އެޗްޑީސީގެ ކުރީގެ އެމްޑީ ނާސިފް މަޖިލީހަށް ކުރިމަތިލައްވަނީ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި އެޗްޑީސީ އަދި ތިލަފުށި ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރ ކަމުގެ މަގާމު އަދާކުރެއްވި އަހުމަދު ނާސިފް ދީދީ މަޖިލީހަށް ކުރިމަތިލައްވަން ނިންމަވައިފިއެވެ.
ނާސިފް މިކަން ހާމަކުރައްވާފައިވަނީ އޭނާގެ ޓްވިޓަރ އެކައުންޓް މެދުވެރިކޮށެވެ.
ނާސިފް ވިދާޅުވި ގޮތުގައި އެބޭފުޅާ ކުރިމަތިލެއްވުމަށް ނިންމަވާފަައިވަނީ ހެންވޭރު ހުޅަނގު ދާއިރާއަށެވެ. ނާސިފް ވާދަކުރައްވަން ނިންމަވާފައިވަނީ އަމިއްލަ ހައިސިއްޔަތުންތޯ، ނުވަތަ ޕާޓީއެއްގެ ކެނޑިޑޭޓެއްގެ ގޮތުގައިތޯ އަދި ވަނީ ކަށަވަރުވާގޮތް ނުވެފައެވެ.
Dhivehi rayyithun ithurah khidhumaiy kurumah mi ninmee Henveiru Hulhangu dhaairaa in.#Majilis2019
— Ahmed Nasif ( DIDI ) (@AhmedNaasif) December 8, 2018
ނާސިފަކީ އިދިކޮޅު ޕީޕީއެމްގެ ކައުންސިލް މެންބަރެއްކަން ފާހަގަކޮށްލެވެއެވެ. ޕީޕީއެމްއިން މިހާތަނަށް ޕްރައިމެރީއަކާ ނުލައި ޓިކެޓް ހަވާލުރެއްވި ބޭފުޅުންގެ ތެރޭގައި ނާސިޕް ހިމެނި ވަޑައި ނުގަންނަވައެވެ.
ނާސިފް ވަނީ ނިމިދިޔަ ސަރުކާރުގައި ރައީސް ޔާމީންގެ ސިޔާސަތުތައް ތަންފީޒުކުރެއްވުމުގައި ބޮޑުދައުރެއް އަދާކުރައްވާފައެވެ. އެގޮތުން އެބޭފުޅާ އެޗްޑީސީ އަދި ތިލަފުށީ ކޯޕަރޭޝަންގައި ހުންނަވާ ވަނީ ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި އެހީތެރިވެދެއްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް