ދުއްވަމުން ދިޔަ ބަގީ އާއި އެކު މޫދަށް ވެއްޓުނު އަންހެނަކަށް ފަރުވާ ދެނީ
ބ އަތޮޅު ރިސޯޓެއްގައި މަސައްކަތްކުރާ އަންހެނަކު ބަގީ އާއެކު މޫދަށް ވެއްޓިގެން އޭޑީކޭގައި ފަރުވާދޭން ފަށައިފިއެވެ.
ފުލުހުން މިއަދު ބުނީ ބ އަތޮޅު ރިސޯޓެއްގައި މަސައްކަތްކުރާ މުވައްޒަފަކު އެ ރިސޯޓްގެ ޖެޓީ މަތިން ބަގީ ދުއްވުމުގެ ތެރޭގައި ބަގީއާއެކު މޫދަށް ވެއްޓިފައިވާ ކަމަށް އޮކްޓޯބަރ މަހުގެ 30 ވަނަ ދުވަހު 23:10 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މިހާދިސާގައި އަނިޔާ ލިބުނު މީހާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
މީގެ އިތުރުން ފުލުހުން ބުނީ، ބަގީ އާއި އެކު މޫދަށް ވެއްޓިގެން އަނިޔާވެފައިވަނީ 26 އަހަރުގެ މޮރޮކޯ އަންހެނަކަށް ކަމަށާ، މި ހާދިސާ އާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް