ހެއްކާއި ބެހޭ ބިލާއި ދެކޮޅަށް ނޫސްވެރިން ކުރި އިހުތިޖާޖުގެ ތެރެއިން-- ފޮޓޯ: އަދަދު
ހެއްކާއި ބެހޭ ބިލާއި ދެކޮޅަށް ނޫސްވެރިން ކުރި އިހުތިޖާޖުގެ ތެރެއިން-- ފޮޓޯ: އަދަދު
ހަބަރު 02 Oct 2022 | 06:19

ހެއްކާއި ބެހޭ ބިލަށް ގެންނަ އިސްލާހު ރައީސް އޮފީހަށް ފޮނުވައިފި

މަސްދަރު ހާމަކުރުން ލާޒިމުކުރެވޭގޮތަށް ތަސްދީގުކޮށްފައިވާ ހެއްކާއި ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން އަލުން ހުށައަޅާ އިސްލާހުތައް ރައީސް އޮފީހަށް ފޮނުވައިފިއެވެ.

ހެއްކާއި ބެހޭ ބިލުގައި އޮތް ބައެއް މާއްދާތަކާއި ގުޅިގެން ނޫސްވެރިކަމުގެ ގާނޫނީ ހައްގަށް ހުރަސްއެޅޭކަން ފާހަގަކޮށް އެ ބިލު ތަސްދީގުކުރުން ފަސްކުރުމަށް ނޫސްވެރިން އެދިފައިވަނިކޮށް ޖުލައިމަހުގެ 18 ގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެ ބިލު ތަސްދީގު ކުރައްވާފައެވެ.

އެފަހުންވެސް ނޫސްވެރިންވަނީ އެ ގާނޫނާއި ގުޅިގެން ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކޮށްފައެވެ.

ނޫސްވެރިންގެ އެންމެ ބޮޑު ކަންބޮޑުމެއް އޮތީ ހެއްކާއި ބެހޭ ގާނޫނުގެ 136 ވަނަ މާއްދާ އެކުލަވާލާފައިވާ ގޮތާއި ގުޅިގެންނެވެ. އެ ޤާނޫނުގެ 136 ވަނަ މާއްދާގެ (ހ) ގައި ބުނެފައި އޮތީ މަސްދަރު ހާމަކުރުމުގެ ސަބަބުން، އެ މީހާ އަށް ނުވަތަ އެހެން ފަރާތަަކަށް ވެސް ވެދާނެ ގެއްލުމަށް ވުރެ، މަސްދަަރު ހާމަކުރުމުގެ އާއްމު މަސްލަހަތު ބޮޑުވާ ހާލަތުގައި މަސްދަރު ހާމަކުރަން މަޖުބޫރުކުރެވިދާނެ ކަމަށެވެ.

އެ ކަމާއި ކަންބޮޑުވުން ފާޅުކުރާ ނޫސްވެރިން ބުނަމުން ދަނީ އެއީ ނޫސްވެރިކަމުގެ ހައްގަށް ހުރަސްއެޅޭ، އަދި ހެކި ހިމާޔަތްކުރުމަށްވެސް ގޮންޖެހުންތަކާއި ކުރިމަތިވެގެންދާނެ ކަމެއް ކަމަށެވެ.

ނޫސްވެރިންގެ ހުރި ކަންބޮޑުވުންތަކާއެކު، އަލުން އެ ގާނޫނު އިސްލާހުކުރުމަށް މަޖިލީހަށް ފޮނުވުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް ބަންޑާރަނައިބުގެ އޮފީހުން މައުލޫމާތުދެއްވައެވެ.

ބަންޑާރަނައިބުގެ އޮފީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓާ ޙަސަން ޙުސައިން ވިދާޅުވެފައިވަނީ ރައީސް އޮފީހަށް އެ މާއްދާ އިސްލާހުކުރާ ބިލު ފޮނުވާފައިވަނީ ފާއިތުވި ބުރާސްފަތި ދުވަހުގައި ކަމަށެވެ.

ބިލަށް ގެންނަ ބައެއް އިސްލާހުތަކުގެ ތެރޭގައި މިހާރު މަސްދަރު ހާމަކުރުން ލާޒިމުކުރާ ޙާލަތްތައް ކަމުގައި ބަޔާންކޮށްފައިވާ، ޤައުމީ ސަލާމަތާ ގުޅުންހުރި ކުށްތަކާއި، ޓެރަރިޒަމްގެ ކުށްތައް ބިލުގައި އިތުރަށް ސާފުވާނެ ފަދައިން ޤާނޫނުގައި މާނަކޮށްދިނުން ހިމެނޭކަމަށް ބަންޑާރަނައިބުގެ އޮފީހުން ވަނީ ބުނެފައެވެ.

އޭގެ އިތުރުން ނޫސްވެރިންގެ މަސްދަރު ހާމަކުރުން ލާޒިމުކުރެވޭނީ ޕްރޮސެކިއުޓާ ޖެނެރަލް ހުށަހަޅުއްވައިގެން، ހައިކޯޓުން ކުރާ އަމުރަކުން ކަމުގައި ކަނޑައެޅުމާއި އެފަދަ އަމުރެއް ނެރުމުގައި ކޯޓުން ރިއާޔަތްކޮށް ބަލަންޖެހޭ ކަންކަން ޤާނޫނުގައި ކަނޑައަޅައި ބަޔާންކުރުމަކީވެސް އިސްލާހުގެ ބައެއްކަމަށް އޭޖީ އޮފީހުން ވަނީ ބުނެފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި
02 Nov 2026 ހަބަރު

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި

މި މައްސަލައާ ގުޅިގެން ކޯޓުން ނެރުނު އަމުރުގައި ވާގޮތުން، މި ރަށްތައް ވިއްކާލުމުގެ ހުއްދަ ބޭންކަށް ލިބިގެންދަނީ ކުރިން ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީއެވެ.

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި
02 Nov 2026 ހަބަރު

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި، ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ފޯން ކޯލް ރެކޯޑިންތައް ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފިއެވެ.

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ
02 Nov 2026 ހަބަރު

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ

ދިރާގުގެ ކުރީގެ ޗެއާމަން އަދި ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު ރިލްވާން ޝަރީފް މިއަދު އަވަހާރަވެއްޖެއެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 72 އަހަރެވެ. ރިލްވާން އަވަހާރަވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި
02 Nov 2026 ހަބަރު

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި

ނުކުޅެދުންތެރިކަމެއް ނުވަތަ ނަފުސާނީ މައްސަލައެއްގެ ސަބަބުން ސްކޫލަކަށް ގޮސް ކިޔަވަން އުޒުރުވެރިވާ ދަރިވަރުން ގޭގައި ތިބެގެން ތަޢުލީމް ހާސިލް ކުރެވޭނެ މަގުފަހިކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހެޅުއްވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް އެވެ.

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ
02 Nov 2026 ހަބަރު

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ

ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޙަރަކާތްތަކާ ގުޅިގެން، މާލޭގެ ބައެއް މަގުތަކާއި ކަނޑުގެ ސަރަޙައްދު ވަގުތީގޮތުން ބަންދުކޮށް، ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން
02 Nov 2026 ހަބަރު

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި ފިރިހެނަކާއި އަންހެނަކު ހައްޔަރުކޮށް، އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން މުއްދަތު ޖަހައިފިއެވެ.

ފީވަކު ނަރުދަމާ މަރާމާތުކުރަން ސްޓެލްކޯއާ ހަވާލުކޮށްފި
02 Nov 2026 ހަބަރު

ފީވަކު ނަރުދަމާ މަރާމާތުކުރަން ސްޓެލްކޯއާ ހަވާލުކޮށްފި

މަޝްރޫއުގެ ޖުމްލަ އަގަކީ 3،822،120.00 (ތިން މިލިއަން އަށް ލައްކަ ބާވީސް ހާސް އެއްސަތޭކަ ވިހި ރުފިޔާ) ދިވެހި ރުފިޔާއެވެ. އަދި މި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ ސޮއިކުރާ ތާރީޚުން ފެށިގެން 60 ދުވަސް ތެރޭގައެވެ.

ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް ފަށައިފި
02 Nov 2026 ހަބަރު

ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް ފަށައިފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް މާލޭގައި ރަސްމީކޮށް ފަށައިފިއެވެ.