މިނިސްޓަރ ޝާހިދު އަބޫދާބީއަށް ވަޑައިގެންފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އަބޫދާބީއަށް ވަޑައިގެންފިއެވެ.
އިއްޔެގެ ވަގުތެއްގައި އެބޭފުޅާ އަބޫދާބީއަށް ވަޑައިގެންނެވިއިރު، އަރިހުގައި ފޮރިން މިނިސްޓްރީގެ އިސް އޮފިޝަލުން ވަޑައިގެންނެވިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިދަތުރުފުޅުގައި އެބޭފުޅާ ވަނީ ޔޫއޭއީގެ އިސްވެެރިންނާއި ބައްދަލުކޮށް، އާ ސަރުކާރަށް ބޭނުންވާ އިގްތިސާދީ އެހީތަކުގެ ވާހަކައާއި ދެގައުމުގެ ދޭދޭ ގުޅުމުގެ ވާހަކަ ދެއްކުމަށް ހަމަޖެހިފައެވެ.
އަބްދުﷲ ޝާހިދު ވަނީ މަގާމާއި ހަވާލުވެވަޑައިގަތުމަށްފަހު، ދުނިޔޭގެ ގައުމުތަކާއި އެއްކޮށް ގުޅުން ބަދަހިކުރާނެކަމުގެ ޔަގީންކަން ދީފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް