ފުލުހުންގެ ވެހިކަލްއެއްގައި ރޯކޮށްލައިފި
ފުލުހުންގެ ވެހިކަލްއެއްގައި އަލިފާން ރޯކޮށްލައިފިއެވެ.
ފުލުހުން ބުނީ، ފުލުހުންގެ ކާރެއްގައި އަލިފާން ރޯކޮށްލާފައިވާކަމުގެ މައުލޫމާތު، މިރޭ 7:40 ހާއިރު ލިބުނު ކަމަށެވެ. އަދި މިހާރު ވަނީ އަލިފާން ނިއްވާލާފައި ކަމަށް ފުލުހުން މައުލޫމާތުދިނެވެ.
"ރޯކޮށްލާފައިވާކަމުގެ މައުލޫމާތު ލިބިފައިވަނީ،" ފުލުހުން ބުންޏެވެ.
މީގެ އިތުރުން ފުލުހުން ބުނި ގޮތުގައި، ރޯކޮށްލާފައި ވަނީ، އެޗްޑީސީ އިމާރާތުގެ ކައިރީ، ޕާކިންގް ޒޯނުގައި ޕާކު ކޮށްފައި އޮތް ވެހިކަލެއްގައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް