N/A
N/A
ހަބަރު 13 Dec 2018 | 12:22

ނަޝީދަށް ދިން އަނިޔާ ހަނދުމަކޮށް ދިނުމަށްފަހު މައުމޫނަށް މަރުހަބާ ދަންނަވައިފި

ރާއްޖޭގެ ނޫސްވެރިކަމަށް 75 އަހަރުފުރުމުގެ އަލިމަސް ޔޫބީލް ފާހަގަ ކުރުމުގެ ގޮތުން ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި "އަލިމަސް ގަލަން" ލިބިވަޑައިގެންނެވި ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް އަށް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ތަފާތުގޮތަކަށް މަރުޙަބާ ދަންނަވައިފި އެވެ.

ރޭ ބޭއްވުނު ނޫސްވެރިކަމުގެ ހަފްލާގައި ނޫސްވެރިކަން ދަތި އުދަގުލާއެކުކޮށްފައިވާ ފަރާތްތަކުގެ ބަދަލުގައި ނޫސްވެރިކަމަށް ހުރަސް އެޅުއްވި ފަރާތްތަކަށް އެވޯޑް ދިންކަމަށް ބުނެ ބައެއް ނޫސްވެރިންނާއި، މީޑިއާގައި ހަރަކާތްތެރިވާ ބައެއްފަރާތްތަކުން ފާޑުކިޔަމުން އަންނަ މި ދަނޑިވަޅުގައި ރައީސް ނަޝީދު ރައީސް މައުމޫނަށް މަރުހަބާ ދަންނަވާފައިވަނީ މައުމޫންގެ ވެރިކަމުގައި ނޫސްވެރިކަންކުރުމުގެ ސަބަބުން ޖަލައްލެވުނުކަން ހަނދުމަކޮށްދެއްވަމުންނެވެ.

ރައީސް ނަޝީދު އިނގިރޭސި ބަހުން ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވާ ގޮތުގައި އެމަނިކުފާނުގެ މައްޗައް މިނިވަން ނޫސްވެރިކަމަށް އަޑު އުފުލައްވައި ސަރުކާރާ ދެކޮޅަށް ލިޔުއްވި ލިޔުންތަކުގެ ސަބަބުން ދައުވާކޮށް އެމަނިކުފާނު 14 ފަހަރު ޖަލަށްލި ކަމަށެވެ. އެއަށްފަހު ރާއްޖޭގެ ނޫސްވެރިކަމުގެ ޑައިމަންޑް ޖުބްލީ ފާހަގަކުރުމުގެ ގޮތުން "އަލިމަސް ގަލަން"ގެ ޝަރަފު ލިބިވަޑައިގަތް ކަމަށްޓަކައި އެމަނިކުފާނު ވަނީ މައުމޫން އަށް މަރުޙަބާ ދަންނަވާފަ އެވެ.

މިއީ މިދެބޭފުޅުންގެ ގުޅުން ވަރަށް ބަދަހިކޮށް ފެންނަމުންދާ ދަނޑިވަޅެއްގައި މާޒީގެ ހިތި ތަޖުރިބާއެއް ހިއްސާ ކުރެއްވި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލަން ޖެހެއެވެ.

ރައީސް ނަޝީދު 2008 ގެ ރިޔާސީ ރޭހާއި 2013 ގެ ރިޔާސީ ރޭހުގައި މައުމޫންގެ އަނިޔާވެރިކަމުގެ ވާހަކައަކީ މައުމޫނާ ދެކޮޅަށް ނަޝީދު ރައްޔިތުންނަށް ވިއްކެވި ވާހަކައެވެ. ނަމަވެސް ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް ގެނައުމަށްޓަކައި ނަޝީދުވަނީ ރައީސް މައުމޫންގެ އަނިޔާވެރިކަމުގެ ވާހަކަ ދެއްކެވުމުގެ ބަދަލުގައި ރައީސް މައުމޫންއަށް ވަރަށް ބޮޑަށް ތައުރީފްކޮށް ތަފާތު މުނާސަބަތުގައި އެމްޑީޕީ ހަރުގޭގައި ތިޔައީ ޒައީމް ލަވަ ޖައްސަވާފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފައިސަލަށް ތާއީދުކުރުމާއި ގުޅޭ ސުވާލަށް ފުރިހަމަ ޖަވާބެއްދޭން އިބޫ ފަސްޖެހިއްޖެ؛ ކީއްވެ؟
22 Nov 2026 ހަބަރު

ފައިސަލަށް ތާއީދުކުރުމާއި ގުޅޭ ސުވާލަށް ފުރިހަމަ ޖަވާބެއްދޭން އިބޫ ފަސްޖެހިއްޖެ؛ ކީއްވެ؟

"ފައިސަލް އެ އޮތީ ކުރިމަތިލައްވަން އިއުލާނު ކުރައްވާފައި. އަޅުގަނޑެއް ކުރިމަތިލާކަށް އިއުލާނެއް ނުކުރަން،" ރައީސް ސޯލިހް ފުރަތަމަ ވިދާޅުވި އެވެ.

ރޮހިންޖާ ޤަތުލުޢާންމުގެ ޒިންމާ މިޔަންމާ އުފުލަން ޖެހޭނެ ކަމަށް އައިސީޖޭއިން ކަނޑައަޅައިފި
22 Nov 2026 ހަބަރު

ރޮހިންޖާ ޤަތުލުޢާންމުގެ ޒިންމާ މިޔަންމާ އުފުލަން ޖެހޭނެ ކަމަށް އައިސީޖޭއިން ކަނޑައަޅައިފި

ޖެނޮސައިޑް ކޮންވެންޝަންގެ ބައިވެރިއެއްގެ ޙައިޞިއްޔަތުން މި މައްސަލައަށް ތަދައްޚުލުވާނެ ކަން އެންމެ ފުރަތަމަ އިޢުލާންކުރީ ދިވެހިރާއްޖެއިންނެވެ

ބޮޑު ބަދަލާއި ދެކޮޅު "ޓީމް އެމްޑީޕީ" ކެންޑިޑޭޓުންނާއެކު ރައީސް ސޯލިހާއި ފައިސަލް އަދި އާޒިމް
22 Nov 2026 ހަބަރު

ބޮޑު ބަދަލާއި ދެކޮޅު "ޓީމް އެމްޑީޕީ" ކެންޑިޑޭޓުންނާއެކު ރައީސް ސޯލިހާއި ފައިސަލް އަދި އާޒިމް

މި އިންތިހާބަކީ އެމްޑީޕީގެ ކޮންޓްރޯލް ހޯދުމާއި ރިޔާސީ ޓިކެޓް ކަށަވަރު ކުރުމަށް ދެ ފެކްޝަނަށްވެސް ވަރަށް މުހިންމު އިންތިހާބެކެވެ.

ފެރިދޫގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
22 Nov 2026 ހަބަރު

ފެރިދޫގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޢަލީ ޢާމިރު 30 ދުވަހަށް އަދި އާދަމް ނިމާލް 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

ޑްރަގް ކެފޭއެއް ހިންގާތީ ފުވައްމުލަކު މާދޫގެ ބައެއް ބަންދުކޮށްފި
22 Nov 2026 ހަބަރު

ޑްރަގް ކެފޭއެއް ހިންގާތީ ފުވައްމުލަކު މާދޫގެ ބައެއް ބަންދުކޮށްފި

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން 90 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައި ކަމަށެވެ.

އުމްރާއަށް ގެންދާނެ ކަމަށް ބުނެ އަސްކޮއެ ގުރޫޕުން 109 މީހަކަށް ލަނޑުދިން މައްސަލަ: ދައުވާކޮށްދޭން އެދިއްޖެ
22 Nov 2026 ހަބަރު

އުމްރާއަށް ގެންދާނެ ކަމަށް ބުނެ އަސްކޮއެ ގުރޫޕުން 109 މީހަކަށް ލަނޑުދިން މައްސަލަ: ދައުވާކޮށްދޭން އެދިއްޖެ

އެ ފައިސާގެ އަދަދު 2،660،300ރ (ދެމިލިއަން ހަލައްކަ ފަސްދޮޅަސް ހާސް ތިންސަތޭކަ ރުފިޔާ) އަށް އަރަ އެވެ.

ކަސްޓަމްސްގެ އޮޕަރޭޝަންތަކުގައި ސަވައިލަންސް ޑްރޯން އާއި ބޮޑީވޯން ކެމެރާ ބޭނުންކުރަން ފަށައިފި
22 Nov 2026 ހަބަރު

ކަސްޓަމްސްގެ އޮޕަރޭޝަންތަކުގައި ސަވައިލަންސް ޑްރޯން އާއި ބޮޑީވޯން ކެމެރާ ބޭނުންކުރަން ފަށައިފި

މި އޮޕަރޭޝަންތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ ބޮޑީވޯން ކެމެރާއަކީ އެމެރިކާއިން ހަދިޔާކޮށްފައިވާ ވަސީލަތެކެވެ.

އެފްޑީސީއަށް ހުށަހެޅުނު މައްސަލަތަކުގެ 87 އިންސައްތަ ހައްލުކޮށްފި
22 Nov 2026 ހަބަރު

އެފްޑީސީއަށް ހުށަހެޅުނު މައްސަލަތަކުގެ 87 އިންސައްތަ ހައްލުކޮށްފި

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ "އަމާން އުދަރެސް" އަދި "އަމާން ދޯދި" ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުން ހުށަހެޅި ޝަކުވާތަކާއި މައްސަލަތަކުގެ 87 އިންސައްތަ ހައްލުކޮށްދީފިއެވެ.