އިނގުރައިދޫ ކުޅުންތެރިން ފައިނަލް މެޗަށް ފަހު މުބާރާތުގެ ޓްރޮފީއާއި އެކު
އިނގުރައިދޫ ކުޅުންތެރިން ފައިނަލް މެޗަށް ފަހު މުބާރާތުގެ ޓްރޮފީއާއި އެކު
ކުޅިވަރު 03 Mar 2023 | 18:27

އޭދަފުށި ބަލިކޮށް ޒޯން ދޭއްގެ ޗެންޕިއަންކަން އިނގުރައިދޫ އިން ހޯދައިފި!

ސޮނީ ސްޕޯޓްސް ގޯލްޑެން ފުޓްސަލް ޗެލެންޖު 2023 ގެ ޒޯން ދޭއްގެ ފައިނަލުގެ ދެވަނަ ލެގުގައި އޭދަފުށި 2-0 ގެ ނަތީއްޖާއަކުން ބަލިކޮށް އިނގުރައިދޫ އިން މުބާރާތުގެ ޗެންޕިއަންކަން ހޯދައިފިއެވެ.

ޒޯން ދޭއްގެ ފައިނަލުގެ ފުރަތަމަ ލެގު 3-1 ގެ ނަތީއްޖާއަކުން އިނގުރައިދޫ މޮޅުވެފައި އޮތުމުން މިރޭގެ މެޗު އެއްވަރުކޮށްގެން ވެސް ޗެންޕިއަންކަން ހޯދުމުގެ ފުރުސަތު އެޓީމަށް އޮތެވެ.

ނަމަވެސް މިއަހަރުގެ މުބާާރާތުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ އަތޮޅު ޗެންޕިއަންކަން ހޯދާފައިވާ އިނގުރައިދޫ ޓީމުން މިރޭގެ މެޗުގައިވެސް ފެނުނީ އިދިކޮޅު ޓީމަށް ވުރެ ވަރުގަދަކޮށެވެ.

މިރޭގެ ފައިނަލް މެޗު ފުރަތަމަ ހާފުގައި އިނގުރައިދޫ ޓީމަށް ލީޑު ހޯދައިދިނީ މިރޭގެ މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވުނު މުހައްމަދު މަމްދޫހު އެވެ. އަދި އެޓީމުގެ ދެވަނަ ލަނޑު މެޗުގެ ދެވަނަ ހާފުގައި ކާމިޔާބުކޮށްދިނީ އަހުމަދު އައިހަމް އެވެ.

މުބާރާތުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިއާގެ އިތުރުން ޒޯން ދޭއްގެ މޮޅު ކުޅުންތެރިއާގެ މަގާމް ލިބުނީ ވެސް ފައިނަލު މެޗުގެ ދެ ލެގުގައިވެސް މޮޅުކުޅުމެއް ދެއްކި އިނގުރައިދޫ ޓީމުގެ އަހުމަދު އައިހަމް އަށެވެ.

މި މުބާރާތުގައި އިގުރައިދޫ ޓީމުގެ މީޑިއާ ޕާޓްނަރަކަށް ވޮއިސް އެމްވީ ހަމަޖައްސާފައިވާއިރު، އެޓީމުގެ ސްޕޮންސަރުންނަކީ ޒީން، ސުޕާރީ ފިހާރަ އަދި ބޯލްޑް އެވެ. އެޓީމުގެ ކިޓް ސްޕޮންސާރ އަކީ ޖާޒިއާ އެމްވީ އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އުސާމާގެ މޮޅު ކުޅުމާއެކު، ބުރުން ގައްދޫ ބަލިކޮށް ލީގްގެ ފުރަތަމަ މޮޅު ހޯދައިފި
13 Oct 2026 ކުޅިވަރު

އުސާމާގެ މޮޅު ކުޅުމާއެކު، ބުރުން ގައްދޫ ބަލިކޮށް ލީގްގެ ފުރަތަމަ މޮޅު ހޯދައިފި

ބުރު ސްޕޯޓްސް ކުޅުނު ތިން މެޗުން ބަލިވިއިރު، އެޓީމް މިހާރު އުޅެނީ ތާވަލްގެ އަށްވަނާގައެވެ. ގައްދޫ އުޅެނީ އެއްވެސް ޕޮއިންޓެއް ނުލިބި ތާވަލްގެ އެންމެ ފުލުގައެވެ.

ހިތްވަރާއެކު އެނބުރި އައިސް، ނައިވާދޫ ފުޓްސަލްގެ ރަސްކަމަށް
15 Feb 2026 ކުޅިވަރު

ހިތްވަރާއެކު އެނބުރި އައިސް، ނައިވާދޫ ފުޓްސަލްގެ ރަސްކަމަށް

ގއ.ދެއްވަދޫ ބަލިކޮށް އެޗް.ޑީ ހިޔުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ފައިނަލް ހދ.ނައިވާދޫ ހޯދައިފިއެވެ. މުބާރާތުގެ ޗެމްޕިއަންކަން ނައިވާދޫ ހޯދީ، ފައިނަލުގައި ރޭ ކުޅުނުމެޗް 9-3 ގެ ނަތީޖާއިން ކުރި...

ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް؛ އައްޑޫގެ ޗެމްޕިއަންކަން މިފަހަރުވެސް ހިތަދޫއަށް
19 Jan 2026 ކުޅިވަރު

ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް؛ އައްޑޫގެ ޗެމްޕިއަންކަން މިފަހަރުވެސް ހިތަދޫއަށް

މިހާރު ކުރިއަށްދާ ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އައްޑޫ ޒޯނުގެ ޗެމްޕިއަންކަން ހިތަދޫ ހޯދައިފިއެވެ. އައްޑޫ ސަރަހައްދުގެ ޗެމްޕިއަންކަން ހިތަދޫ ހޯދީ ފައިނަލުގައި ވާދަވެރި މަރަދޫއާ ދެކޮޅަށް ކުޅުނ...

ގޯލްޑަން ޗެރިޓީ ޝީލްޑް އޭދަފުއްޓަށް
04 Jan 2026 ކުޅިވަރު

ގޯލްޑަން ޗެރިޓީ ޝީލްޑް އޭދަފުއްޓަށް

ކާށިދޫ ބަލިކުރުމަށްފަހު، ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެރިޓީ ޝީލްޑް މެޗް އޭދަފުށި ކާމިޔާބުކިށްފިއެވެ. މުބާރާތުގެ ޗެރިޓީ ޝީލްޑް މެޗް އޭދަފުށި ކާމިޔާބުކޮށްފައިވަނީ ރެހެނދި ފުޓްސަލް ދަނޑުގައި ކުޅުނުމެޗް ...

އެންމެ ފަހުގެ ޗެންޕިއަން ގަން ބަލިކޮށް އޭދަފުށި ޗެންޕިއަންކަން ހޯދައިފި
07 Mar 2024 ކުޅިވަރު

އެންމެ ފަހުގެ ޗެންޕިއަން ގަން ބަލިކޮށް އޭދަފުށި ޗެންޕިއަންކަން ހޯދައިފި

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2024 ގެ ފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން ލ.ގަން 4-2 ގެ ނަތީޖާއަކުން ބަލިކޮށް ބ.އޭދަފުށި މުބާރާތްގެ ޗެންޕިއ...

ޕެނަލްޓީގައި ގާފަރު ބަލިކޮށް މުބާރާތްގެ ފައިނަލުން އޭދަފުށި ޖާގަ ހޯދައިފި
04 Mar 2024 ކުޅިވަރު

ޕެނަލްޓީގައި ގާފަރު ބަލިކޮށް މުބާރާތްގެ ފައިނަލުން އޭދަފުށި ޖާގަ ހޯދައިފި

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް "ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2024" ގެ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ކ. ގާފަރު އަދި ބ. އޭދަފުށި ވާދަކުރި މެޗު 2-2 ގެ ނަތީޖާއަކުން ދެޓީމް އ...

ފަހަތުން އަރައި ވިލިމާލެ ބަލިކޮށް ލ.ގަން މުބާރާތްގެ ފައިނަލުން ޖާގަ ހޯދައިފި
04 Mar 2024 ކުޅިވަރު

ފަހަތުން އަރައި ވިލިމާލެ ބަލިކޮށް ލ.ގަން މުބާރާތްގެ ފައިނަލުން ޖާގަ ހޯދައިފި

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް "ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2024" ގެ ސެމީ ފައިނަލުގެ ފުރަތަަމަ މެޗުގައި ފަހަތުން އަރައި ވިލިމާލެ 5-3 ގެ ނަތީޖާއަކުން ބަލިކޮށް އެންމެ ފަހުގ...