ތުރްކިޔޭގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާން
ތުރްކިޔޭގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާން
ދުނިޔެ 02 Mar 2023 | 01:06

ތުރްކިޔޭގެ އިންތިޚާބު މެއި 14ގައި

މެއި 14 ގައި ކުރިންވެސް ބޭއްވުމަށް ނިންމައިފައި އޮތް ރިޔާސީ އިންތިޚާބު ހަމަ އެތާރީޚުގައި އޮންނާނެ ކަމަށް ތުރްކިޔޭގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާން ވިދާޅުވެއްޖެއެވެ.

"ތުރްކިޔޭގެ ރައްޔިތުން ކުރިއެކޭވެސް އެއްގޮތަށް އެދުވަހު ނިންމުން ނިންމާނެ" އޭކޭ ޕާޓީގެ ޕާލިމެންޓް މީޓިން އެއްގައި ވާހަކަ ދައްކަވަމުން އުރްދުޣާން ވިދާޅުވިއެވެ.

އިދިކޮޅު ޕާޓީ އަށް ބަހުގެ ހަމަލާދެއްވަމުން އުރްދުޣާން ވިދާޅުވީ މިވަގުތު އެމަނިކުފާނުގެ އެންމެ ބޮޑު އަމާޒެއް އޮތީ ބިންހެލުމުގައި ގެއްލުންވި ފަރާތްތައް ޢާންމު ހާލަތަކަށް ގެނައުން ކަމަށެވެ. އިދިކޮޅުން އުރްދުޣާންގެ ސަރުކާރާއި ދެކޮޅަށް، ކާރިސާގެ ވަގުތުގައިވެސް ސަރުކާރުން އެހީ ފޯރުކޮށްދިނުން ލަސްވާކަމަށާއި، ސަރުކާރުން އޮތީ ކުއްލި ހާލަތަކަށް ތައްޔާރުވެގެން ނޫން ކަމަށް ބުނެ ދޮގު ވާހަކަތައް ފެތުރިކަން އުރްދުޣާން ފާހަގަ ކުރެއްވިއެވެ. އަދި އެޤައުމުން ދޮގުވެރިންނަށް އެއްބާރުލުން ނުދޭނެ ކަމަށް އުރްދުޣާން ވިދާޅުވިއެވެ.

"ހަލާކުވި އިމާރާތްތަކުގެ ކުނި ތައް ސާފު މިކުރަނީ އަހަރެމެން، މީހުންގެ ވޭންތައް ފިލުވަދޭން މިމަސައްކަތް ކުރަނީ އަހަރެމެން، އަހަރެމެން މިދަނީ މީހުންގެ ހިތްތައް އަތުލަމުން، އަހަރެމެން މީސްތަކުންނަށް އައު މުސްތަޤްބަލެއް ހޯދައިދޭނަން"

އުރްދުޣާން

ދައުލަތް މިވަގުތު އޮތީ ބިންހެލުމުގައި ގެއްލުންވި މީސްތަކުންނަށް އެހީތެރިވުމުގައި މަޝްޣޫލް ވެފައި ކަމަށާއި، އިދިކޮޅު ފަރާތްތަކުން ދައްކަމުންގެންދާ ދޮގު ވާހަކަތަކަށް ޖަވާބު ނުދެއްވަނީ އެހެންވެ ކަމަށް އުރްދުޣާން ވިދާޅުވިއެވެ. އަދި މިފަދަ ދަނޑިވަޅެއްގައި ވެސް އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ އަމިއްލަ ފައިދާ އަށްޓަކައި ކަމަށް އުރްދުޣާން ވިދާޅުވިއެވެ.

"އަހަރެމެންގެ މިވަގުތުގެ ހަމައެކަނި އެޖެންޑާއަކީ ބިންހެލުން، އެމީހުން ތަހައްމަލް ކުރަމުން އަންނަ ކަންކަން، އެހާލަތުން އެމީހުންނަށް އަރައިގަނެވުން" އުރްދުޣާން ވިދާޅުވިއެވެ.

މެއި 14 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ޕާލިމެންޓް އަދި ޕްރެޒިޑެންޓަލް އިންތިޚާބު، ބިންހެލުން ތަކާއި ގުޅިގެން ޖޫން 16 އަށް ލަސްކުރާނެ ކަމަށެބުނެ ވަނީ ވާހަކަތަކެއް ދެކެވިފައެވެ. ނަމަވެސް އިދިކޮޅުން އެކަމަށް ތާއީދެއް ނުކުރިއެވެ. އަދި ފަހުން އޭކޭ ޕާޓިއިން ވެސް ވަނީ އިންތިޚާބު ފަސްކުރުމަށް ބޭނުން ނުވާކަން ހާމަކޮށްފައެވެ.

ބިންހެލުން އައުމުގެ ކުރިންވެސް ތުރްކިޔޭ ގައި އުރްދުޣާން އަށް އޮތް ތާއީދު އޮތީ ދަށަށް ގޮއްސައެވެ. ތުރްކިޔޭގެ ދިރިއުޅުމުގެ އަގާއި އެޤައުމުގެ ލިރާގެ އަގަށް އައި ބަދަލުގެ ސަބަބުން އުރްދުޣާން އަށް އޮތް ތާއީދު އޮތީ ވެއްޓިފައެވެ.

ކޮންމެއަކަސް ބިންހެލުން ތަކުގެ ސަބަބުން ޤައުމުގެ 11 ޕްރޮވިންސެއް ހަލާކުވެ ރައްޔިތުން ވަގުތީ ބޯހިޔާ ވަހިކަމުގައި ތިބުމުން މިވަގުތު އިންތިޚާބު ބޭއްވެނެ ކަމާއި މެދު ގިނަ ބަޔަކު ތިބީ ސުވާލު އުފެދިފައެވެ. 14 މިލިއަން އެއްހާ މީހުން ތިބީ ގެދޮރު ގެއްލިފައެވެ. އަދި ބިންހެލުމުގައި ގެއްލުން ލިބުނު 11 ޕްރޮވިންސް ގައި ވަނީ ކުއްލި ހާލަތު އިޢްލާނު ކޮށްފައެވެ.

ތުރްކީގެ ސްޕްރީމް އިލެކްޝަން ބޯޑުގެ އިސްބޭފުޅުން ހިމެނޭ ވަފުދެއް ވަނީ ބިންހެލުމުގެ އަސަރުކޮށް ހަލާކުވި ސަރަހައްދުތަކަށް ހޯމަދުވަހު ޒިޔާރަތްކޮށްފައެވެ. އެތަންތަނުގައި ވޯޓުލާ މަރުކަޒުތައް ގާއިމް ކުރެވޭނެތޯ އެ ވަފުދުން ބަލާނެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި
03 Nov 2026 ދުނިޔެ

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި

ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ އެކްސްގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ފެންނަ ގޮތުން، އެ މީހާގެ ޕާސްޕޯޓުގެ ގިނަ ސޮފުހާތަކުގައި ހުރީ އެކި މީހުންގެ ފޯނު ނަންބަރުތަކާއި ނަންތައް ނޯޓުކޮށް، ރައްކާކޮށްފައެވެ.

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު
03 Nov 2026 ދުނިޔެ

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު

މިދިޔަ އާދިއްތަ ދުވަހު ވެރިރަށް ޑާކާގައި ފެށި މި މުޒާހަރާތައް ވަނީ ބޮޑެތި ހަމަނުޖެހުންތަކަކަށް ބަދަލުވެފައެވެ. އެގޮތުން މުޒާހަރާގެ ބައިވެރިން މަގުތައް ބަންދުކޮށް، ބައެއް ފެކްޓްރީތަކަށް ގެއްލުންދީ، އުޅަނދުފަހަރުގައި ހުޅުޖަހާފައިވެއެވެ. މި ހަމަނުޖެހުންތައް ކޮންޓްރޯލްކޮށް، މުޒާހަރާގެ ބައިވެރިން ރޫޅާލުމަށް ފުލުހުން ވަނީ ކަރުނަގޭސް ބޭނުންކޮށްފައެވެ. ޑާކާ ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރު މުހިދުލް އިސްލާމް ވިދާޅުވި ގޮތުގައި، ހޯމަ ދުވަހާ ހަމައަށް މަދުވެގެން 29 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި ގާމެންޓް ސިނާއަތުގައި ގަސްދުގައި ނުތަނަވަސްކަން އުފައްދަން އުޅޭ ފަރާތްތަކާ މެދު ގާނޫނީ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.