ހޯރަފުށީ ފަރުމައްޗަށް ބޮޑުމަހެއް ލައްގައިފި
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ހއ.ހޯރަފުށީ ފަރުމައްޗަށް ބޮޑު މަހެއް ލައްގައިފިއެވެ.
މި ބޮޑުމަސް ލައްގާފައިވަނީ ހޯރަފުށީ ހުލަނގުފަރާތު މަރުމައްޗަށެވެ. މިކަމާ ގުޅޭގޮތުން ހޯރަފުށި ކައުންސިލުން ބުނީ ލެއްގި ބޮޑުމަސް އެ ސަރަހައްދުން ނެގުމަށްފަހު އަތިރިމަތީގައި ވަޅުލާފައިވާކަމަށެވެ. އެ މަސް ވަޅުލާފައިވަނީ ކައުންސިލާއި، ހޯރަފުށީ ޕޮލިސް، އެމް.އެން.ޑީ.އެފް ނޮދަން އޭރިއާ ކޮމާންޑްގެ އިތުރުން އެމް.ޓީ.ސީ.ސީ ހޯރަފުށީ ސައިޓްގެ އެހީތެރިކަމާއެކުގައެވެ.

ކައުންސިލުން ބުނީ އެމަހުގެ ބޮޑުމިނުގައި 30 ފޫޓް ހުރިކަމަށެވެ. ލެއްގިއިރުވެސް އެ މަސްއޮތީ ވަރަށްބޮޑަށް ކުނިވެ ހަލާކުވެފައެވެ. ދޭތެރެއަކުން ރާއްޖޭގެ ރަށްތަކަށް މަރުވެފައިހުންނަ ބޮޑުމަސް ލައްގައެވެ. މިގޮތަށް ލެއްގުމުން ބައެއްފަހަރު ކަނޑަށް ބޭރުކުރާއިރު، އަނެއްބައިފަހަރަށް އެއްގަމުގައި އެ ވަޅުލައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް