އަލިފާނުގެ ހާދިސާ ހިނގި ކެފޭ ކައިރި- ފޮޓޯ/ ވޮއިސް
އަލިފާނުގެ ހާދިސާ ހިނގި ކެފޭ ކައިރި- ފޮޓޯ/ ވޮއިސް
ހަބަރު 01 Nov 2026 | 05:26

ހުޅުމާލޭ ކެފޭއެއްގައި ގޭސްފުޅިއެއް ގޮވައި އަލިފާނުގެ ހާދިސާއެއް؛ 5 މީހަކަށް އަނިޔާވި

ހުޅުމާލެ ރުއްގަނޑު 1 ކައިރީގައި ހުންނަ ކެފޭއެއްގައި ގޭސްފުޅިއެއް ގޮވައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު 10:00 އެހައިކަންހާއިރު ހިނގި މި ހާދިސާއާ ގުޅިގެން ފުލުހުންނާއި އެމް.އެން.ޑީ.އެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން ސީންއަށް އެޓެންޑްވިއިރު އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށެވެ.

މި ހާދިސާގައި އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުންދަނީ އެ ކެފޭގައި މަސައްކަތްކުރާ 4 ބިދޭސީންނަށްކަމަށާ،. މި ހާދިސާގައި ކެފޭގައި ތިބި އެއްވެސް ކަސްޓަމަރަކަށް އަނިޔާއެއް ލިބިފައި ނުވާއިރު، ކެފޭގެ އިމާރާތަށާއި ބަދިގޭގައި ހުރި އެއްވެސް މުދަލަކަށް ގެއްލުމެއް ލިބިފައެއް ނުވާ ކަމަށް ފުލުހުން ބުނެއެވެ.

ނަމަވެސް ބާރު އަޑެއް އިވުމާއެކު ކަސްޓަމަރުން ބޭރަށް ނުކުންނަން އުޅުމުގެ ތެރޭގައި ކެފޭގެ ބައެއް ތަށިތައް ވެއްޓި ތަޅައިގެންގޮސްފައިވާކަން ފާހަގަކުރެވެއެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން ބަލަންޖެހޭ ކަންކަން ދަނީ އިތުރަށް ބަލަމުންނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

”ޒަޔަނިސްޓުން ގައުމު ހިފަނީ“ ކަމަށްބުނެ އަސާސެއްނެތް ވާހަކަދެއްކުމަކީ އެމްޑީޕީގެ އިތުބާރުގެއްލޭނެ ކަމެއް: ރައީސް ނަޝީދު
01 Nov 2026 ހަބަރު

”ޒަޔަނިސްޓުން ގައުމު ހިފަނީ“ ކަމަށްބުނެ އަސާސެއްނެތް ވާހަކަދެއްކުމަކީ އެމްޑީޕީގެ އިތުބާރުގެއްލޭނެ ކަމެއް: ރައީސް ނަޝީދު

އެމްޑީޕީގެ ފިކުރާއި އަސާސްތަކާ ޚިލާފަށް، އެ ޕާޓީގެ މިހާރުގެ މިސްރާބު ހުރި ގޮތާމެދު ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކަންބޮޑުވުންފާޅުކުރައްވައިފިއެވެ.

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ތިނަދޫ ސިޓީއާއި ފުނަދޫއިން ބަޔަކު ހައްޔަރުކޮށްފި
01 Nov 2026 ހަބަރު

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ތިނަދޫ ސިޓީއާއި ފުނަދޫއިން ބަޔަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ތިނަދޫ ސިޓީއާ ފުނަދޫއިން ބަޔަކު ހައްޔަރުކޮށްފިއެވެ. 

އާމްދަނީ 60،000 ރުފިޔާ އިން މަތިން ލިބޭ މީހުންގެ އާސަންދައިން ކޯ-ޕޭމަންޓް ނަގަން ފަށަނީ
31 Oct 2026 ހަބަރު

އާމްދަނީ 60،000 ރުފިޔާ އިން މަތިން ލިބޭ މީހުންގެ އާސަންދައިން ކޯ-ޕޭމަންޓް ނަގަން ފަށަނީ

އާސަންދަ އާއި ސަބްސިޑީ އޭގެ ހައްގުވެރިންނަށް ދިނުމަށް ރާއްޖެއަށް އެހީދޭ މާލީ އިދާރާތަކުން ގޮވާލާތާ އެތައް އަހަރެއް ވެފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ މަހު ވަނީ އާސަންދަ ދެމުން އަންނަ އުސޫލު ބަދަލުކުރާނޭކަމަށް ހާމަކުރައްވާފައެވެ. މުއްސަނދިންނަށް އާސަންދަ ދިނުމަށް ނިންމާފައިވާ ނިންމުމާ ގުޅޭ އުސޫލު މިހާރު ވަނީ ގެޒެޓުކޮށްފައެވެ.

އިންތިހާބުން އެނގިގެން ދިޔައީ ސަރުކާރުގެ މަސައްކަތްތައް ރައްޔިތުން އަގުވަޒަންކުރާކަން: ރައީސް ޑރ.މުއިއްޒު
31 Oct 2026 ހަބަރު

އިންތިހާބުން އެނގިގެން ދިޔައީ ސަރުކާރުގެ މަސައްކަތްތައް ރައްޔިތުން އަގުވަޒަންކުރާކަން: ރައީސް ޑރ.މުއިއްޒު

އެލްޖީއޭގެ ބޯޑަށް އިންތިޚާބުކުރާ މެންބަރުން ހޮވުމަށް މިއަދު ކުރިއަށްދިޔަ މި އިންތިޚާބު ކާމިޔާބުކޮށްފައިވަނީ ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެންޑިޑޭޓުންނެވެ. މި ކާމިޔާބީއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ޚިދުމަތްތަކާއި ފުރުސަތުތައް ލާމަރުކަޒުކޮށްގެން ރައްޔިތުންނާ ގާތުން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ރައްޔިތުން ދިން ވަރުގަދަ ތާއީދެއް ކަމަށެވެ.

 އެލްޖީއޭގެ ބޯޑު އިންތިޚާބު ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްއިން ކާމިޔާބުކޮށްފި
31 Oct 2026 ހަބަރު

އެލްޖީއޭގެ ބޯޑު އިންތިޚާބު ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްއިން ކާމިޔާބުކޮށްފި

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު ބަޔާންކުރާ ގޮތުން، އެލްޖީއޭގެ ބޯޑަށް ޖުމްލަ ތިން މެންބަރަކު އިންތިޚާބުކުރަން ޖެހެއެވެ. އެއީ ސިޓީ ކައުންސިލްތަކުގެ މެންބަރުންގެ ތެރެއިން އިންތިޚާބުކުރާ މެންބަރަކާއި، ރަށު ކައުންސިލްތަކުގެ މެންބަރުން ތަމްސީލުކުރާނެ މެންބަރެއްގެ އިތުރުން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ތަކުގެ ރައީސުންގެ ތެރެއިން ހޮވާ މެންބަރެކެވެ.

އާންމު އުނދަގުލަކަށްވި ފައިރިޝް، އެންޑީއޭގެ ބެލުމުގެ ދަށުގައި ހުއްޓާ ފިލައިފި
31 Oct 2026 ހަބަރު

އާންމު އުނދަގުލަކަށްވި ފައިރިޝް، އެންޑީއޭގެ ބެލުމުގެ ދަށުގައި ހުއްޓާ ފިލައިފި

މި މައްސަލައާ ގުޅިގެން، ފިލައިގެން އުޅޭ ފައިރިޝް ހޯދުމުގެ މަސައްކަތް ފުލުހުން މިހާރު ދަނީ ކުރަމުންނެވެ.

އަމީނީ މަގުގެ ސެގްމަންޓް 3 ގެ މަސައްކަތް ނިންމައި މި ހަފުތާގައި ހުޅުވާލަނީ
31 Oct 2026 ހަބަރު

އަމީނީ މަގުގެ ސެގްމަންޓް 3 ގެ މަސައްކަތް ނިންމައި މި ހަފުތާގައި ހުޅުވާލަނީ

މި ސަރަޙައްދަކީ ޢިއްޒުއްދީން މަގާ ހަމައިން ފެށިގެން ކޯރުކެނޑި ހިނގުމާ ހަމައަށް އޮންނަ މަގުގެ ބައެވެ

ހުޅުމާލޭ ފިހާރައެއްގެ ބިލްބޯޑަކުން ބަރަހަނާ މަންޒަރު ދެއްކި މައްސަލައެއް ފުލުހުން ބަލަނީ
29 Oct 2026 ހަބަރު

ހުޅުމާލޭ ފިހާރައެއްގެ ބިލްބޯޑަކުން ބަރަހަނާ މަންޒަރު ދެއްކި މައްސަލައެއް ފުލުހުން ބަލަނީ

ރޭގެ ވަގުތެއްގައި ހުޅުމާލޭގެ ވިނަރެސް 3 ގައި ހުންނަ ފިހާރައެއްގެ ބިލްބޯޑަކުން ބަރަހަނާ މަންޒަރު ފެންނަ ފޮޓޯއެއް ވަނީ ދައްކާފައެވެ.