ޕްލޭނިންގ މިނިސްޓްރީގެ ނާއިބު ނިއުމާ, އިސްތިއުފާދެއްވައި، ޑިމޮކްރެޓްސް އާ ގުޅިއްޖެ!
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާ ގެ ވަޒީރުގެ ނައިބަކަށް ހުންނެވި ފާތިމަތު ނިއުމާ އެމަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.
ނިއުމާ ސޮއި ކުރައްވާ ރައީސަށް ފޮނުއްވި ސިޓީ ގައި ވިދާޅުވެފައިވަނީ އޭނާ ހުންނެވި މަޤާމުން އިސްތިއުފާ ދެއްވާ ކަމަށާއި، ދެއްވެވި ފުރުސަތައްޓަކައި ރައީސް ޞާލިޙަށް ޝުކުރު އަދާކުރައްވައިފައިވެއެވެ.
ނިއުމާ ވަޒީރުގެ ނައިބުގެ މަގާމުން އިސްތިއުފާ ދެއްވައިފައިވަނީ އިއްޔެއެވެ. ނިއުމާ ވަނީ ޕަބްލިކް ޕޮލިސީގެ ދާއިރާއިން މާސްޓާސް ހާސިލް ކުރައްވައިފައެވެ. އަދި
އަދި މިހާރު އޭނާ ވަނީ އަލަށް އުފައްދައިފައިވާ ޕާޓީ ދަ ޑިމޮކްރެޓްސް އަށް ސޮއިކުރައްވައިފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް