ފޮޓޯ: އާސެނަލް
ފޮޓޯ: އާސެނަލް
ކުޅިވަރު 01 Sep 2022 | 04:07

ޕްރިމިއާ ލީގް: އާސެނަލްއިން އެސްޓަން ވިލާ ބަލިކޮށް ފުރަތަމަ ފަސް މެޗުން މޮޅުވެއްޖެ

އާސެނަލްއިން އެސްޓަން ވިލާ ބަލިކޮށް މި ސީޒަނުގެ ޕްރިމިއާ ލީގުގައި އެ ޓީމުން ކުޅުނު ފުރަތަމަ ފަސް މެޗު ކާމިޔާބު ކޮށްފިއެވެ.

ވިލާ އާއި ދެކޮޅަށް ކުޅުނު މެޗު އާސެނަލް އިން ކާމިޔާބުކުރީ 1-2 ގެ ނަތީޖާއަކުންނެވެ. މިއީ އާސެނަލްއިން މި ފަހުން އެންމެ ކާމިޔާބުކޮށް ޕްރިމިއާ ލީގު ފެށި ސީޒަންކަން ފާހަގަ ކޮށްލެވެއެވެ. އެގޮތުން މިދިޔަ ސީޒަނުގެ ފުރަތަމަ ފަސް މެޗު ނިމުނު އިރު އެ ޓީމު އޮތީ ރެލިގޭޝަން ޒޯނުގައެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން އާސެނަލްގެ ކޯޗު މިކެލް އާޓެޓާ ބުނެފައިވަނީ މި މޮޅާއިމެދު ވަރަށް ހިތްހަމަ ޖެހޭކަމަށެވެ. ނަމަވެސް ޕްރިމިއާ ލީގުގައި މޮޅުވުމަކީ ފަސޭހަ ކަމެއް ނޫން ކަަމަށާއި މި މެޗުގެ ފުރަތަމަ ހާފަކީ މި ސީޒަނުގައި އެ ޓީމުގެ ފަރާތުން ފެނިގެންދިޔަ އެންމެ މޮޅު ކުޅުން ކަމަށެވެ.

އާސެނަލްގެ ދަނޑުގައި ކުޅެވުނު މި މެޗުގައި ފުރަތަމަ ލީޑު ނެގީވެސް އާސެނަލްއިންނެވެ. އެގޮތުން މެޗުގެ 30 ވަނަ މިނަޓުގައި އާސެނަލްގެ މާޓިނެލީ ފޮނުވާލި ބޯޅައެއް ވިލާގެ ކީޕަރު މާޓިނޭޒްގެ އަތުގައި ޖެހިފައި ނުކުތުމުން އާސެނަލްއަށް ގޯލު ކާމިޔާބު ކޮށްދިނީ ގެބްރިއެލް ޖީސަސް އެވެ. އާސެނަލްއިން ގިނަ ހަމަލާތަކެއް އުފެއްދި މި ހާފުގައި އިތުރު ގޯލެއް އެ ޓީމަށް ނުޖެހި ހާފު ނިމިގެން ގޮސްފައިވަނީ 0-1 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ދެވަނަ ހާފުގައި ވިލާއިން ވަނީ ކުޅުން ރަނގަޅު ކޮށްފައެވެ. އެގޮތުން މެޗުގެ 74 ވަނަ މިނަޓުގައި ސީދާ ކޯނަރަކުން އެ ވިލާގެ ޑަގްލަސް ލުއިޒް ވަނީ އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. ނަމަވެސް އާސެނަލްއިން ނަތީޖާ ބަދަލު ކޮށްލުމަށް ނެގީ ތިން މިނެޓެވެ. މެޗުގެ 74 ވަނަ މިނަޓުގައި އާސެނަލްގެ ގެބްރިއެލް މާޓިނެލީ ވަނީ އެ ޓީމަށް އަލުން ލީޑު ނަގައިދީފައެވެ.

މެޗުގެ ފަހު ވަގުތު ކޮޅުގައި ވިލާއިން ވަނީ އާސެނަލްގެ ގޯލަށް ވަރަށް ބޮޑަށް ނުރައްކާ ކޮށްފައެވެ. ނަމަވެސް އާސެނަލްއިން ވަނީ މެޗުގެ ވަގުތު ހަމަވަންދެން ދިފާއުކޮށް ވިލާއަށް އިތުރު ގޯލެއް ޖެހުމުގެ ފުރުސަތު ނުދީފައެވެ.

އާސެނަލްއިން އަންނަ އާދިއްތަ ދުވަހުގެ ރޭ ނިކުންނާނީ ވާދަވެރި މެންޗެސްޓާ ޔުނައިޓެޑާއި ދެކޮޅަށެވެ. ޔުނައިޓެޑުގެ ދަނޑުގައި ކުޅެވޭ މި މެޗު ވެގެންދާނީ މި ސީޒަނުގެ ލީގުގައި މިހާތަނަށް ކުޅެވޭ އެންމެ ވާދަވެރި މެޗު ކަމުގައި ބެލެވެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ރަށުން ބޭރުގައި ލިވަޕޫލް ބަލިކޮށް އާސެނަލް ތާވަލްގެ އެއްވަނައަށް
02 Nov 2026 ކުޅިވަރު

ރަށުން ބޭރުގައި ލިވަޕޫލް ބަލިކޮށް އާސެނަލް ތާވަލްގެ އެއްވަނައަށް

މިމެޗްގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު އާސެނަލަށް ކާމިޔާބުކޮށްދިނީ، މެޗް ފަށައިގެން 16 ވަނަ މިނެޓް ތެރޭގައި ކައި ހާވާޓްޒް އެވެ. މި ނަތީޖާއާއެކު އާސެނަލުން ވަނީ ލީގު ތާވަލުގެ ކުރީގައި ތިން ޕޮއިންޓުގެ ލީޑެއް ނަގާފައެވެ.

ކަރަބާއޯ ކަޕްގައި ސިޓީއަތުން ބަލިވި ބަލިވުމުގެ ބަދަލު ބްރައިޓަނުން ހިފައިފި
01 Nov 2026 ކުޅިވަރު

ކަރަބާއޯ ކަޕްގައި ސިޓީއަތުން ބަލިވި ބަލިވުމުގެ ބަދަލު ބްރައިޓަނުން ހިފައިފި

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ޖަހާފައިވަނީ ފުރަތަމަ ހާފުގެ 11 ވަނަ މިނެޓުގައެވެ. ސިޓީގެ ޑިފެންސްލައިނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، މި ލަނޑު ބްރައިޓަންއަށް ކާމިޔާބުކޮށްދިނީ ޔާސީން އަޔާރީއެވެ.

ޗެލްސީއަތުން މެންޗެސްޓަރ ޔުނައިޓެޑް ބަލިވެ، ކެރިކްގެ މުސްތަގްބަލާމެދު ސުވާލު އުފެދިއްޖެ
01 Nov 2026 ކުޅިވަރު

ޗެލްސީއަތުން މެންޗެސްޓަރ ޔުނައިޓެޑް ބަލިވެ، ކެރިކްގެ މުސްތަގްބަލާމެދު ސުވާލު އުފެދިއްޖެ

މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑުން ރަނގަޅު ކުޅުމެއް ދައްކައި ލަނޑު ޖަހާނެ ފުރުސަތުތަކެއް ތަނަވަސްކުރިއެވެ. ޚާއްޞަކޮށް ޓީމާ ގުޅުނު ކެޕްޓަން ބްރޫނޯ ފެނާންޑޭޒާއި އަމަދު ޑިއާލޯއަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ. ނަމަވެސް ޗެލްސީގެ ކީޕަރު މައިކް ޕެންޑާސް ވަނީ އެ ހަމަލާތައް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

ބްރައިޓަން އަތުން ލިވަޕޫލަށް މުހިންމު މޮޅެއް
26 Oct 2026 ކުޅިވަރު

ބްރައިޓަން އަތުން ލިވަޕޫލަށް މުހިންމު މޮޅެއް

މިމެޗްގައި އެންމެބޮޑަށް ފާހަގަވެގެން ގޮސްފައިވަނީ ލިވަޕޫލްގެ އެލެކްސެންޑަރ އީސާކްގެ ކުޅުމެވެ. މެޗްގައި ޖެހި ލަނޑާއެކު އޭނާ ވަނީ ޖެހިޖެހިގެން ތިންވަނަ މެޗުގައި ލަނޑު ޖަހައި، ފޯމު ދަމަހައްޓާފައެވެ

ބޯންމައުތު ކައިރިންވެސް މެންޗެސްޓަރ ޔުނައިޓެޑަކަށް ސަލާމަތެއް ނުވެވުނު
26 Oct 2026 ކުޅިވަރު

ބޯންމައުތު ކައިރިންވެސް މެންޗެސްޓަރ ޔުނައިޓެޑަކަށް ސަލާމަތެއް ނުވެވުނު

މި ނާކާމިޔާބީއާއެކު ޔުނައިޓެޑްގެ ސަޕޯޓަރުން ވަނީ ކްލަބުގެ މެނޭޖްމަންޓަށާއި ވެރިންނަށް ނުރުހުން ފާޅުކޮށްފައެވެ. ދަނޑުގައި ތިބި ސަޕޯޓަރުން ވަނީ ކްލަބުގެ ވެރިން ކަމަށްވާ ގްލޭޒާ އާއިލާ ކްލަބުން ވަކިވުމަށް ގޮވާލައި އަޑުއުފުލާފައެވެ. .

އާސެނަލް މޮޅުވިއިރު، މެންޗެސްޓަރ ޔުނައިޓެޑަށް މޮޅެއް ނުވެވުނު
19 Oct 2026 ކުޅިވަރު

އާސެނަލް މޮޅުވިއިރު، މެންޗެސްޓަރ ޔުނައިޓެޑަށް މޮޅެއް ނުވެވުނު

މިމެޗްގައި ތަރިއަކަށްވީ މަޑުއެކޭއެވެ. މި ސީޒަނުގައި އާސެނަލްގެ ފުރަތަމަ އެގާރައިން ގަވާއިދުން ފުރުސަތު ނުލިބުނު ނަމަވެސް، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނިކުމެ މަޑުއެކޭ ދައްކަމުންދާ ކުޅުމަށް ގިނަ ބައެއްގެ ތައުރީފު އަންނަނީ ލިބެމުންނެވެ.