ހޯރަފުށި ކައުންސިލްގެ ފުރަތަމަ އަންހެން އަދި ފިރިހެން ފައިގަތަޅާ މުބާރާތް ނިންމާލައިފި!
ހޯރަފުށި ކައުންސިލްގެ ފުރަތަމަ އަންހެން އަދި ފިރިހެން ފައިގަތަޅާ މުބާރާތް ކާމިޔާބު ކަމާއިއެކު ނިންމާލައިފިއެވެ.
ހޯރަފުށި ކައުންސިލް އިން އިސްނަގައިގެން ރަށުގެ ކުލަބްޖަމިއްޔާތަކާއި އޮފީސް ތައް ގުޅިގެން ބޭއްވި ފުރަތަމަ ފައިގަތާ މުބާރާތުގައި ޖުމްލަ ފިރިހެން 7 ޓީމް އަދި އަންހެން 3 ޓީމް ބައިވެރިވެފައިވެއެވެ.

މި މުބާރާތުގެ އަންހެން ބައިގެ ޗެމްޕިއަންކަން ހޯދާފައި ވަނީ 'ޓީމް ޕޮލިސް' އިންނެވެ. އަދި ފިރިހެން ބައިގެ ޗެމްޕިއަންކަން ހޯދު 'ލަޔަންސް' އިންނެވެ.

މުބާރާތުގެ ފިރިހެން އަދި އަންހެންބައިގެ ޗެމްޕިއަން ޓީމަށް -/5000 ރުފިޔާގެ ފައިސާގެ އިނާމް ދީފައިވާއިރު، ރަނައަޕްއަށް ޓީމަށް -/2000 ދީފައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް