ބަންޑުން ޖަހާލި ބޯޓުގައި ތިބި އިންޑިއާގެ ހަ ފަޅުވެރިން މާލެ ގެނެސްފި
ސެޕްޓެންބަރު 28 ވަނަ ދުވަހު އިންޑިއާގެ ޓުޓްކޮރިންއިން ފުރައިގެން މާލެއަށް ދަތުރުކުރަނިކޮށް މޫސުމް ގޯސްވެ، ކ.ކާށިދޫގެ އިރުން 30 ނޯޓިކަލް މޭލް ބޭރުން ބަންޑުން ޖަހާލި ބޯޓުން ކަނޑުވި ހަ ފަޅުވެރިން ރޭ މާލެ ގެނެސްފިއެވެ.
މި މީހުން މާލެ ގެނެސްދީފައި ވަނީ އެ ބޯޓު އަޑިއަށް ދިޔަ ސަރަހައްދުން ދަތުރުކުރަމުންދިޔަ "އެމްވީ ބަރަދުވާޖް" ނަމަކަށް ކިޔާ ބޯޓުގައި ރޭ 23:45 ހާއިރުއެވެ.
އިންޑިޔާއަށް ނިސްބަތްވާ މި ހަ ފަޅުވެރިން މާލެ ގެނެވުނު އިރު އެންމެންގެ ހާލު ވެސް ރަނގަޅެވެ. ސަރުކާރުގެ ކަމާ ގުޅުން ހުރި އިދާރާތަކުން މި މީހުންނާ ގުޅުންހުރި ކަންކަން ހަމަޖެއްސުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
ޖުމުލަ ހަތް މީހުންނާއެކު ދަތުރުކުރި މި ބޯޓުން ގެއްލުނުކަމަށް ބެލެވޭ މީހާ ހޯދުމުގެ މަސައްކަތްކުރަމުން ދަނިކޮށް، އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ "ހަކުރާ" ލޯންޗަށް އެ މީހާ ފެނިފައިވަނީ އިއްޔެ 17:25 ހާއިރުއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް