ރައީސް ނަޝީދު- ފޮޓޯ/ ވޮއިސް
ރައީސް ނަޝީދު- ފޮޓޯ/ ވޮއިސް
ހަބަރު 28 Oct 2026 | 09:20

ހޯމް ސްކޫލިން ތަޢާރަފްކުރާތީ ރައީސް ނަޝީދުގެ ކަންބޮޑުވުން؛ އެއީ ޒުވާން ޖީލު މަގުފުރެއްދުން

ވަކި ޚާއްސަ ޙާލަތްތަކުގައި ދަރުވަރުންނަށް ގޭގައި ކިޔަވައިދޭ ގޮތަށް މަޖިލީހަށް ހުށަހަޅާފައިވާ ބިލާ ގުޅިގެން ރައީސް ނަޝީދު ކަންބޮޑުވުންފާޅުކުރައްވައިފިއެވެ.

ނުކުޅެދުންތެރިކަމެއް ނުވަތަ ނަފުސާނީ މައްސަލައެއްގެ ސަބަބުން ސްކޫލަކަށް ގޮސް ކިޔަވަން އުޒުރުވެރިވާ ދަރިވަރުން ގޭގައި ތިބެގެން ތަޢުލީމް ހާސިލް ކުރެވޭނެ މަގުފަހިކުރުމަށް މަޖިލީހަށް ވަނީ ބިލެއް ހުށަހަޅައިފައެވެ.

އެ ބިލުގެ ބަހުސް ކުރިއަށްދާއިރު، އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވަނީ އެކަން ކުރުމުގެ ފުރުސަތު ނުދިނުމަށް ގޮވާލައްވާފައެވެ.

”މިހާރުވެސް 4000 އަށްވުރެ ގިނަ ކުދިން ގަވާއިދުން ސުކޫލަށް ނުދޭ. ހޯމް ސްކޫލިންގ ގެ ނަމުގައި ރާއްޖޭގެ ޒުވާން ޖީލު މަގުފުރައްދައި ހަލާލުކުރުމުގެ ފުރުސަތު ދީގެން ނުވާނެ“

ރައީސް ނަޝީދު

މަޖިލީހުގެ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް ހުށަހެޅުއްވި "ތަޢުލީމުގެ ޤާނޫނަށް (ޤާނޫނު ނަންބަރު 24/2020) ދެވަނަ އިޞްލާޙު ގެނައުމުގެ ބިލު" ގެ ފުރަތަމަ ކިޔުން ހޯމަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި ވަނީ އިއްވައިފައެވެ.

މި ބިލުގެ މައިގަނޑު މަޤްޞަދަކީ، ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމުގައި ހޯމް-ސްކޫލިންގ ޕްރޮގްރާމް ތަޢާރަފްކޮށް، ވަކި ޚާއްސަ ހާލަތްތަކުގައި ކުދިންނަށް ގޭގައި ތަޢުލީމު ދިނުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ.

މި ބިލުގައިވާ ގޮތުން ސަރުކާރުގެ ފަރާތުން މިފަދަ ބިލެއް ހުށަހެޅުމުގެ އެއް ބޭނުމަކީ، ކުއްޖާގެ ނުކުޅެދުންތެރިކަން ހުރި ނިސްބަތަށް ނުވަތަ ނަފްސާނީ ހާލަތު ހުރި މިންވަރަށް ބަލައި ހެދޭ އެސެސްމަންޓެއްގެ މައްޗަށް ބިނާކޮށް، ކުއްޖާ ދިރިއުޅޭ ގޭގައި މަދުރަސީ ތަޢުލީމު ފޯރުކޮށްދިނުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ.

އެގޮތުން، ތަޢުލީމުގެ ޤާނޫނު ގައި ހޯމް-ސްކޫލިންގ ޕްރޮގްރާމް ތަޢާރުފުކޮށް، އެ ޕްރޮގްރާމްގެ ދަށުން ކިޔެވުމުގެ ފުރުޞަތު ދިނުމުގެ ޝަރުޠުތަކާއި އުސޫލުތައް ޤާނޫނުގައި ބަޔާންކުރުމަށް ބިލުގައި ހުށަހަޅާފައިވެއެވެ.

މީގެ އިތުރުން، މަދުރަސީ ތަޢުލީމުގެ ނިޒާމު ހިންގައި ތަންފީޛުކުރުމުގައި ބެލެނިވެރިންނާއި މުދައްރިސުންނާއި ޕްރިންސިޕަލުންގެ ދައުރު އިތުރަށް ތަފްޞީލުކުރުމަށާއި، ޤާނޫނު ތަންފީޛުކުރުމުގައި ދިމާވާ ދަތިތައް ޙައްލުކުރުމަށްޓަކައި، ބުނެވިދިޔަ ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމަކީވެސް މި ބިލުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.

މަޖުބޫރު ތަޢުލީމު ލާޒިމުނޫން ޙާލަތްތައް

ބިލުގައި ހިމަނާފައިވާ ކަމެއްގެ ގޮތުން، ތަޢުލީމުގެ ޤާނޫނުގެ 14 ވަނަ މާއްދާގައި މަޖުބޫރު ތަޢުލީމު ލާޒިމުކޮށްފައިވީ ނަމަވެސް، ކުއްޖާގެ ނުކުޅެދުންތެރިކަމުގެ ސަބަބުން ސްކޫލަށް ހާޒިރުވެގެން ނުވަތަ ހޯމް-ސްކޫލިންގ ޕްރޮގްރާމްގެ ދަށުންވެސް ތަޢުލީމު ހާސިލުކުރުމަށް ނުކުޅެދޭ ކުދިންނަކީ، މަޖުބޫރު ތަޢުލީމު ލާޒިމުވާނެ ކުދިންނެއް ނޫންކަމަށް ބުނެފައިވެއެވެ.

ނަމަވެސް، މިފަދަ ހާލަތްތަކުގައިވެސް ކުއްޖާގެ ނުކުޅެދުންތެރިކަމާ އެކަށޭނަ ގޮތަކަށް، އަދި އެކަށޭނަ މިންވަރަކަށް، އެ ކުއްޖާއަށް އުނގަންނައިދިނުމަށް ބެލެނިވެރިން އެކަށީގެންވާ މަސައްކަތްކުރަންޖެހޭނެއެވެ. މަޖުބޫރު ތަޢުލީމު ލާޒިމުވާނެ ކުއްޖެއް ނޫންކަމުގައި ކަނޑައެޅުމުގައި ރިޢާޔަތްކުރާނެ މިންގަނޑުތައް މި ޤާނޫނުގެ ދަށުން މިނިސްޓްރީން ހަދާ ގަވާއިދުގައި ބަޔާންކުރަން ޖެހޭނެކަމަށްވެސް ބިލުގައި ވެއެވެ.

ހޯމް ސްކޫލިންގ ޕްރޮގްރާމްގެ ޝަރުޠުތައް

ބިލުގެ ދަށުން، ތަޢުލީމުގެ ޤާނޫނުގެ 16 ވަނަ މާއްދާގެ ފަހަތަށް 16-1 ވަނަ މާއްދާއެއް އިތުރުކޮށް، ހޯމް ސްކޫލިންގ ޕްރޮގްރާމްގެ އުސޫލުތައް ބަޔާންކޮށްފައިވެއެވެ.

އެގޮތުން، މަޖުބޫރު ތަޢުލީމު ލާޒިމުވާ ޢުމުރުގެ ކުއްޖަކަށް ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމެއް ހުރުން ނުވަތަ އެނޫންވެސް ޚާއްޞަ ޙާލަތެއް މެދުވެރިވެފައިވުމުގެ ސަބަބުން، ސްކޫލަކަށް ހާޒިރުވެގެން މަދުރަސީ ތަޢުލީމު ހާސިލުކުރުމަށް ނުކުޅެދިފައިވާނަމަ، ގަވާއިދުގައި ބަޔާންކުރާ އުސޫލުތަކާ އެއްގޮތަށް ކުއްޖާ ދިރިއުޅޭ ގޭގައި ހޯމް-ސްކޫލިންގ ޕްރޮގްރާމްގެ ދަށުން މަދުރަސީ ތަޢުލީމު ފުރިހަމަކުރެވިދާނެއެވެ.

ހޯމް-ސްކޫލިންގ ޕްރޮގްރާމްގެ ދަށުން ތަޢުލީމު ފޯރުކޮށްދެވޭނީ، އަންނަނިވި އަސާސީ ޝަރުޠުތައް ފުރިހަމަވާނަމައެވެ:

  • ކުއްޖާއަކީ، ކުއްޖާގެ ކިބައިގައި ހުރި ޖިސްމާނީ ނުކުޅެދުންތެރިކަމެއް ނުވަތަ ނަފްސާނީ އަދި ޚާއްޞަ ޙާލަތެއްގެ ސަބަބުން، ސްކޫލަށް ހާޒިރުވެގެން ތަޢުލީމު ހާސިލުކުރުމަށް ނުކުޅެދިފައިވާ ކުއްޖެއް ކަމުގައިވުން.

  • ކުއްޖާގެ ބެލެނިވެރިންނަކީ، ހޯމް-ސްކޫލިންގ ޕްރޮގްރާމްގެ ދަށުން ކުއްޖާއަށް ތަޢުލީމު ފޯރުކޮށްދިނުމުގެ މާލީ ޤާބިލުކަން ހުރި ފަރާތްތަކެއް ކަމުގައިވުން.

  • މަދުރަސީ ތަޢުލީމީ ނިޒާމުގެ ތެރެއިން ސްކޫލަށް ހާޒިރުވުމަށްޓަކައި، ސްކޫލެއްގައި ކުއްޖާ ރަޖިސްޓަރީވެފައިވުން.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޙައްޖު ކޯޕަރޭޝަންގެ އަންނަ އަހަރުގެ ޢުމްރާ ކަލަންޑަރު އާންމުކޮށް، ރަޖިސްޓްރީވާން ހުޅުވާލައިފި
28 Oct 2026 ހަބަރު

ޙައްޖު ކޯޕަރޭޝަންގެ އަންނަ އަހަރުގެ ޢުމްރާ ކަލަންޑަރު އާންމުކޮށް، ރަޖިސްޓްރީވާން ހުޅުވާލައިފި

ޙައްޖު ކޯޕަރޭޝަނުން 2026 ގެ ޢުމްރާ ދަތުރުތަކުގެ ތާވަލު އިޢުލާންކޮށް، ރަމަޟާން، ޖުލައި، ސެޕްޓެމްބަރު އަދި ޑިސެމްބަރުގެ ދަތުރުތަކަށް "ފަހެލި" ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީވުމަށް ހުޅުވާލައިފިއެވެ.

މިހާރު ނަގަނީ ބިލް ކުރުމުގެ އައު މަރުހަލާ ފެށުމަށް ނަގާ ރީޑިން؛ ފުރަތަމަ ބިލް ލިބޭނީ ނޮވެންބަރުގައި: އެމްޑަބްލިޔުއެސްސީ
28 Oct 2026 ހަބަރު

މިހާރު ނަގަނީ ބިލް ކުރުމުގެ އައު މަރުހަލާ ފެށުމަށް ނަގާ ރީޑިން؛ ފުރަތަމަ ބިލް ލިބޭނީ ނޮވެންބަރުގައި: އެމްޑަބްލިޔުއެސްސީ

އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީގައި އެމްޑަބްލިޔުއެސްސީން މިހާރު ނަގަމުންދާ މީޓަރުގެ ރީޑިންގްތަކަކީ، ބިލް ކުރުމުގެ އައު މަރުހަލާގެ ފެށުމުގެ ގޮތުގައި ބަލާނެ ރީޑިންގްތަކެއް ކަމަށާއި، ކަސްޓަމަރުންނަށް ފުރަތަމަ ބިލް ލިބޭނީ ނޮވެންބަރުގެ ބިލިންގ ސައިކަލުގައި ކަމަށް މާލޭ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ )އެމްޑަބްލިޔުއެސްސީ( އިން ހާމަކޮށްފިއެވެ.

ފޭސްބުކް މާކެޓް ޕްލޭސް މެދުވެރިކޮށް ސްކޭމް ހިންގި ބަޔަކު ހައްޔަރުކޮށްފި؛ 60،000 ރުފިޔާ ފޭރުނު
28 Oct 2026 ހަބަރު

ފޭސްބުކް މާކެޓް ޕްލޭސް މެދުވެރިކޮށް ސްކޭމް ހިންގި ބަޔަކު ހައްޔަރުކޮށްފި؛ 60،000 ރުފިޔާ ފޭރުނު

މުދާ ވިއްކާނެކަމަށް ބުނެ ފޭސްބުކް މާކެޓް ޕްލޭސް މެދުވެރިކޮށް ސްކޭމް ހިންގި ދެމައްސަަލައަކާ ގުޅިގެން ތިންމީހުން ހައްޔަރުކޮށްފިއެވެ. މި ދެމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ، ހީނާގެ / ނ. ހޮޅުދޫ، ޢަލީ ޢައްފާން )32އ( އާއި ޕްލާޒާ / ނ. ހޮޅުދޫ، މުޙައްމަދު ޙަމީދު )34އ( އަދި ވީނަސް / ނ. ވެލިދޫ، ޙައްސާނު ޢަލީ )34އ( އެވެ.

42 މެންބަރުންގެ ވޯޓާއެކު ވަޒީރުންނާއި، މަޖިލީހުގެ ރައީސް އަދި އުއްތަމަ ފަނޑިޔާރުގެ މުސާރަ ބޮޑުކުރަން ފާސްކޮށްފި
28 Oct 2026 ހަބަރު

42 މެންބަރުންގެ ވޯޓާއެކު ވަޒީރުންނާއި، މަޖިލީހުގެ ރައީސް އަދި އުއްތަމަ ފަނޑިޔާރުގެ މުސާރަ ބޮޑުކުރަން ފާސްކޮށްފި

ވަޒީރުންގެ ކާރު އެލަވަންސްއާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރުގެ އެލަވަންސްބޮޑުކޮށް، މުސާރަ ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް އިސްތިއުފާ ދެއްވައިފި
28 Oct 2026 ހަބަރު

މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް އިސްތިއުފާ ދެއްވައިފި

މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިން ކޮމިޝަން )މީޑިއާ ކޮމިޝަން( ގެ ރައީސް ކަމާއި، އެ ކޮމިޝަނުގެ މަޤާމުން މުޙައްމަދު ފަރުޞަތު އިސްތިއުފާ ދެއްވައިފިއެވެ.

ޗައިނާގެ ބާޒާރަށް މަސް ބޭރުކުރުމަށް މިފްކޯއިން ތައްޔާރުވަނީ
28 Oct 2026 ހަބަރު

ޗައިނާގެ ބާޒާރަށް މަސް ބޭރުކުރުމަށް މިފްކޯއިން ތައްޔާރުވަނީ

މިފްކޯއިން ވަނީ ޗައިނާގެ ސައިނޯމެކް ހައިނާން ޑިވެލޮޕްމަންޓް ކޮމްޕެނީއާއެކު އެމްއޯޔޫއެއް އެއްގައި މިއަދު ސޮއިކޮށްފައެވެ. މިފްކޯއިން މަޢުލޫމާތު ދިން ގޮތުގައި މިއީ ރާއްޖޭގެ ކަނޑުމަސް ޗައިނާގެ ބާޒާރަށް އެކްސްޕޯޓްކުރުމުގެ ފުރުޞަތުތައް ފަހިކުރުމުގެ މަޤްޞަދުގައި ވެވުނު މުހިންމު އެއްބަސްވުމެކެވެ.

ފޯރަމްގައި ސޮއިކުރެވޭ އެއްބަސްވުންތަކުގެ ސަބަބުން އިގްތިސާދީ ގުޅުން އިތުރަށް ބަދަހިވެގެންދާނެ: ޗައިނާ ސަފީރު
28 Oct 2026 ހަބަރު

ފޯރަމްގައި ސޮއިކުރެވޭ އެއްބަސްވުންތަކުގެ ސަބަބުން އިގްތިސާދީ ގުޅުން އިތުރަށް ބަދަހިވެގެންދާނެ: ޗައިނާ ސަފީރު

ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު މީގެކުރިން ސޮއިކުރެވުނު އެއްބަސްވުންތަކާއި، "ޗައިނާ–މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމް" ގެ ތެރެއިން ސޮއިކުރެވޭ އެއްބަސްވުންތަކުގެ ސަބަބުން ދެ ގައުމުގެ އިގްތިސާދީ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިއަންހުއާ ވިދާޅުވެއްޖެއެވެ.

ޗައިނާ-ރާއްޖެ އިންވެސްޓްމަންޓް ފޯރަމް ފަށައިފި
28 Oct 2026 ހަބަރު

ޗައިނާ-ރާއްޖެ އިންވެސްޓްމަންޓް ފޯރަމް ފަށައިފި

ޤައުމީ އުފެއްދުންތެރިކަމުގެ މައުރަޒުގެ ހަވާސާގައި ބާއްވާ ޗައިނާ-މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމް ރައީސް ޑރ. މުޢިއްޒު ފައްޓަވައިދެއްވައިފިއެވެ. ޗައިނާގެ 40 އަށް ވުރެ ގިނަ ކުންފުނި ބައިވެރިވެ، ފަސް އެމްއޯޔޫއެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.