އީލޮން މަސްކް
އީލޮން މަސްކް
ދުނިޔެ 02 Nov 2022 | 06:41

ޓުވީޓާ ވެރިފައިޑް އެކައުންޓް ތަކުން މަހަކު 8 ޑޮލަރު ނަގާނަން: މަސްކް

ޓުވިޓާ ބޭނުންކުރާ ފަރާތްތަކުގެ ތެރެއިން ވެރިފައިޑް އެކައުންޓުތައް ބޭނުންކުރާ ހުރިހާ ފަތާތެއްވެސް ފީ ގެ ގޮތުގައި މަހަކު 8 ޑޮލަރު ދައްކަންޖެހޭނެ ކަމަށް އެ ކުންފުނީގެ އާ ވެރިޔާ އީލޮން މަސްކް ބުނެފި އެވެ.

އާއްމުކޮށް ހައި ޕްރޮފައިލް ފަރާތްތަކުގެ އެކައުންޓް ވެރިފައިޑް ކޮށްފައިވާ ކަން އެންގުމަށްޓަކައި އިންނަ ނޫކުލައިގެ ހެޔޮ ފާހަގަ އަކީ މީގެ ކުރިން ހިލޭ ލިބޭ އެއްޗެކެވެ. އެހެން ނަމަވެސް ދުނިޔޭގެ އެންމެ މުއްސަނދި މަހުޖަނު ކަމުގައިވާ މަސްކް 44 ބިލިއަން ޑޮލަރަށް ޓުވިޓާ ގަތުމަށްފަހު މިވަނީ ވެރިފައިޑް އެކައުންޓުތަކުން 8 ޑޮލަރުގެ ފީއެއް ނަގާނެ ކަމަށް އިއުލާން ކޮށްފައެވެެ.

އެކަމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވަނިކޮށް އޭނާ ކުރި ޓްވީޓެއްގައި "ޝަކުވާކުރާ މީހުން ޝަކުވާކުރަންވީ" ކަމަށާއި އެކަމަކު ވެރިފައިޑް އެކައުންޓަކުން 8 ޑޮލަރުގެ ފީއެއް ނަގާނެ ކަަމަށާ، އަދި ބާރު ލިބޭނީ ވެރިފައިކުރާ މީހުންނަށް ކަމަށް ބުނެފައެވެ.

އަދި މީގެ އިތުރުން މަސްކް ބުނީ، 8 ޑޮލަރުގެ ފީއެއް ނެގި ނަމަވެސް ގައުމުތަކުގެ ނިސްބަތަށް ބަލައި އެކި ގައުމުތަކުގައި އަގު ބަދަލުވެދާނެ ކަމަށެވެ. އަދި ވެރިފައިކުރާ މީހުންނަށް، ރިޕްލައި ކުރުމާއި ސާޗުކުރުމާއި ދިގު ވީޑިއޯ/އޯޑިއޯ ލެވޭނެ ގޮތް ވެސް ހަދާނެ ކަމަށް އޭނާ ބުންޏެވެ.

ޓްވިޓާ ގަންނަން މިދިޔަ އޭޕްރީލް މަހު ފުރަތަމަ އެއްބަސްވުމަށް ފަހު، މަސްކް ވަނީ މަސްތަކެއް ވަންދެން ޑީލް ކުރިއަށް ނުގެންދަން މަސައްކަތްކޮށްފައެވެ. އެގޮތުން ޓްވިޓާގައި ހުރި ބޮޓްތަކުގެ އަދަދާ މެދު އޭނާ ކަންބޮޑުވުން ފާޅުކުރިއެވެ.
ޓްވިޓާ ގަތުމުގެ އެއްބަސްވުން ނިމުނު ތަނާހެން މަސްކް ވަނީ ޓްވިޓާގެ ސީއީއޯ ޕަރަގް އަގްރަވާލް އާއި ލީގަލް އެގްޒެކެޓިވް ވިޖަޔާ ގައްޑޭ އާއި ޗީފް ފައިނޭންޝަލް އޮފިސަރު ނެޑް ސެގާލް އަދި ޖެނެރަލް ކައުންސެލް ޝޯން އެޖެޓް މަގާމުން ދުރުކޮށްފައެވެ.

މިއާއެކު މަސްކް ވަނީ "ދަ ބާޑް އިޒް ފްރީޑް" ޖަހާ ޓްވިޓާ ލޯގޯގައި އޮންނަ ދޫނި މިނިވަން ވީ ކަމަށް ބުނެ ޓްވީޓެއް ކޮށްފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި
03 Nov 2026 ދުނިޔެ

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި

ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ އެކްސްގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ފެންނަ ގޮތުން، އެ މީހާގެ ޕާސްޕޯޓުގެ ގިނަ ސޮފުހާތަކުގައި ހުރީ އެކި މީހުންގެ ފޯނު ނަންބަރުތަކާއި ނަންތައް ނޯޓުކޮށް، ރައްކާކޮށްފައެވެ.

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު
03 Nov 2026 ދުނިޔެ

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު

މިދިޔަ އާދިއްތަ ދުވަހު ވެރިރަށް ޑާކާގައި ފެށި މި މުޒާހަރާތައް ވަނީ ބޮޑެތި ހަމަނުޖެހުންތަކަކަށް ބަދަލުވެފައެވެ. އެގޮތުން މުޒާހަރާގެ ބައިވެރިން މަގުތައް ބަންދުކޮށް، ބައެއް ފެކްޓްރީތަކަށް ގެއްލުންދީ، އުޅަނދުފަހަރުގައި ހުޅުޖަހާފައިވެއެވެ. މި ހަމަނުޖެހުންތައް ކޮންޓްރޯލްކޮށް، މުޒާހަރާގެ ބައިވެރިން ރޫޅާލުމަށް ފުލުހުން ވަނީ ކަރުނަގޭސް ބޭނުންކޮށްފައެވެ. ޑާކާ ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރު މުހިދުލް އިސްލާމް ވިދާޅުވި ގޮތުގައި، ހޯމަ ދުވަހާ ހަމައަށް މަދުވެގެން 29 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި ގާމެންޓް ސިނާއަތުގައި ގަސްދުގައި ނުތަނަވަސްކަން އުފައްދަން އުޅޭ ފަރާތްތަކާ މެދު ގާނޫނީ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.