ފޮޓޯ: އޭބީސީ
ފޮޓޯ: އޭބީސީ
ދުނިޔެ 01 Sep 2022 | 22:20

އަފްގާނިސްތާނުގައި 6 މިލިއަން މީހުން ބަނޑަށް ޖެހިދާނެ ކަމުގެ އިންޒާރު އ.ދ. އިން ދީފި

އަފްގާނިސްތާނުގައި 6 މިލިއަން މީހުން ބަނޑަށް ޖެހިދާނެ ކަމުގެ އިންޒާރު އ.ދ. އިން ދީފިއެވެ.

އ.ދ. ގެ އިންސާނިއްޔަތުކަމާއި ބެހޭ ބައިގެ ވެރިޔާ މާޓިން ގްރިފިތު ވިދާޅުވެފައިވާ ގޮތުގައި މިދިޔަ އަހަރު ތާލިބާނުން އަފްގާނިސަތާނުގެ އެމީހުންގެ ކޮންޓްރޯލުގެ ދަށަށް ގެނައި ފަހުން އެ ގައުމުގެ ހާލަތު ދަނީ އިތުރަށް ގޯސްވަމުންނެވެ. އެގޮތުން އިންސާނީ ހައްގުތަކުން މަހްރޫމު ވުމާއި، މާލީ ދަތިތަކާއި، މޫސުމީ ގޮތުން ކުރިމަތިވަމުން އަންނަ ކާރިސާތަކުގެ ސަބަބުން އެ ގައުމަށް ލިބެމުން އަންނަ ގެއްލުންތައް އިހުނައްވުރެ ބޮޑުވަމުން އަންނަ ކަން ގްރިފިތު ވަނީ ފާހަގަ ކުރައްވާފައެވެ.

މީގެ އިތުރުން ކުރިއަށް އޮތް ފިނިމޫސުމުގެ މަސްތަކުގައި ކުރިމަތިވާނެ މޫސުމީ ގެއްލުންތަކުން އަފްގާނިސްތާނުގެ ރައްޔިތުން ސަލާމަތް ކުރުމަށް އެ ގައުމަށް 700 މިލިއަން އެމެރިކާ ޑޮލަރުގެ އެހީ ބޭނުންވާ ކަމަށްވެސް ގްރިފިތު ވަނީ ބުނެފައެވެ.

"ފަގީރުކަން އިތުރުވަމުންދާއިރު، އާބާދީ ވެސް ދަނީ އިތުރުވަމުން، އަފްގާނިސްތާނުގެ އިދާރާތަކުން ކުރިމަގަށް އިންވެސްޓް ކުރާނެ ބަޖެޓެއް ނެތް، ތަރައްގީއަށް އެހީތެރިކަން ވަނީ ބޭނުންވެފައި" ގްރިފިތު ވިދާޅުވެފައިވެއެވެ.

ތާލިބާނުން އަފްގާނިސްތާނުގެ ކޮންޓްރޯލް ނެގި ފަހުން އެ ގައުމުގެ 39 މިލިއަން އާބާދީގެ ދެބައިކުޅަ އެއްބައި މީހުންވަނީ އިންސާނީ އެހީއަށް ބޭނުންވެފައެވެ. ހަ މިލިއަން މީހުން ވަނީ ބަނޑަށް ޖެހުމާއި ގާތަށް ގޮސްފައެވެ. މިލިއަނަކަށްވުރެ ގިނަ ކުޑަކުދިންވަނީ އެކަށީގެންވާ ނިއުޓްރިޝަން ނުލިބުމުގެ ސަބަބުން މަރާއި ހަނގުރާމަ ކުރަން ޖެހިފައެވެ. ނަމަވެސް މިހާތަނަށް ތާލިބާނުން ގާއިމުކުރި ސަރުކާރުން ބޭރުގެ އެއްވެސް ގައުމަކާއި ގުޅުން ބަދަހިކުރުމުގެ މަސައްކަތް ކޮށްފައެއް ނުވެއެވެ.

ގިނަ ގައުމު ތަކުން އަފްގާނިސްތާނަށް އެހީވުމަށް ދެކޮޅު ހަދާ މައިގަނޑު ސަބަބަކީ ޓެރަރިސްޓް ޖަމާއަތެއް ކަމުގައި ދެކޭ ތާލިބާނުން އެ ގައުމުގައި ވެރިކަމެއް ގާއިމުކުރުމެވެ. އެމެރިކާއިން އ.ދ. އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވެސް ވަނީ މިމައްސަލައިގައި އެކަން ފާހަގަ ކުރައްވާފައެވެ. އެގޮތުން ޓެރަރިޒަމާއި ދެކޮޅަށް މަސައްކަތްކުރާ އެއްވެސް ގައުމަކުން ނުވަތަ ޖަމާއަތަކުން ތާލިބާނުންނަށް މިލިއަނުން އެހީ ހަވާލުކުރުމާއި ދެކޮޅު ހަދާނެ ކަމަށެ އެބޭފުޅާ ވަނީ ވިދާޅުވެފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި
03 Nov 2026 ދުނިޔެ

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި

ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ އެކްސްގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ފެންނަ ގޮތުން، އެ މީހާގެ ޕާސްޕޯޓުގެ ގިނަ ސޮފުހާތަކުގައި ހުރީ އެކި މީހުންގެ ފޯނު ނަންބަރުތަކާއި ނަންތައް ނޯޓުކޮށް، ރައްކާކޮށްފައެވެ.

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު
03 Nov 2026 ދުނިޔެ

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު

މިދިޔަ އާދިއްތަ ދުވަހު ވެރިރަށް ޑާކާގައި ފެށި މި މުޒާހަރާތައް ވަނީ ބޮޑެތި ހަމަނުޖެހުންތަކަކަށް ބަދަލުވެފައެވެ. އެގޮތުން މުޒާހަރާގެ ބައިވެރިން މަގުތައް ބަންދުކޮށް، ބައެއް ފެކްޓްރީތަކަށް ގެއްލުންދީ، އުޅަނދުފަހަރުގައި ހުޅުޖަހާފައިވެއެވެ. މި ހަމަނުޖެހުންތައް ކޮންޓްރޯލްކޮށް، މުޒާހަރާގެ ބައިވެރިން ރޫޅާލުމަށް ފުލުހުން ވަނީ ކަރުނަގޭސް ބޭނުންކޮށްފައެވެ. ޑާކާ ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރު މުހިދުލް އިސްލާމް ވިދާޅުވި ގޮތުގައި، ހޯމަ ދުވަހާ ހަމައަށް މަދުވެގެން 29 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި ގާމެންޓް ސިނާއަތުގައި ގަސްދުގައި ނުތަނަވަސްކަން އުފައްދަން އުޅޭ ފަރާތްތަކާ މެދު ގާނޫނީ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.