އެމްޑީޕީ އަށް އައްޑޫ ކައުންސިލްގެ އަޣްލަބިއްޔަތު ލިބިއްޖެ
އައްޑޫ ސިޓީ ކައުންސިލްގެ ޕީޕީއެމް މެމްބަރ ވެރިކަން ކުރާ އެމްޑީޕީ އަށް މިއަދު ސޮއި ކުރުމާއި އެކު އެމްޑީޕީ އަށް އެ ކައުންސިލްގެ އަޣްލަބިއްޔަތު ލިބިއްޖެއެވެ.
2021 ވަނަ އަހަރުގެ ކައުންސިލް އިންތިޚާބާއި ހަމައަށް އައްޑޫ ކައުންސިލްގެ އަޣްލަބިއްޔަތު އޮތީ އެމްޑީޕީ އަށެވެ. 2021 ގެ އިންތިޚާބަށް ފަހު ޕީޕީއެމް އިން އެކައުންސިލްގެ އަޣްލަބިއްޔަތު ވަނީ ނަގައިފައެވެ.
ނަމަވެސް މިއަދު ފޭދޫ މާދެލަ ދާއިރާގެ މެމްބަރު މުހައްމަދު ފައިސަލް އެމްޑީޕީ އަށް މިއަދު ސޮއި ކުރެއްވުމާ އެކު، އެމްޑީޕީގެ މެމްބަރުންގެ އަދަދު އިތުރުވެ، އެ ކައުންސިލްގެ ސާފު އަޣުލަބިއްޔަތު އެމްޑީޕީ އަށް މިވަނީ ލިބިފައެވެ.
ފައިސަލް ކައުންސިލަށް އިންތިޚާބު ވެފައިވަނީ ޕީޕީއެމް މެމްބަރ އެއްގެ ގޮތުގައެވެ.
ފައިސަލް އެމްޑީޕީ އަށް ސޮއިކުރެއްވީ ރައީސް އިބްރާހިމް މުޙައްމަދް ޞާލިޙާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލާ އެކު މިއަދު މާލޭގައި ބޭއްވި ކުޑަ ހަފުލާއެއްގަ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް