އެމްޑީޕީ ކޮންގްރެސްގެ ތެރެއިން-
އެމްޑީޕީ ކޮންގްރެސްގެ ތެރެއިން-
ހަބަރު 27 Oct 2026 | 09:26

ރަސްމާލެ މަޝްރޫޢާ ގުޅިގެން އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބާއްވަނީ

ރަސްމާލޭގައި އީގަލް ހިލްސްއާ ހަވާލުކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ ބިޔަ މަޝްރޫޢާ ގުޅޭގޮތުން އިދިކޮޅު މައި ޕާޓީ، އެމްޑީޕީން ޢަމަލުކުރާނެ ގޮތަކާމެދު ގޮތެއް ނިންމުމަށް އެ ޕާޓީގެ ޤައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބާއްވަން ތާވަލުކޮށްފިއެވެ.

ޕާޓީގެ 60 އަށް ވުރެ ގިނަ މެންބަރުން އެދިވަޑައިގެންނެވި މި މުހިންމު ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އާދިއްތަ ދުވަހުގެ ރޭ 20:30 ގައެވެ.

މި މަޝްރޫޢު ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ހަވާލުކުރުމަށް ނިންމާފައިވާއިރު، މިކަމާ ގުޅިގެން އެމްޑީޕީގެ އެތެރޭގައި ވަނީ ބޮޑެތި ޚިޔާލުތަފާތުވުންތަކެއް އުފެދިފެވެ. މި މައްސަލާގައި ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެފައިވަނީ އުސޫލީ ގޮތުން ރެޒިޑެންސީ ޕްރޮގްރާމަކަށް ރާއްޖެ ހުޅުވާލުމަކީ ރަނގަޅުކަމެއް ކަމަށެވެ. ނަމަވެސް، ކޮންޓްރެކްޓްގެ ތަފްޞީލުތައް ހާމަނުކުރާކަން ފާހަގަކުރައްވައި، ސަރުކާރުން އެކަން ވީ އެންމެ އަވަހަކަށް މަޖިލީހަށް ހުށަހެޅުއްވުމަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.

ހަމައެއާއެކު، ޕާޓީގެ އެހެން އިސް ވެރިންނާއި ގިނަ މެންބަރުން ވަނީ މި މަޝްރޫޢާ މެދު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ، އެމްޑީޕީގެ ސަރުކާރެއްގައި މިފަދަ ކަންކަމަށް ފުރުސަތު ދީގެން ނުވާނެ ކަމަށެވެ. އަދި ޤައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕުގައި ވެސް މެންބަރުން ވަނީ މިފަދަ މަޝްރޫޢުތަކާ ދެކޮޅަށް ޕާޓީން ތެދުވަންޖެހޭނެ ކަމަށް ބުނެފައެވެ.

މި މައްސަލައާ ގުޅިގެން އެމްޑީޕީން ކުރިން ނެރުނު ބަޔާނެއްގައި ވަނީ އިންވެސްޓަރުންނަށް އެޕާޓީން އަބަދުވެސް މަރުހަބާ ކިޔާ ކަމަށް ބުނެފައެވެ. ނަމަވެސް ރަސްމާލެ އެއްބަސްވުމުގައިވާ ކަންކަން ހާމަކުރަމަށް ވަނީ ސަރުކާރަށް ގޮވާލާފައެވެ.

މި މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސުވާލުތަކަށް ޖަވާބުދެއްވަމުން ހައުސިން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެފައިވަނީ، ރަސްމާލެއިން އިސްރާއީލާ ގުޅުންހުރި އެއްވެސް ފަރާތަކަށް ޕްރޮޕަޓީ ނުގަނެވޭނެ ގޮތް ހަދާނެ ކަމަށެވެ.

އަންނަ އާދިއްތަ ދުވަހުގެ ރޭ ބާއްވާ ޤައުމީ މަޖިލީހުގެ ބައްދަލުވުމުން މި މަޝްރޫޢާ މެދު އެމްޑީޕީގެ ރަސްމީ ސިޔާސަތު ކަނޑައެޅިގެންދާނެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ތިލަމާލެ ބްރިޖުގެ %80 ނިމި، ވިލިމާލެއިން ގުޅީފަޅަށް މިމަހު ގުޅާލަނީ
27 Oct 2026 ހަބަރު

ތިލަމާލެ ބްރިޖުގެ %80 ނިމި، ވިލިމާލެއިން ގުޅީފަޅަށް މިމަހު ގުޅާލަނީ

އެ ވުޒާރާއިން މިއަދު އާންމުކުރި މައުލޫމާތަށް ބަލާއިރު، ތިލަމާލެ ބްރިޖް މަޝްރޫޢުގެ އެންމެ މުހިންމު އެއް މަރުޙަލާ ކަމުގައިވާ ވިލިމާލެއާއި ގުޅީފަޅު ގުޅުވައިލާ ބްރިޖުގެ ބައިގެ މަސައްކަތް މި މަހުގެ ނިޔަލަށް ނިމޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ބްރެޒިލްގެ އައު ރައީސް ލުލާއަށް ރައީސް މުޢިއްޒު ތަހުނިޔާ ފޮނުއްވައިފި
27 Oct 2026 ހަބަރު

ބްރެޒިލްގެ އައު ރައީސް ލުލާއަށް ރައީސް މުޢިއްޒު ތަހުނިޔާ ފޮނުއްވައިފި

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ބްރެޒިލްގެ ރައީސަށް އިޚްލާޞްތެރިކަމާއެކު މަރުޙަބާއާއި ތަހުނިޔާ އަދާކުރައްވާފައިވެއެވެ. އަދި އިންތިޚާބުގައި ލިބުނު މި ބޮޑު ކާމިޔާބީއަކީ ބްރެޒިލްގެ ރައްޔިތުންގެ ހިތްތަކުގައި އެމަނިކުފާނުގެ ޒައާމަތަށް އޮތް އިތުބާރާއި ޔަގީންކަން ހާމަކޮށްދޭ ކަމެއްކަން ރައީސް މުޢިއްޒު ފާހަގަކުރެއްވިއެވެ.

ފެނަކައިގެ ކުރީގެ ޕްރޮކިއުމަންޓް ހެޑް ދީނާ ޖަލަށް ލުމަށް ހުކުމްކޮށްފި
27 Oct 2026 ހަބަރު

ފެނަކައިގެ ކުރީގެ ޕްރޮކިއުމަންޓް ހެޑް ދީނާ ޖަލަށް ލުމަށް ހުކުމްކޮށްފި

ފެނަކައިގެ ޕްރޮކިއުމަންޓް މަސައްކަތެއްގައި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރިކަން ސާބިތުވެފައިވާ އެ ކުންފުނީގެ ކުރީގެ ޕްރޮކިއުމަންޓް ހެޑް ދީނާގެ މައްޗަށް ކޮރަޕްޝަނުގެ ކުށް ސާބިތުވެ ޖަލަށްލުމަށް ހުކުމްކޮށްފިއެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކަށް ނުރައްކާތެރި މިންވަރަކަށް ވައި ނުސާފު، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ސަމާލުވޭ
27 Oct 2026 ހަބަރު

ރާއްޖޭގެ އެކި ސަރަހައްދުތަކަށް ނުރައްކާތެރި މިންވަރަކަށް ވައި ނުސާފު، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ސަމާލުވޭ

މި ވަގުތު މާލެ ސަރަހައްދުގެ ވައިގެ ކޮލިޓީ ހުރީ 102 ގައި ކަމަށް ރިޕޯޓުކޮށްފައިވެއެވެ. އެގޮތުން، އެންމެ ބޮޑަށް ވައި ނުސާފުކަމަށް ދައްކަނީ ރާއްޖޭގެ އުތުރުގެ ރަށްތަކަށެވެ. އެގޮތުން ހދ. ކުޅުދުއްފުށީގެ ވައިގެ ކޮލިޓީ 170 ގައި ހުރިއިރު، ށ. ފުނަދޫގައި މި އަދަދު ހުރީ 162 ގައެވެ.

އިސްލާމިކް ފައިނޭންސާއި ވަޤުފް ތަރައްޤީކުރުމަށް ރާއްޖެއާއި ޒެންޒިބާރާއި ދެމެދު މަޝްވަރާކޮށްފި
27 Oct 2026 ހަބަރު

އިސްލާމިކް ފައިނޭންސާއި ވަޤުފް ތަރައްޤީކުރުމަށް ރާއްޖެއާއި ޒެންޒިބާރާއި ދެމެދު މަޝްވަރާކޮށްފި

އިސްލާމީ ކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާގައި ބޭއްވުނު މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ އިސްލާމިކް ފައިނޭންސާއި، ޒަކާތުގެ އިދާރީ ހިންގުން ވަރުގަދަކުރުމުގެ އިތުރުން ވަޤުފް ތަރައްޤީކުރުމުގެ ދާއިރާއިން ދެފަރާތް ގުޅިގެން މަސައްކަތްކުރެވިދާނެ ގޮތްތަކާ މެދުގައެވެ.

އުއްތަމަ ފަނޑިޔާރުގެ މުސާރަ މަޖިލީހުގެ ރައީސާ އެއްވަރަށް 95،000 ރުފިޔާއަށް ބޮޑުކުރަން ކޮމިޓީން ފާސްކޮށްފި
27 Oct 2026 ހަބަރު

އުއްތަމަ ފަނޑިޔާރުގެ މުސާރަ މަޖިލީހުގެ ރައީސާ އެއްވަރަށް 95،000 ރުފިޔާއަށް ބޮޑުކުރަން ކޮމިޓީން ފާސްކޮށްފި

ރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ މުސާރަ ރައްޔިތުންގެ މަޖިލީހުގެ ރައީސާ އެއްވަރަށް ބޮޑުކުރުމަށް، މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ. މި ބަދަލާއެކު، އުއްތަމަ ފަނޑިޔާރަށް ލިބިވަޑައިގަންނަވާ ޖުމުލަ މުސާރަ 95،125 ރުފިޔާއަށް އިތުރުވެގެންދާނެއެވެ.

ގަރާރަށް ބަހުސް ކުރުމުގެ ކުރިން ވޯޓަށް އަހާ އިސްލާހް ފާސްކޮށްފި
27 Oct 2026 ހަބަރު

ގަރާރަށް ބަހުސް ކުރުމުގެ ކުރިން ވޯޓަށް އަހާ އިސްލާހް ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ގަރާރަށް ބަހުސް ކުރުުމުގެ ކުރިން އެ ގަރާރެއް މަޖިލީހަށް ބަލައިގަތުމަށް ވޯޓަށް އަހަންޖެހޭ ގޮތަށް މަޖިލީހުގެ ގަވައިދު ބަދަލު ކުރަން ހުށަހެޅި އިސްލާހް ފާސްކޮށްފިއެވެ.

ގާނޫނުލްއުގޫބާތުގެ އިސްލާހު މަޖިލީހުގެ އެޖެންޑާއިން ނަގައިފި
27 Oct 2026 ހަބަރު

ގާނޫނުލްއުގޫބާތުގެ އިސްލާހު މަޖިލީހުގެ އެޖެންޑާއިން ނަގައިފި

ގަތުލްއާންމާއި ދައުލަތަށް ޣައްދާރުވުމަކީ ކުށެއް ކަމަށް ބަޔާންކޮށް ގާނޫނުލްއުގޫބާތު އިސްލާހުކުރަން ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ބިލް، މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ އެޖެންޑާއިން އުނިކޮށްފި އެވެ.