ގާސިމް އިބްރާހިމް ލައިފްޓައިމް އެޗީވްމަންޓު އެވޯޑު ބައްލަވައިގަތުން
ގާސިމް އިބްރާހިމް ލައިފްޓައިމް އެޗީވްމަންޓު އެވޯޑު ބައްލަވައިގަތުން
ވިޔަފާރި 02 Oct 2022 | 04:51

ވިލާ އެއަރ އަށް 11 އަހަރު ފުރުން ފާހަގަކޮށްފި

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމްގެ ވިލާ އެއަރ އަށް 11 އަހަރު ފުރުން ފާހަގަކޮށްފިއެވެ.

ވިލާ އެއަރ ގެ އަހަރީ ދުވަސް ފާހަގަކުރުމަށް ރޭ ވަނީ ކުލަގަދަ ރަސްމިއްޔާތެއް ވިލާ ކޮލިޖުގައި ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ކުންފުންޏަށް ގިނަ ދުވަސްތަކެއްވަންދެން ޚިދުމަތް ކުރައްވާފައިވާ ފަރާތްތަކުގެ އަގުވަޒަންކޮށް ހަނދާނީ ލިޔުން ވަނީ ހަވާލުކޮށްފައެވެ.

އެގޮތުން ވިލާ ކުންފުންޏަށް 5 އަހަރާއި 10 އަހަރާއި ދޭތެރޭ ޚިދުމަތް ކުރައްވާފައިވާ ފަރާތްތަކާއި 10 އަހަރަށްވުރެ ގިނަ ދުވަސް ވަންދެން ޚިދުމަތް ކުރައްވާފައިވާ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ހަނދާނީ ލިޔުން ހަވާލުކޮށްފައިވެއެވެ.

ރާއްޖޭގައި އެންމެ ގިނަ ދުވަސްވީ ވައިގެ ދަތުރުފަތުރަށް ހާއްސަ ޕްރައިވެޓް ކުންފުނި ވިލާ އެއަރގެ ދަށުން "ފްލައި މީ"ގެ ނަމުގައި އެއާލައިނެއް އުފައްދާ ހިންގަން ފެށީ 2011 ވަނަ އަހަރުއެވެ. ވިލާ އެއަރގެ 11 އަހަރުވީ މާޒީގައި ރާއްޖޭގެ ދެ އެއާޕޯޓެއް ހިންގާފައިވެއެވެ. އެއީ މާމިގިލީ އިންޓަނޭޝަނަލް އެއާޕޯޓާއި ގދ. ކާޑެއްދޫ އެއާޕޯޓެވެ.

ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމުގެ ޒައާމަތުގައި ވިލާ ކުންފުނީގެ ދަށުން ހިންގަމުން ދިޔަ ކާޑެއްދޫ އެއަރޕޯޓު ވަނީ ސަރުކާރަށް ބަދަލުކޮށްފައެވެ. ސަބަބެއްކަމަށް ބުނެފައިވަނީ ސިވިލް އޭވިއޭޝަންގެ ގަވައިދުތަކާއި މިންގަނޑުތަކާއި ޚިލާފަށް އެއަރޕޯޓު ހިންގަމުން ދިއުމެވެ. އަދި މާމިގިލީ އެއަރޕޯޓުވެސް ޑޮމެސްޓިކް އެއަރޕޯޓަކަށް އޭރު ބަދަލުކުރެވިގެން ދިޔައެވެ.

އެކަންކަމާއި ގުޅިގެން ގާސިމް ވިދާޅުވީ، ކުރީ ސަރުކާރުން އެފަދައިން އަމަލުކޮށްފައިވަނީ ސިޔާސީ ގޮތުން ފިއްތުންތައް ކުރިމަތިކުރުވުމަށްކަމަށެވެ.

އެހެން ނަމަވެސް ރައީސް ޔާމީންގެ ވެރިކަން ބަދަލުވެ، ގާސިމް ހިއްސާވާ ސަރުކާރެއް އުފެދުމާއެކު ކާޑެއްދޫ އެއަރޕޯޓު އަލުން ވިލާގެ ދަށަށް ބަދަލުކުރެވި މާމިނގިލީ އެއަރޕޯޓަށް އިންޓަނޭޝަނަލް އެއަރޕޯޓެއްގެ ދަރަޖަ ވަނީ ދީފައެވެ.

ވިލާ އެއަރ އަކީ އޭވިއޭޝަން ދާއިރާގައި ފާހަގަކޮށްލެވޭ އަމިއްލަ ކުންފުންޏެކެވެ. އެ ކުންފުނިން ރައްޔިތުންގެ އިތުބާރާއި ޔަގީންކަން ހޯދައިދިނުމަށް ކުންފުނީގެ މުވައްޒަފުން ކުރަމުން އަންނަ ބުރަ މަސައްކަތުގެ އަގުވަޒަންކުރާކަމަށް ކުންފުނިން ބުނެއެވެ. އަދި އެކަމަށްޓަަކައި މުވައްޒަފުންނަށް ޝުކުރު އަދާކުރާކަމަށް ވަނީ ބުނެފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާނެ މެންބަރުން އަލުން ކަނޑައަޅައިފި
15 Jun 2026 ހަބަރު

މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާނެ މެންބަރުން އަލުން ކަނޑައަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އެ މަޖިލީހުގެ ނައިބު ރައީސަށް ރިޔާސަތު ނުބެލެހެއްޓެވޭ ހާލަތުތަކުގައި, ރިޔާސަތު ބަލަހައްޓަވާނެ މެންބަރުން އަލުން ކަނޑައަޅައި އެ މެންބަރުންގެ ނަންތައް ތަރުތީބުކޮށް އިއުލ...

މާމިގިލީން ޖޭޕީގެ ބާރު ކެނޑި، ހަ ގޮނޑި ގެއްލިއްޖެ
05 Apr 2026 ހަބަރު

މާމިގިލީން ޖޭޕީގެ ބާރު ކެނޑި، ހަ ގޮނޑި ގެއްލިއްޖެ

އިއްޔެ ކުރިއަށްދިޔަ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި، ޖުމްހޫރީ ޕާޓީގެ ބޮޑު ތާއީދެއް އޮންނަ އދ. މާމިގިލީން އެ ޕާޓީއަށް ބޮޑު ނާކާމިޔާބީއަކާއި ކުރިމ...

500 މިލިއަން ޑޮލަރުގެ ސުކޫކް ދެއްކުން؛ ފެނިގެންދަނީ ޒިންމާތައް އަދާކުރުމުގެ ފުރިހަމަކަން: ގާސިމް
02 Apr 2026 ހަބަރު

500 މިލިއަން ޑޮލަރުގެ ސުކޫކް ދެއްކުން؛ ފެނިގެންދަނީ ޒިންމާތައް އަދާކުރުމުގެ ފުރިހަމަކަން: ގާސިމް

ބައި ބިލިއަން ޑޮލަރުގެ ސުކޫކްގެ އަގު އެއްފަހަރާ އަދާކުރުމުން ދޭހަވެގެންދަނީ، ދައުލަތުގެ ޒިންމާތައް އަދާކުރުމުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ސާބިތުކަމާއެކު ހުންނެވިކަން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ...

ޤާސިމް އިބްރާހިމް މޫސާ ޢަލީ ޖަލީލަށް ތާއިދުކުރައްވައިފި
26 Mar 2026 ހަބަރު

ޤާސިމް އިބްރާހިމް މޫސާ ޢަލީ ޖަލީލަށް ތާއިދުކުރައްވައިފި

މާލެ ސިޓީގެ މޭޔަރުކަމުގެ މަޤާމަށް ވާދަކުރައްވާ މޫސާ ޢަލީ ޖަލީލަށް ތާއީދުކުރައްވާކަން، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ވިލާ ގްރޫޕްގެ ޗެއަރމަން ޤާސިމް އިބްރާހީމް ރަސްމީކޮށް އިޢުލާން ކުރައްވައިފިއެވެ. ޤާސިމް...

ގާސިމް ފަރާތުން ބައިލައްކަ ލިބޭ ފުރުސަތެއް ކަމަށް ބުނެ ސްކޭމް މެސެޖެއް ދައުރުކުރަނީ، ސަމާލުވާން އެދިއްޖެ
15 Mar 2026 ހަބަރު

ގާސިމް ފަރާތުން ބައިލައްކަ ލިބޭ ފުރުސަތެއް ކަމަށް ބުނެ ސްކޭމް މެސެޖެއް ދައުރުކުރަނީ، ސަމާލުވާން އެދިއްޖެ

މި ރޯދަ މަހު ކޭޝް ސަޕޯޓް ގޮތުގައި ފަންސާސް ހާސް ރުފިޔާ ލިބޭ ފުރުސަތެއް ހުޅުވާލާފައިވާ ކަމަށް ބުނެ ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމްގެ ނަމުގައި ސްކޭމް މެެސެޖެއް ދައުރު ކުރަމުންދާތީ އެކަމަށް ސަމާލުވާން އ...

ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް: ގާސިމް
08 Mar 2026 ހަބަރު

ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް: ގާސިމް

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމަށް ޚާއްސަ މަޖިލީހުގެ ރައީސްކަން ކުރެއްވި އަދި މާމިގިލީ ދާއިރާގެ މިހާރުގެ މެނ...