ވ އަތޮޅު ވެމްޕަރުފަޅު ހުޅަނގު އުތުރު ކަނޑުން އިންސާނެއްގެ ހަށިގަނޑު ފެނިއްޖެ!
ވ އަތޮޅު ވެމްޕަރުފަޅު ހުޅަނގު-އުތުރު ކަނޑުން އިންސާނެއްގެ ހަށިގަނޑު ފެނިފައިވާކަމަށް ފުލުހުން ބުނެފިއެވެ.
އެ ސަރަަހައްދުން އިންސާނެއްގެ ހަށިގަނޑު ފެނިގެން މިއަދު 9:03 ގައި ފުލުހުންނަށް ރިޕޯޓުކޮށްފައިވާކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.
އަދި އެއާއެކު ފުލުހުން އެ ސަރަހައްދަށް ގޮސް އެ ހަށިގަނޑު ފުލުހުންގެ އުޅަނދަށް ނަގާފައިވާކަންވެސް ހާމަކޮށްފައިވެއެވެ.
ފުލުހުން ބުނީ އެކަމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާކަމަށެވެ. އެކަމާއި ގުޅޭ އިތުރު ތަފްސީލުތައް ފަހުގެ ތާރީހެއްގައި ހިއްސާކުރައްވާނެކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް