އެފްއޭއެމްގެ ރައީސް އަހުމަދު ޠާރިޤުއާއި ފީފާގެ ރައީސް އިންފަންޓީނޯ-
އެފްއޭއެމްގެ ރައީސް އަހުމަދު ޠާރިޤުއާއި ފީފާގެ ރައީސް އިންފަންޓީނޯ-
ކުޅިވަރު 15 Oct 2026 | 07:57

ފީފާއިން ރާއްޖެ ހިމެނޭހެން މެންބަރު ކޮންމެ ގައުމަކަށް 25 މިލިއަން ޑޮލަރު ދޭނެ: ރިޕޯޓް

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) ގެ މެންބަރު ކޮންމެ ގައުމަކަށް، ފުޓްބޯޅަ ތަރައްޤީކުރުމަށްޓަކައި 25 މިލިއަން އެމެރިކާ ޑޮލަރު ދިނުމަށް އެ އިދާރާއިން ހުށަހަޅާފައިވާ ހުށަހެޅުން ފާސް ކުރުމަށް މިއަދު ވޯޓުލާން ނިންމައިފިއެވެ.

ޒިއުރިކްގައި މިއަދު އޮންނަ ފީފާ ކައުންސިލް ބައްދަލުވުމުގައި މި ހުށަހެޅުން ފާސްވެއްޖެނަމަ މި އެހީގެ ދަށުން ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަން (އެފްއޭއެމް) އަށް ވެސް މި ފައިސާ ލިބިގެންދާނެއެވެ.

އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އިން ބަލާފައިވާ ފީފާގެ ލިޔުމެއްގައިވާ ގޮތުން، 2027 އިން 2030 އަށް ހިނގާ ހަތަރު އަހަރުގެ ދައުރުގެ ތެރޭގައި ފުޓްބޯޅަ ކުރިއެރުވުމަށްޓަކައި ޖުމްލަ 6.35 ބިލިއަން ޑޮލަރުގެ ފަންޑެއް މެންބަރު ގައުމުތަކަށް ދިނުމަށް ފީފާއިން ވަނީ ހުށަހަޅާފައެވެ. ކުރިން ނިންމާފައި އޮތީ މި މުއްދަތުގައި ކޮންމެ ގައުމަކަށް 10 މިލިއަން ޑޮލަރު ދިނުމަށެވެ. ނަމަވެސް، މި ހުށަހެޅުމާއެކު އެ އަދަދު ވަނީ 25 މިލިއަން ޑޮލަރަށް ބޮޑުކުރަން ނިންމާފައެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހުގެ ތާރީޚު ޖަހާފައިވާ މި ލިޔުމުގައި ފީފާއިން ބަޔާންކޮށްފައިވާ ގޮތުގައި، 48 ޓީމު ވާދަކުރާ ގޮތަށް ބަދަލުކުރެވުނު ވޯލްޑް ކަޕުން ލިބުނު ބޮޑު ވިޔަފާރީގެ ކާމިޔާބީގެ ސަބަބުން، އެ އިދާރާގެ ރިޒާވުން 3.5 ބިލިއަނަށް ވުރެ ގިނަ ޑޮލަރު މެންބަރު 211 އެސޯސިއޭޝަނަށާއި، ކޮންފެޑެރޭޝަންތަކަށް ބެހުމަށް ވަނީ ކަނޑައަޅާފައެވެ. މީގެއިތުރުން ދުނިޔޭގެ ހަ ބައްރުގެ ކޮންފެޑެރޭޝަންތަކުގެ ތެރެއިން ކޮންމެ ކޮންފެޑެރޭޝަނަކަށް 99 މިލިއަން ޑޮލަރު ދިނުމަށް ވެސް މި ޕްލޭނުގައި ހިމަނާފައިވެއެވެ.

ފީފާއިން ބުނެފައިވަނީ، މި ހުށަހެޅުން ފާސްވެއްޖެނަމަ، މިއީ ކުރިން ކަނޑައަޅާފައިވާ ބަޖެޓަށް ވުރެ ދެގުނަ ބޮޑު އަދަދަކަށް ވާނެ ކަމަށާއި، މީގެ މައިގަނޑު ބޭނުމަކީ އަންހެނުންގެ ފުޓްބޯޅައާއި ޒުވާނުންގެ ފުޓްބޯޅަ ތަރައްޤީކުރުމަށް އިންވެސްޓްކުރުން ކަމަށެވެ.

2027 އިން 2030 އަށް ފުޓްބޯޅަ ތަރައްޤީކުރުމަށް ދޭ ފަންޑު އިތުރުކުރުމަށް ފީފާއިން އެކުލަވާލާފައިވާ މަޝްރޫޢާ ބެހޭގޮތުން، އެ އިދާރާގެ އެންމެ މަތީ ނިންމުންތައް ނިންމާ މަޖިލިސް ކަމަށްވާ ފީފާ ކައުންސިލުން މިއަދު މަޝްވަރާކުރާނެއެވެ. މި ހުށަހެޅުން ފާސްވެއްޖެނަމަ، ކަމާބެހޭ ފަރާތްތަކާއެކު ބާއްވާ މަޝްވަރާތަކަށްފަހު، އަންނަ ޑިސެމްބަރު މަހު ފީފާ ކައުންސިލުން މި ފައިނަލައިޒް ކުރާނެއެވެ. އަދި މި ނިންމުން އެންމެ ފަހުން ތަޞްދީޤުކުރާނީ އަންނަ މާރިޗު މަހު ބާއްވާ ފީފާ ކޮންގްރެސްގައެވެ.

ފީފާއިން މިފަދަ ބޮޑު މާލީ އިނާޔަތެއް ހުށަހަޅާފައި މިވަނީ، އެ އިދާރާގެ ރައީސް ޖިއާނީ އިންފަންޓީނޯ މަގާމުން ދުރުކުރުމަށް ޔޫރަޕްގެ ފުޓްބޯޅަ އިސްވެރިން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ. 2016 ވަނަ އަހަރުން ފެށިގެން ފީފާގެ ރައީސްކަން ކުރައްވަމުން ގެންދަވާ އިންފަންޓީނޯ އަންނަ އަހަރު އޮންނަ އިންތިޚާބުގައި ވާދަކުރައްވަން ނިންމަވާފައިވާއިރު، 2026 ގެ ވޯލްޑް ކަޕް އިންތިޒާމުކުރާ ކުންފުނީގެ އަތުން އޭނާ 1.7 މިލިއަން ޑޮލަރުގެ ފައިސާ ނަންގަވާފައިވާ ކަމުގެ އަޑުތަކެއް ވެސް ދާދިފަހުން ވަނީ ފެންމަތިވެފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޕީއެސްޖީއަތުން މެންޗެސްޓަރ ސިޓީ ބަލިވެއްޖެ
15 Oct 2026 ކުޅިވަރު

ޕީއެސްޖީއަތުން މެންޗެސްޓަރ ސިޓީ ބަލިވެއްޖެ

މިމެޗްގައި ޕީއެސްޖީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު އެޓީމުން ވަނީ ފުރަތަމަ ހާފްގައި ތިން ލަނޑު ޖަހާފައެވެ

ފަހުވަގުތު ޖެހި ލަނޑުތަކާއެކު، ރެއާލް މެޑްރިޑުން ރޯމާ ބަލިކޮށްފި
15 Oct 2026 ކުޅިވަރު

ފަހުވަގުތު ޖެހި ލަނޑުތަކާއެކު، ރެއާލް މެޑްރިޑުން ރޯމާ ބަލިކޮށްފި

މެޗްގައި މޮރީނިއޯ ގެނައި ބަދަލުތަކާއެކު ދެން ފެނިގެންދިޔައީ މެޗްގެ އޮއިވަރު ބަދަލުވެގެން ދިޔަ ތަނެވެ. އެގޮތުން 83 ވަނަ މިނެޓުގައި ކާލޯސް އެސްޕީ ރެއާލްގެ ދެވަނަ ލަނޑު ޖަހައި އުއްމީދު އާކޮށްދިންއިރު، އޭގެ ދެ މިނެޓު ފަހުން ބަދަލު ކުޅުންތެރިޔާ އެންޑްރިކް ވަނީ ބޮލުން ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ.

ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
11 Sep 2026 ހަބަރު

ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެ...

އިންފަންޓީނޯގެ ޕްލޭނަށް ފާޑުކިޔައިގެން ފީފާގެ އިސް އޮފިޝަލަކު މަގާމުން ވަކިކޮށްފި
18 Aug 2026 ކުޅިވަރު

އިންފަންޓީނޯގެ ޕްލޭނަށް ފާޑުކިޔައިގެން ފީފާގެ އިސް އޮފިޝަލަކު މަގާމުން ވަކިކޮށްފި

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯގެ ވިޔަފާރި ޕްލޭނަށް ފާޅުކަން ބޮޑު ގޮތެއްގައި ފާޑުކިޔައިގެން އެ އިދާރާގެ ޗީފް އޮޕަރޭޓިން އޮފިސަރު ކެވިން ލަމޫރާ މަގާމުން ވަކިކޮށްފިއެވެ. މިކަމާ ގުޅޭގޮތުން ފީފާގެ ސެކްރ...