެ ފިކުރާއި އަސާސްތަކާ ޚިލާފަށް، އެ ޕާޓީގެ މިހާރުގެ މިސްރާބު ހުރި ގޮތާމެދު ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކަންބޮޑުވުންފާޅުކުރައްވައިފިއެވެ.

ރައީސް ނަޝީދު ހޯމް ސްކޫލިން ގުޅުވާލީ ދީނާ؛ އެކަމާ ދެކޮޅަށް ހަރުކަށި އިތުރު ޕޯސްޓެއް
29 Oct 2026 ހަބަރު

ރައީސް ނަޝީދު ހޯމް ސްކޫލިން ގުޅުވާލީ ދީނާ؛ އެކަމާ ދެކޮޅަށް ހަރުކަށި އިތުރު ޕޯސްޓެއް

ނުކުޅެދުންތެރިކަމެއް ނުވަތަ ނަފުސާނީ މައްސަލައެއްގެ ސަބަބުން ސްކޫލަކަށް ގޮސް ކިޔަވަން އުޒުރުވެރިވާ ދަރިވަރުން ގޭގައި ތިބެގެން ތަޢުލީމް ހާސިލްކުރެވޭނެ މަގުފަހިކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލަކީ އަންހެން ކުދިން "ޖާރިޔާއިންނަށް" ހެދުމަށް ހުށަހެޅި ބިލެއްގެ ގޮތުގައި ސިފަކުރައްވައި، ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެ ބިލާ ދެކޮޅަށް އިތުރު ހަރުކަށި ޕޯސްޓެއް ކުރައްވައިފިއެވެ.

ހޯމް ސްކޫލިން ތަޢާރަފްކުރާތީ ރައީސް ނަޝީދުގެ ކަންބޮޑުވުން؛ އެއީ ޒުވާން ޖީލު މަގުފުރެއްދުން
28 Oct 2026 ހަބަރު

ހޯމް ސްކޫލިން ތަޢާރަފްކުރާތީ ރައީސް ނަޝީދުގެ ކަންބޮޑުވުން؛ އެއީ ޒުވާން ޖީލު މަގުފުރެއްދުން

އެ ބިލުގެ ބަހުސް ކުރިއަށްދާއިރު، އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވަނީ އެކަން ކުރުމުގެ ފުރުސަތު ނުދިނުމަށް ގޮވާލައްވާފައެވެ.

ރަސްމާލެ މަޝްރޫޢާ ގުޅިގެން އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބާއްވަނީ
27 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢާ ގުޅިގެން އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބާއްވަނީ

ޕާޓީގެ 60 އަށް ވުރެ ގިނަ މެންބަރުން އެދިވަޑައިގެންނެވި މި މުހިންމު ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އާދިއްތަ ދުވަހުގެ ރޭ 20:30 ގައެވެ.