އަބްދުﷲ ޝައުނު؛ ފޮޓޯ / ދިވެހި ފުލުހުންގެ ހިދުމަތް
އަބްދުﷲ ޝައުނު؛ ފޮޓޯ / ދިވެހި ފުލުހުންގެ ހިދުމަތް
ހަބަރު 01 Nov 2026 | 10:19

ސ. މީދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި ދިވެއްސަކު ހައްޔަރުކޮށްފި

ސ. މީދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި ދިވެއްސަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، ހައްޔަރުކޮށްފައިވަނީ އެ ރަށުގެ އިރާކްއަށް ނިސްބަތްވާ 19 އަހަރުގެ އަބްދުﷲ ޝައުނުއެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ، މާލެއިން ފުރައިގެން މީދޫއަށް ދަތުރުކުރަމުންދިޔަ ބޯޓެއްގައި މީހަކު މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތާ ގުޅިގެން އެ އިދާރާއިން ހިންގި އޮޕަރޭޝަނަކުންނެވެ.

މީގެ އިތުރުން، މިދިޔަ އޮކްޓޫބަރު މަހުގެ 29 ވަނަ ދުވަހު މީދޫ ފުލުހުންނާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައި އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ޖޫސްޕެޓީ ކޮތަޅެއް ފެނިފައިވެއެވެ.

އެގޮތުން، މި މައްސަލައާ ގުޅިގެން ޢަބްދުﷲ ޝައުނުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ދިވެހި ރައްޔިތުންގެ ޓޫރިޒަމް ކުންފުނި، އެމްޓީޑީސީގެ އާ އޮފީސް އިމާރާތް ހުޅުވައިފި
02 Nov 2026 ހަބަރު

ދިވެހި ރައްޔިތުންގެ ޓޫރިޒަމް ކުންފުނި، އެމްޓީޑީސީގެ އާ އޮފީސް އިމާރާތް ހުޅުވައިފި

އެމްޓީޑީސީ ޓަވަރުގައި 10 ފަންގިފިލާ ހިމެނޭއިރު، އެ ޓަވަރު ތަރައްޤީކުރަނީ ވިޔަފާރީގެ އުސޫލުން ފަންގިފިލާތައް ކުއްޔަށްދޭ ގޮތަށެވެ. މި އިމާރާތުގައި ޕާކިންގެ އިތުރުން ކެފޭ އަކާއި، ކޮންވެންޝަން ހޯލެއް ހިމެނެއެވެ. މީގެ އިތުރުން މި އިމާރާތުގެ އެހެނިހެން ފަންގިފިލާތައް ހާއްސަކޮށްފައިވަނީ، ތަފާތު ބޭނުންތަކަށް ބޭނުންކުރެވޭނެ އޮފީސް ޖާގަތައް ހިމެނޭގޮތަށެވެ.

ޑައިވިންއަށް ދިޔަ ބައެއްގެ މެދުގައި ހަމަނުޖެހުން ހިނގުން: ފުލުހުންގެ ސަމާލު ކަމަށް
01 Nov 2026 ހަބަރު

ޑައިވިންއަށް ދިޔަ ބައެއްގެ މެދުގައި ހަމަނުޖެހުން ހިނގުން: ފުލުހުންގެ ސަމާލު ކަމަށް

ޑައިވިންއަށް ދިޔަ ބައެއްގެ މެދުގައި ހަމަނުޖެހުން ހިނގާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ އާންމުވެފަ އެވެ.

ދައުލަތުން ލިބެންޖެހޭ ފައިސާ، މީރާއަށް ދައްކަންޖެހޭ ޓެކުހާ އަޅައިކެނޑޭނެ އިންތިޒާމު ހަމަޖައްސައިފި
01 Nov 2026 ހަބަރު

ދައުލަތުން ލިބެންޖެހޭ ފައިސާ، މީރާއަށް ދައްކަންޖެހޭ ޓެކުހާ އަޅައިކެނޑޭނެ އިންތިޒާމު ހަމަޖައްސައިފި

ފިނޭންސް މިނިސްޓްރީން އާންމުކުރި ބަޔާނެއްގައި ބުނީ ދައުލަތުގެ އިދާރާއަކުން ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏަކުން ލިބެންޖެހި ނުލިބިވާ ފައިސާއެއްވާ ނަމަ، މީރާއަށް ދައްކަންޖެހޭ ޓެކުހާއި އެ ފައިސާއަކާ އަޅައިކެނޑުމަށް ބޭނުންވާ ފަރާތްތަކުން މީރާއަށް ހުށަހެޅުމުން، ސަރުކާރުން ދައްކަންޖެހޭ ފައިސާ އަޅައިކަނޑައިދޭނެ އިންތިޒާމު މިހާރު ހަމަޖެހިފައިވާ ކަމަށެވެ

ޓޫރިޒަމް ސީޒަނާ ދިމާކޮށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާން ފަށައިފި
01 Nov 2026 ހަބަރު

ޓޫރިޒަމް ސީޒަނާ ދިމާކޮށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާން ފަށައިފި

މި އަހަރުގެ އޮކްޓޫބަރު މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ ވޭތުވެދިޔަ އަހަރުގެ އޮކްޓޫބަރު މަހާ އަޅާބަލާއިރު ކުރިއެރުމެއް ހޯދާފައެވެ. އެގޮތުން ނިމިދިޔަ އޮކްޓޫބަރު މަހު ރާއްޖެއަށް 194،039 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

އެމްޑީޕި އަމާޒު ހިފާފައިވަނީ ކަންބޮޑުވުން އުފެދޭ މިސްރާބަކަށް، ޕާޓީ އޮތީ ހަތަރުވަން ގޯޅިއެއްގެ ކަންމަތީ: ނަޝީދު
01 Nov 2026 ހަބަރު

އެމްޑީޕި އަމާޒު ހިފާފައިވަނީ ކަންބޮޑުވުން އުފެދޭ މިސްރާބަކަށް، ޕާޓީ އޮތީ ހަތަރުވަން ގޯޅިއެއްގެ ކަންމަތީ: ނަޝީދު

ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ދީން ނަގާ ތަނަވަސްކަން ހޯދާދޭނެ ޕްރޮޖެކްޓަކާއި ޒައިނިޒަމް އާއި ގުޅުވާ އަސާސެއް ނެތް ވާހަކަތައް ކުރިއެރުވުމަކީ ޕާޓީއަށް ރައްޔިތުން ކުރާ އިތުބާރު ވަރުގަދަ ވާނެ ކަމެއް ނޫން ކަމަށެވެ.

ފިލައިގެން ފާރިޝްއައީ މާލެ، އޭނާ ހުރިތަން ދެނެގަނެ ހައްޔަރުކޮށްފި
01 Nov 2026 ހަބަރު

ފިލައިގެން ފާރިޝްއައީ މާލެ، އޭނާ ހުރިތަން ދެނެގަނެ ހައްޔަރުކޮށްފި

އޭނާ މާލެއިން މިހާރު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އޭނާ މާލެ އައީ ކިހިނެތް ކަމެއް ނޭންގެ އެވެ.

އެމް.އެސް.އެމް.އީތަކަށް ޕޯސްޓްގެ ވިއުގަ މެދުވެރިކޮށް ބާޒާރު ފަހިކޮށްދިނުމުގެ ދިރާސީ މަސައްކަތްތަކެއް ފަށައިފި
01 Nov 2026 ހަބަރު

އެމް.އެސް.އެމް.އީތަކަށް ޕޯސްޓްގެ ވިއުގަ މެދުވެރިކޮށް ބާޒާރު ފަހިކޮށްދިނުމުގެ ދިރާސީ މަސައްކަތްތަކެއް ފަށައިފި

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް (އެމް.އެސް.އެމް.އީ) ޕޯސްޓަލް ވިއުގައިގެ ތެރެއިން އައު ބާޒާރުތައް ހޯދައިދިނުމަށާއި، ޑިޖިޓަލް ފައިނޭންސިންގެ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ކުރިއަށްގެންދާ ދިރާސީ މަސައްކަތްތަކެއް މޯލްޑިވްސް ޕޯސްޓް ލިމިޓެޑާއި ބައިނަލްއަޤުވާމީ އިދާރާތައް ގުޅިގެން މިއަދު ފަށައިފިއެވެ.

ސަފާރީ ޑައިވަރުންގެ މެދުގައި ހިނގި ހަމަނުޖެހުން އިންސާފުވެރިކަމާއެކު ތަހުގީގުކުރުމަށް އެންބީއޭއެމްއިން ގޮވާލައިފި
01 Nov 2026 ހަބަރު

ސަފާރީ ޑައިވަރުންގެ މެދުގައި ހިނގި ހަމަނުޖެހުން އިންސާފުވެރިކަމާއެކު ތަހުގީގުކުރުމަށް އެންބީއޭއެމްއިން ގޮވާލައިފި

މީސްމީޑިއާއާއި ބައިނަލްއަގުވާމީ މަންސަތަކުގައި މި ހާދިސާގެ ވީޑިއޯތައް ދައުރުވަމުންދާއިރު، އެންބީއޭއެމްއިން ބުނެފައިވަނީ މިއީ ވަރަށް ނާޒުކު އަދި ސީރިއަސް މައްސަލައެއް ކަމަށާއި، މި މައްސަލަ ވަކި ފަރާތަކަށް ނުޖެހި، ފުރިހަމައަށް ތަހުގީގު ކުރެވެންޖެހޭނެ ކަމަށެވެ. އަދި އެއްވެސް ފަރާތަކުން ގާނޫނާ ހިލާފުވެފައިވާނަމަ ނުވަތަ އިހުމާލުވެފައިވާނަމަ، ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކުގެ މަތިން އެކަމަށް ފިޔަވަޅު އަޅަންޖެހޭނެ ކަމަށް އެ އެސޯސިއޭޝަނުން ފާހަގަކުރެއެވެ.