ކަސްޓަމްސްގެ އިސްވެރިޔާއަށް އަދާލަތު ޕާޓީގެ ނުއުމާން
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށް އަހުމަދު ނުއުމާން އައްޔަންކޮށްފިއެވެ.
ނުއުމާން މަގާމަށް އައްޔަންކޮށްފައިވަނީ މިއަދުގެ ވަގުތެއްގައެވެ. އެބޭފުޅާއަށް މަގާމުގެ ފަތްކޮޅު އަރުވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއެވެ.
ހުވައި ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަބްދުﷲ ޢަރީފު ކުރިމަތިފުޅުގައެވެ.
ނުއުމާންއަކީ އަދާލަތު ޕާޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ ބޭފުޅެކެވެ. ނުއުމާން އަކީ އެޕާޓީގެ އިންސާނީ ހައްގުތަކާއި ބެހޭ ކޮމެޓީގެ ރައީސްވެސް މެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް