ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް؛ އައްޑޫގެ ޗެމްޕިއަންކަން މިފަހަރުވެސް ހިތަދޫއަށް
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
މިހާރު ކުރިއަށްދާ ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އައްޑޫ ޒޯނުގެ ޗެމްޕިއަންކަން ހިތަދޫ ހޯދައިފިއެވެ.
އައްޑޫ ސަރަހައްދުގެ ޗެމްޕިއަންކަން ހިތަދޫ ހޯދީ ފައިނަލުގައި ވާދަވެރި މަރަދޫއާ ދެކޮޅަށް ކުޅުނުމެޗް ކާމިޔާބުކޮށްގެންނެވެ. މިމެޗް ހިތަދޫ ކާމިޔާބުކުރީ، 5-2 ގެ ނަތީޖާއަކުންނެވެ. ހިތަދޫގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި އެޓީމަށް ލަނޑުތައް ކާމިޔާބުކޮށްދިނީ، އަހުމަދު އަމްނު އާއި ހާޒިމް ފައުޒީއެވެ.
މެޗްގައި މަރަދޫއަށް ލަނޑުތައް ކާމިޔާބުކޮށްދިނީ މުހައްމަދު ސަހާއު އަލީ އާއި ހަސަން އެވެ.

މިމެޗްގެ ތަރިއަކަށްވީ ހިތަދޫ ޓީމްގެ އަޙްމަދު އަމްނު އެވެ. އޭނާ ވަނީ މެޗްގައި ހެޓްރިކް ހަދައި، މޮޅު ކުޅުމެއް ދައްކާފައެވެ. މި ޒޯނުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ފައިނަލުގައި ދެ ލަނޑު ކާމިޔާބުކޮށްދިން ފައުޒީ އެވެ. އޭނާ ވަނީ އެންމެގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމްވެސް ހޯދާފައެވެ.

މި ޒޯނުގެ މިއަހަރުގެ ޗެމްޕިއަންކަން ހިތަދޫ ގެންދިޔައިރު، އެޓީމް ވަނީ އެންމެފަހުގެ މުބާރާތުގައިވެސް އައްޑޫ ޒޯނުގެ ޗެމްޕިއަންކަން ހޯދާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް