ބޭންކް އޮފް މޯލްޑިވްސް އިން 'ސްޓާފް ޗެރިޓީ ރަން' 2023 ބާއްވައިފި
މުޖުތަމަޢުއަށް ފައިދާހުރި މަސައްކަތްތައްކުރާ ޖަމިއްޔާ ޖަމާއަތްތަކަށް އެހީވުމަށް ބޭންކް އޮފް މޯލްޑިވްސް އިން ބާއްވާ 'ސްޓާފް ޗެރިޓީ ރަން' ބާއްވައިފިއެވެ.
ބީއެމްއެލް އިން ބުނީ، މިއަދު ހެނދުނު ހުޅުމާލޭގައި ބޭއްވި ޗެރިޓީ ރަންގައި ބޭންކުގެ 100 މުވައްޒަފުންނާއި އެ މުވައްޒަފުންގެ ކުދިން ބައިވެރިވެފައިވާ ކަމަށެވެ. އަދި އަތޮޅު ތެރެއިން 40 އަށް ވުރެ ގިނަ މުވައްޒަފުން ވަނީ އެ މުވައްޒަފުން ހިމެނޭ ރަށަކުން މި ދުވުމުގައި ބައިވެރިވެފައިވާ ކަމަށް އެ ބޭންކުން މައުލޫމާތުދެއެވެ.

ދުވުން ނިންމާލުމަށްފަހު ބޭންކުގެ ފަރާތުން ވަނީ މޯލްޑިވްސް އެސޯސިއޭޝަން ފޯ ޕަރސަންސް ވިތު ޑިސަބިލިޓީގެ ( އެމްއޭޕީޑީ) ޕީޑަބްލިއުޑީ ހެލްތު ކޭމްޕް ހިންގުމަށް 50،000 ރުފިޔާ ހަދިޔާކޮށްފައެވެ.

މުޖުތަމަޢުއަށް ފައިދާހުރި މަސައްކަތްތައްކުރާ ޖަމިއްޔާ ޖަމާޢަތްތަކަށް އެހީވުމަށް ބޭންކް އޮފް މޯލްޑިވްސް އިން އަންނަނީ އާންމުކޮން އިވެންޓްތައް ބާއްވަމުންނެވެ.
ބޭންކް އޮފް މޯލްޑިވްސް އިން އަންނަނީ 2018 ވަނަ އަހަރުން ފެށިގެން އެމްއޭޕީޑީގެ މުހިންމު ޕްރޮގްރާމްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް