ގެއްލުނު މީހާ ފެނިއްޖެ
އިންޑިއާގެ ޓުޓްކޮރިންއިން ފުރައިގެން މާލެއަށް ދަތުރުކުރަނިކޮށް މޫސުމް ގޯސްވެ، ކ.ކާށިދޫގެ އިރުން 30 ނޯޓިކަލް މޭލް ބޭރުން ބޯޓެއް އަޑިއަށް ގޮސް ގެއްލުނު ފަޅުވެރިޔާ ފެނިފައިވާކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއިން ހާމަކޮށްފިއެވެ.
އެމް.އެން.ޑީ.އެފްއިން ބުނި ގޮތުގައި އެމީހާ ފެނިގައިވަނީ ގެއްލުނު ފަޅުވެރިޔާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ "ހަކުރާ" ލޯންޗަށް 17:25 ހާއިރު ކަމަށެވެ. އެމީހާ މާލެ ގެނައުމަށް މިހާރު ދަތުރުކުރަމުންދާކަމަށްވެސް އެމް.އެން.ޑީ.އެފް އިން ވަނީ ބުނެފައެވެ.
އަޑިއަށް ގޮސްފައިވާ ބޯޓަކީ 7 ފަޅުވެރިންނާއެކު މިދިޔަ މަހުގެ 28 ވަނަ ދުވަހު އިންޑިއާއިން ފުރައިގެން ރާއްޖެ އައި ބޯޓެކެވެ.
ބޯޓު އަޑިއަށް ދިއުމާއި ގުޅިގެން އޭގެ ތެރެއިން 6 ފަޅުވެރިން ސަލާމަތްކޮށްފައިވަނީ އެ ސަރަހައްދުން ދަތުރުކުރަމުންދިޔަ "އެމްވީ ބަރަދުވާޖް" ނަމަކަށް ކިޔާ ބޯޓަކުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް