އިޒްރާއިލާއި ފަލަސްޠީނާއި ދެމެދު ބަދަލު ކުރެވުނު ހަމަލާތައް
އިޒްރާއިލާއި ފަލަސްޠީނާއި ދެމެދު ބަދަލު ކުރެވުނު ހަމަލާތައް
ދުނިޔެ 02 Feb 2023 | 09:41

ފަލަސްޠީނުން ދިން ރޮކެޓް ހަމަލާއެއްގެ ރައްދުގައި އިޒްރާއިލުން ޣައްޒާ އަށް ވައިގެ މަގުން ހަމަލާ ދެނީ

ފަލަސްޠީނުން ދިން ރޮކެޓުގެ ހަމަލާއެއްގެ ރައްދުގައި އިޒްރާއިލުން ޣައްޒާގެ ޢާންމުން ދިރިއުޅޭ ސަރަހައްދަށް ވައިގެ ހަމަލާތައް ދޭން ފަށައިފިއެވެ.

އިޒްރާއިލުން ދޭން ފެށި މި ހަމަލާތަކުގައި މިހާތަނަށް ފަލަސްޠީނުގެ 9 މީހަކު ވަނީ ޝަހީދުވެފައެވެ. މި ހަމަލާ އަކީ ފަލަސްޠީނުގެ ބިމަށް ގަދަކަމުން ވެރިވެގަނެގެން ތިބި އިޒްރާއިލުގެ ޔަހޫދީން އުޅެމުންދާ ސަރަހައްދަށް  ފަލަސްޠީނުން ދިން ރޮކެޓު ހަމަލާގެ ޖަވާބުގައި އިޒްރާއިލުން ދެމުންދާ ހަމަލާތަކެކެވެ. ފަލަސްޠީނުން ދިން ރޮކެޓު ހަމަލާގައި އިޒްރާއިލުގެ 7 މީހަކު ވަނީ މަރުވެފައެވެ.

ހަމަލާ ބަދަލު ކުރުމުގެ ތެރެއިން އިޒްރާއިލްގެ މިލިޓަރީ އާއި ޣައްޒާގެ ހަނގުރާމަވެރި ގްރޫޕް ތަކުގެ ދެމެދު ވަނީ ބަޑީގެ ހަމަލާތަކެއް ވެސް ބަދަލު ކުރެވިފައެވެ. ބުދަ ދުވަހުގެރޭ ހިންގި މި ހަމަލާ ބަދަލު ކުރުންތަކުގެ ޒިންމާ އަދި މިހާތަނަށް ފަލަސްޠީނުގެ އެއްވެސް ގްރޫޕަކުން ނަގައިފައެއް ނުވެއެވެ.

އިޒްރާއިލުން ބުނެފައިވަނީ އިޒްރާއިލުގެ ރައްޔިތުންނަށް އަމާޒުކޮށް ދީފައިވާ ހަމަލާއަކީ ހަމާސް އިން ދީފައިވާ ހަމަލާއެއް ކަމަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި
03 Nov 2026 ދުނިޔެ

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި

ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ އެކްސްގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ފެންނަ ގޮތުން، އެ މީހާގެ ޕާސްޕޯޓުގެ ގިނަ ސޮފުހާތަކުގައި ހުރީ އެކި މީހުންގެ ފޯނު ނަންބަރުތަކާއި ނަންތައް ނޯޓުކޮށް، ރައްކާކޮށްފައެވެ.

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު
03 Nov 2026 ދުނިޔެ

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު

މިދިޔަ އާދިއްތަ ދުވަހު ވެރިރަށް ޑާކާގައި ފެށި މި މުޒާހަރާތައް ވަނީ ބޮޑެތި ހަމަނުޖެހުންތަކަކަށް ބަދަލުވެފައެވެ. އެގޮތުން މުޒާހަރާގެ ބައިވެރިން މަގުތައް ބަންދުކޮށް، ބައެއް ފެކްޓްރީތަކަށް ގެއްލުންދީ، އުޅަނދުފަހަރުގައި ހުޅުޖަހާފައިވެއެވެ. މި ހަމަނުޖެހުންތައް ކޮންޓްރޯލްކޮށް، މުޒާހަރާގެ ބައިވެރިން ރޫޅާލުމަށް ފުލުހުން ވަނީ ކަރުނަގޭސް ބޭނުންކޮށްފައެވެ. ޑާކާ ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރު މުހިދުލް އިސްލާމް ވިދާޅުވި ގޮތުގައި، ހޯމަ ދުވަހާ ހަމައަށް މަދުވެގެން 29 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި ގާމެންޓް ސިނާއަތުގައި ގަސްދުގައި ނުތަނަވަސްކަން އުފައްދަން އުޅޭ ފަރާތްތަކާ މެދު ގާނޫނީ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.