ރައީސް ޔާމީންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނުން ސުޕްރީމް ކޯޓަށް މާދަން ޖަވާބުދާރީވާން އަންގައިފި
ސުޕްރީމް ކޯޓަށް ލާފައިވާ ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑޭސީއާ ގުޅޭ މައްސަލައިގައި ސުޕްރީމް ކޯޓަށް ޖަވާބުދާރީވުމަށް އެކޯޓުން އިލެކްޝަންސް ކޮމިޝަނަށް އަންގައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން މިރޭ ބުނީ މާދަމާ މެންދުރުފަހު ތިނެއް ޖެހުމުގެ ކުރިން ޖަވާބުދާރީވުމަށް އަންގާފައިވާތީ، ޖަވާބު ފޯމުން އެކޮމިޝަނުން ސުޕްރީމް ކޯޓަށް ޖަވާބު ފޮނުވާނެ ކަމަށެވެ.
މަނީލޯންޑަރިންގެ ކުށްސާބިތުވާކަމަށް ދަށު ކޯޓުން ނިންމައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް އަބްދުﷲ ޔާމީން މިއަހަރު ރިޔާސީ އިންތިޚާބަށް ކުރިމަތި ލެއްވުމަށް މި އޯގަސްޓްމަހުގެ އެއްވަނަ ދުވަހު ފޯމު ހުށަހެޅުއްވުމުން އެދުވަހު އިލެކްޝަން ކޮމިޝަނުން ނިންމީ އިންތިޚާބަށް ކުރިމަތިލުމަށް ކަނޑައެޅިފައިވާ ޝަރުތު އެމަނިކުފާނުގެ ފުރިހަމަ ނުވާކަމަށެވެ.
އެމައްސަލަ ޕީޕީއެމުން ސުޕްރީމް ކޯޓަށް ހުށަހެޅީ މިއަދު ފަތިހުގެ ވަގުތެއްގައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް