ޑރ. އޭއެމްއެސްއެޗްގެ އައު އޯޕީޑީން ޚިދުމަތްދޭން ފަށައިފި
ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް (އޭއެސްއެމްއެޗް) ގެ އައު އޯޕީޑީން ޚިދުމަތްދޭން ފަށައިފި އެވެ.
އެ ހޮސްޕިޓަލުގައި އަލަށް އިމާރާތް ކުރި އޯޕީޑީ އިމާރާތަކީ ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫއެކެވެ.
ހޮސްޕިޓަލުގެ އޯޕީޑީ އިމާރާތާއި, ވިއްސާ ކޮޓަރި ހުންނަ އިމާރާތް އެޅުމުގެ އިތުރުން އިމަރޖެންސީ ރޫމް މަރާމާތު ކުރުމުގެ ބޮޑު މަޝްރޫއު މަސައްކަތް އެމްޓީސީސީއިން ފަށާފައިވަނީ މިދިޔަ އަހަރުގެ ތެރޭގައި އެވެ.
މިއީ އެ ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް ގެނައުމުގެ ގޮތުން ސަރުކާރުން 33.5 މިލިއަން ޚަރަދުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫއެކެވެ.
ޑރ.އަބްދުއްސަަމަދު މެމޯރިއަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީކޮށް ނިމުމުން މިހާރުގެ ހޮސްޕިޓަލްގެ ހުރިހާ ހިދުމަތެއްވެސް އާ އިމާރާތަށް ބަދަލުކުރެވިގެންދާނެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް