އިންފަންޓީނޯ-
އިންފަންޓީނޯ-
ކުޅިވަރު 25 Oct 2026 | 04:50

ދުނިޔޭގެ ފުޓުބޯޅައިގެ ބޮޑު އަޣުލަބިއްޔަތެއްގެ ތާއީދު އަހަރެންނަށް އެބައޮތް: އިންފަންޓީނޯ

ދުނިޔޭގެ ފުޓުބޯޅައިގެ "ބޮޑު އަޣުލަބިއްޔަތެއްގެ" ތާއީދު އެބައޮތް ކަމަށް ވިދާޅުވެ، މަގާމުން އިސްތިއުފާ ދެއްވުމަށް ކުރިމަތިވަމުންދާ ޕްރެޝަރުތަކަށް ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) ގެ ރައީސް ޖިއާނީ އިންފަންޓީނޯ ރައްދުދީފިއެވެ.

އަޒަރުބައިޖާންގައި މިހާރު ކުރިއަށްދާ 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ތެރެއިން ބީބީސީ ސްޕޯޓްސްއަށް ދިން ޚާއްސަ އިންޓަވިއުއެއްގައި އިންފަންޓީނޯ ވަނީ، ވޯލްޑް ކަޕްގެ ބައެއް ވިޔަފާރި ޝެއާތަކެއް ވިއްކާލުމާ ގުޅޭގޮތުން އުފެދުނު މައްސަލައިގައި އޭނާ އިސްތިއުފާ ދޭން ވިސްނަވާތޯ ކުރެވުނު ސުވާލަށް ޖޯކު ޖަހައި ހޭންފަށާފައެވެ.

މީގެ ދެ މަސް ކުރިން، "ފީފާ ފޯވާޑް އެންޓަޕްރައިޒް" (އެފްއެފްއީ) ގެ ނަމުގައި ޕްރައިވެޓް އިންވެސްޓްމަންޓް ފާމަކަށް ވިޔަފާރި ޝެއާތަކެއް ވިއްކާލަން އުޅުނު މައްސަލައިގައި ޔޫރަޕްގެ ޔުއެފާ އާއި އޭޝިއާ އަދި އުތުރު އެމެރިކާގެ ފުޓުބޯޅަ އިދާރާތަކުން ވަނީ އިންފަންޓީނޯއާ ދެކޮޅަށް ސިޓީއެއް ފޮނުވައި، އޭނާ އިތުބާރު ގެއްލުވާލާފައިވާ ކަމަށް ތުހުމަތުކޮށްފައެވެ. އަދި އޭނާ މަގާމުން ދުރުވުމަށް ވެސް އެ ފަރާތްތަކުން ގޮވާލިއެވެ. ނަމަވެސް އެ ޕްލޭން ފަހުން ވަނީ ކެންސަލް ކޮށްފައެވެ.

އިންޓަވިއުގައި ވާހަކަދައްކަމުން އިންފަންޓީނޯ ބުނީ، ޚިޔާލު ތަފާތުވުމަކީ ގޯސް ކަމެއް ނޫން ކަމަށާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮންމެ ދުވަހަކު ވެސް ޚިޔާލު ތަފާތުވުންތައް ފެންނަ ކަމަށެވެ. މުހިންމީ އެކަންކަމަށް ފަހު ކުރިއަށް ދިއުން ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑަކީ ދުނިޔޭގެ 211 މެންބަރު އެސޯސިއޭޝަނުން އިންތިޚާބު ކޮށްފައި ހުރި މީހެއް. ޑިމޮކްރަސީއަށް އިހުތިރާމް ކުރާނަމަ، އަދި ކޮންމެ ގައުމަކަށް ވެސް ހަމަހަމަ ވޯޓަކާއި އަޑެއް އޮންނަންވާނެ ކަމަށް ގަބޫލުކުރާނަމަ، އަޅުގަނޑުމެން ޖެހޭނެ ބޮޑު އަޣުލަބިއްޔަތުގެ އަޑު އަހަން،" އިންފަންޓީނޯ ބުންޏެވެ.

އޭނާ އިތުރަށް ބުނީ، ދާދިފަހުން ޖަޕާނަށް ކުރި ދަތުރުގައި އޭޝިއާގެ ފުޓުބޯޅަ ކޮންފެޑެރޭޝަނުން އޭނާއަށް ފުރިހަމަ ތާއީދު ދީފައިވާ ކަމަށާއި، ކޭޕް ވާޑޭއަށް ކުރި ޒިޔާރަތުގައި އެފްރިކާގެ ހުރިހާ ގައުމަކުން ވެސް އޭނާއަށް ތާއީދު އޮތްކަން ހާމަކޮށްފައިވާ ކަމަށެވެ. މީގެއިތުރުން ފުޓުބޯޅަ ތަރައްގީ ކުރުމަށް ދޭ ފައިސާގެ އެހީ 3.4 ބިލިއަން ޑޮލަރަށް އިތުރުކުރުމަށް ވެސް އޭނާ ވަނީ ހުށަހަޅާފައެވެ.

އެފްއެފްއީއާ ގުޅިގެން މައުލޫމާތު ބަދަލުކުރުމުގައި ދިމާވި މައްސަލަތަކަށް އޭނާ ވަނީ ފީފާ ކައުންސިލްގައި މަޢާފަށް އެދިފައެވެ. އަދި ފީފާއިން ކަންކަން އެންމެ ފުރިހަމައަށް ކުރަން މަސައްކަތް ކުރި ނަމަވެސް، "ބައެއް ކަންކަން އެންމެ ރަނގަޅު ނޫން ގޮތަށް" ހިނގާފައި ހުރެދާނެ ކަމަށް އޭނާ އެއްބަސްވިއެވެ. ނަމަވެސް، ޔުއެފާއިން އެދިފައިވާ މުހިންމު ލިޔެކިޔުންތައް ދިނުމުގައި ގާނޫނީ އިމުގެ ތެރެއިން މަސައްކަތް ކުރަމުންދާ ކަމަށް ބުނެ، ސީދާ ތާރީޚެއް ދޭން އޭނާ ވަނީ ދެކޮޅު ހަދާފައެވެ.

އަންނަ އަހަރު ބާއްވާ ފީފާގެ އިންތިޚާބުގައި ހަތަރުވަނަ ދައުރަކަށް ކުރިމަތިލާނެ ކަމަށް ބެލެވޭ އިންފަންޓީނޯއާ ވާދަކުރުމަށް ކެންޑިޑެސީ ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ މި މަހުގެ 18 އެވެ. މިހާތަނަށް އެއްވެސް ފަރާތަކުން އޭނާއާ ދެކޮޅަށް ނުކުންނަން ނިންމާފައި ނުވާތީ، އޭނާ މި މަގާމަށް އިންތިޚާބު ވާނީ ވާދަވެރިއަކާ ނުލައި ކަމަށް ބެލެވެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީޓީމް ރާއްޖޭގައި ކޭމްޕް ކުރަނީ
24 Oct 2026 ކުޅިވަރު

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީޓީމް ރާއްޖޭގައި ކޭމްޕް ކުރަނީ

މި ތަމްރީނު ކޭމްޕްގައި ފަލަސްތީނު ޓީމު ގާއިމުވެ ތިބުމަށް ހަމަޖެހިފައިވަނީ ކ. ގުރައިދޫގައެވެ.

ފީފާ ފެސްޓިވަލްގައި ޒުވާން ޓީމް މިއަދު ނިކުންނާނީ ދެކުނު އެފްރިކާ އާ ދެކޮޅަށްެ
24 Oct 2026 ކުޅިވަރު

ފީފާ ފެސްޓިވަލްގައި ޒުވާން ޓީމް މިއަދު ނިކުންނާނީ ދެކުނު އެފްރިކާ އާ ދެކޮޅަށްެ

މިއީ މި ފެސްޓިވަލްގައި ރާއްޖެ ވާދަކުރާ ފުރަތަމަ މެޗެވެ. މި ފެސްޓިވަލްގައި ދެކުނު އެފްރިކާގެ އިތުރުން ރާއްޖެ ހިމެނޭ ގްރޫޕްގައި ވަރުގަދަ ޓީމްތައް ހިމެނެއެވެ. އޭގެ ތެރޭގައި ފްރާންސް، އެސްޓޯނިއާ އަދި ކޮސޯވޯ ހިމެނެއެވެ.

ފީފާއިން ރާއްޖެ ހިމެނޭހެން މެންބަރު ކޮންމެ ގައުމަކަށް 25 މިލިއަން ޑޮލަރު ދޭނެ: ރިޕޯޓް
15 Oct 2026 ކުޅިވަރު

ފީފާއިން ރާއްޖެ ހިމެނޭހެން މެންބަރު ކޮންމެ ގައުމަކަށް 25 މިލިއަން ޑޮލަރު ދޭނެ: ރިޕޯޓް

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ )ފީފާ( ގެ މެންބަރު ކޮންމެ ގައުމަކަށް، ފުޓްބޯޅަ ތަރައްޤީކުރުމަށްޓަކައި 25 މިލިއަން އެމެރިކާ ޑޮލަރު ދިނުމަށް އެ އިދާރާއިން ހުށަހަޅާފައިވާ ހުށަހެޅުން ފާސް ކުރުމަށް މިއަދު ވޯޓުލާން ނިންމައިފިއެވެ.

ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
11 Sep 2026 ހަބަރު

ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެ...

އިންފަންޓީނޯގެ ޕްލޭނަށް ފާޑުކިޔައިގެން ފީފާގެ އިސް އޮފިޝަލަކު މަގާމުން ވަކިކޮށްފި
18 Aug 2026 ކުޅިވަރު

އިންފަންޓީނޯގެ ޕްލޭނަށް ފާޑުކިޔައިގެން ފީފާގެ އިސް އޮފިޝަލަކު މަގާމުން ވަކިކޮށްފި

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯގެ ވިޔަފާރި ޕްލޭނަށް ފާޅުކަން ބޮޑު ގޮތެއްގައި ފާޑުކިޔައިގެން އެ އިދާރާގެ ޗީފް އޮޕަރޭޓިން އޮފިސަރު ކެވިން ލަމޫރާ މަގާމުން ވަކިކޮށްފިއެވެ. މިކަމާ ގުޅޭގޮތުން ފީފާގެ ސެކްރ...