މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާނެ މެންބަރުން އަލުން ކަނޑައަޅައިފި
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އެ މަޖިލީހުގެ ނައިބު ރައީސަށް ރިޔާސަތު ނުބެލެހެއްޓެވޭ ހާލަތުތަކުގައި, ރިޔާސަތު ބަލަހައްޓަވާނެ މެންބަރުން އަލުން ކަނޑައަޅައި އެ މެންބަރުންގެ ނަންތައް ތަރުތީބުކޮށް އިއުލާނު ކޮށްފި އެވެ.
މި ލިސްޓް އަލުން އެކުލާވާލީ ކުރީގެ ލިސްޓްގައި ހިމެނިވަޑައިގަންނަވާ އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް, މަޖިލީހުގެ ނާއިބު ރައީސް ކަމަށް އިންތިހާބު ކުރުމާއި ގުޅިގެންނެވެ.
މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތީން ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އެ މަޖިލީހުގެ ނައިބު ރައީސަށް ރިޔާސަތު ނުބެލެހެއްޓެވޭ ހާލަތުތަކުގައި, ރިޔާސަތު ބަލަހައްޓަވާނެ މެންބަރުން އަލުން ކަނޑައަޅައި އެ މެންބަރުންގެ ނަންތައް ތަރުތީބުކޮށް އިއުލާނުކުރަން ޖެހެ އެވެ. އެ ގޮތަށް ލިސްޓް އެކުލަވާލައްވަނީ މެންބަރުންގެ ހިދުމަތުގެ މުއްދަތަށް ބެއްލެވުމަށް ފަހު އެވެ.
އަލަށް އެކުލަވާލި ލިސްޓްގައި ކުރީގައި އޮތީ ދ. މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދެވެ. ދެން ހިމެނިވަޑައިގަންނަވަނީ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމާއި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާގެ އިތުރުން މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގާއި މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް