ފެމްބޮޑުވެފައިވާ ސަރަހައްދުގައި މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރަނީ
ފެމްބޮޑުވެފައިވާ ސަރަހައްދުގައި މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރަނީ
ދުނިޔެ 03 Mar 2023 | 03:17

މެލޭޝިޔާގައި ފެންބޮޑުވެ 26،000 އަށްވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފި

މެލޭޝިޔާގައި ފެންބޮޑުވެ 26،000 އަށްވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ގެންގޮއްސިއެވެ.

ފެންބޮޑުވެފައިވާ ސަރަހައްދުގައި ބޯޓު ތަކުގައި މީހުނަ ސަލާމަތް ކުރުމަށް މަސައްކަތްކުރާ ރެސްކިޔު ވޯކަރުން ވަނީ އިމާރާތްތަކުގެ މަތީގައި ފެންބޮޑުވުމުގެ ސަބަބުން ނުފޭތިބިފައި ތިބިމީހުން ބާލައި ރައްކާތެރި ހިސާބުތަކަށް ގެންގޮސްފައެވެ.

ފެންބޮޑުވުމުގެ ސަބަބުން އެކަކު ވަނީ މަރުވެސް ވެފައެވެ. އޭނާ މަރުވީ ފެންބޮޑުވެ ކާރުގެ ތެރޭގައި ތާށިވެ ކާރުން ނުނިކުމެވިގެނެވެ.

ފެންބޮޑުވުން ތަކުގެ ސަބަބުން އެންމް ބޮޑަށް އަސަރު ކޮށްފައިވަނީ

މެލޭޝިޔާގެ ދެކުނުން ސިންގަޕޫރާއި ކައިރީގައި އޮންނަ ޖޮހަރް ސްޓޭޓަށެވެ. އެސްޓޭޓުން 25000 މީހަކު ވަނީ ސްކޫލްތަކާއި ކޮމިޔުނިޓީ ހޯލްތަކުގައި ގާއިމް ކޮށްފައިވާ ރިލީފް ސެންޓާރުތަކަށް ބަދަލުކޮށްފައިވެއެވެ. މީގެ އިތުރުންވެސް 5 ސްޓޭޓަކަށް ވަނީ ފެންބޮޑުވުމުގެ ސަބަބުން ގެއްލުންތަކެއް ވެފައެވެ.

މެލޭޝިޔާއިން މިހާރު ތަޖުރިބާ ކުރަމުން ދާ ވިއްސާރަ އަކީ ނޮވެމްބަރ މަހު ފެށުނު ވިއްސާރައިގެ 6 ވަނަ އެޕިސޯޑް ކަމަށް މީޓްރޮލޮޖިކަލް ޑިޕާޓްމެންޓުން ބުނެފައިވެއެވެ. އަދި މޫސުމީ ވާރޭ އޭޕްރީލް މަހާއި ހަމައަށް ދެމިގެން ހިނގައިދާނެ ކަމަށް ވެސް އެ ޑިޕާޓްމެންޓުން ބުނެފައިވެއެވެ.

ފާއިތުވި ޑިސެމްބަރު މަހުވެސް 10،000 އަށް ވުރެ ގިނަ މީހުން ވަނީ ފެންބޮޑުވުން ތަކުގެ ސަބަބުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލު ކޮށްފައިވެއެވެ.

މީޓްރޮލިޖިކަލް ޑިޕާޓްމެންޓުން ވަނީ ޖޮހަރް ޕްރޮވިންސްގެ އެހެން ސަރަހައްދު ތަކުގައި ވެސް ފެންބޮޑު ވެދާނެ ކަމަށް ބުނެފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި
03 Nov 2026 ދުނިޔެ

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި

ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ އެކްސްގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ފެންނަ ގޮތުން، އެ މީހާގެ ޕާސްޕޯޓުގެ ގިނަ ސޮފުހާތަކުގައި ހުރީ އެކި މީހުންގެ ފޯނު ނަންބަރުތަކާއި ނަންތައް ނޯޓުކޮށް، ރައްކާކޮށްފައެވެ.

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު
03 Nov 2026 ދުނިޔެ

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު

މިދިޔަ އާދިއްތަ ދުވަހު ވެރިރަށް ޑާކާގައި ފެށި މި މުޒާހަރާތައް ވަނީ ބޮޑެތި ހަމަނުޖެހުންތަކަކަށް ބަދަލުވެފައެވެ. އެގޮތުން މުޒާހަރާގެ ބައިވެރިން މަގުތައް ބަންދުކޮށް، ބައެއް ފެކްޓްރީތަކަށް ގެއްލުންދީ، އުޅަނދުފަހަރުގައި ހުޅުޖަހާފައިވެއެވެ. މި ހަމަނުޖެހުންތައް ކޮންޓްރޯލްކޮށް، މުޒާހަރާގެ ބައިވެރިން ރޫޅާލުމަށް ފުލުހުން ވަނީ ކަރުނަގޭސް ބޭނުންކޮށްފައެވެ. ޑާކާ ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރު މުހިދުލް އިސްލާމް ވިދާޅުވި ގޮތުގައި، ހޯމަ ދުވަހާ ހަމައަށް މަދުވެގެން 29 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި ގާމެންޓް ސިނާއަތުގައި ގަސްދުގައި ނުތަނަވަސްކަން އުފައްދަން އުޅޭ ފަރާތްތަކާ މެދު ގާނޫނީ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.