"ސަދާއީ ބަނޯވަން" ގައި ޕްރޮގްރާމެއް ހުށައަޅަމުންދަނީ
"ސަދާއީ ބަނޯވަން" ގައި ޕްރޮގްރާމެއް ހުށައަޅަމުންދަނީ
ދުނިޔެ 03 Apr 2023 | 05:38

މިޔުޒިކް ޖަހާތީ އަފްޣާނިސްތާނުގެ ރޭޑިޔޯ ސްޓޭޝަނެއް ބަންދުކޮށްފި

ބަރަކާތްތެރި ރަމަޟާން މަހު މިޔުޒިކް ޖަހާތީ އަފްޣާނިސްތާނުގެ ރޭޑޮޔޯ ސްޓޭޝަންއެއް އަފްޣާނިސްތާނުގެ ޠާލިބާން ސަރުކާރުން ބަންދުކޮށްފިއެވެ.

"ސަދާއީ ބަނޯވަން" ގެ ނަމުގައި ހިންގާ މި ރޭޑިޔޯ ސްޓޭޝަން އަކީ އަންހެނުން ތަކެއް އިސްވެ ތިބެ ހިންގާ ސްޓޭޝަނެކެވެ. ސަދާއީ ބަނޯވަން ނުވަތަ އަންހެނުންގެ އަޑު ގެ ނަމުގައި ހިންގާ މި ރޭޑިޔޯ ސްޓޭޝަނަކީ އަފްޣާނިސްޠާނުގައި އަންހެނުން އިސްވެގެން ހިންގާ ހަމައެކަނި ސްޓޭޝަނެވެ. އެތަން ހިންގާތާ މިހާރު 10 އަހަރު ވެފައިވާ ކަމަށް އަލްޖަޒީރާގައި ބުނެފައިވެއެވެ.

އަފްޣާނިސްތާނުގެ ދަރާއީ ގައި ހުންނަ މި ސްޓޭޝަންގައި މަސައްކަތް ކުރަނީ 8 މުވައްޒަފެކެވެ. އޭގެ ތެރެއިން 6 މީހުންނަކީ އަންހެނުންނެވެ.

ބަދަކްޝާން ޕްރޮވިންސްގެ އިންފޯމޭޝަން އެންޑް ކަލްޗަރ ގެ ޑިރެކްޓަރ މުއިޒުއްދީން އަހްމަދީ ބުނެފައިވަނީ އެ ރޭޑޯޔީ ސްޓޭޝަނުން އެތައް ފަހަރަކު ޤާނޫނާއި ޚިލާފު ޢަމަލުތައް ހިންގާފައިވާކަމަށެވެ. އެގޮތުން ރަމަޟާން މަހުގެ ދުވާލު މިޔުޒިކާއި އެކު ހުންނަ ލަވަ ޖަހައި ހެދުމުން އެ ޤައުމުގައި އޮތް އިސްލާމީ އިއްތިހާދީ ވެރިކަމުގެ އަސްލުތަކާއި އުސޫލް ތަކާއި ޚިލާފުވެވުނީ ކަމަށެވެ. ރޭޑިޔޯ ސްޓޭޝަން ބަންދު ކުރަން ޖެހުނީ މިކަމުގެ ނަތީޖާއެއްގެ ގޮތުން ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

"އެ ރޭޑިޔޯ ސްޓޭޝަނުން އަފްޣާނިސްތާނުގެ އިސްލާމީ އިއްތިހާދީ ދައުލަތުގެ ޕޮލިސީ ތަކަށް ބޯލަނބަން އެއްބަސްވެ، ދެން އެފަދަ ކަންކަން ތަކުރާރު ނުވާނެ ކަމުގެ ޔަޤީން ކަން ދީފިނަމަ، ރޭޑިޔޯ ސްޓޭޝަން އަލުން އޮޕަރޭޓްކުރުމުގެ ހުއްދަ އަލުން ދޭނަން" އަހްމަދީ ބުނެފައިވެއެވެ.

އެ ރޭޑިޔޯ ސްޓޭޝަންގެ ހެޑް ނާޖިޔާ ސޮރޯޝް ބުނެފައިވަނީ އެރޭޑިޔޯއިން އަފްޣާނިސްތާނުގެ ގަވާއިދު ތަކާއި ޚިލާފު އެއްވެސް އެއްޗެއް ބްރޮޑްކާސްޓް ކޮށްފައި ނުވާނެ ކަމަށެވެ. އަދި ސްޓޭޝަން ބަންދު ކުރުމަކީ އޭގެ ފަހަތުގައި ޠާލިބާނުންގެ ނުބައި ރޭވުމެއް ވާކަމެއް ކަމަށްވެސް އޭނާ ވަނީ ތުހުމަތުކޮށްފައެވެ.

ނާޖިޔާ ބުނެފައިވަނީ ސްޓޭޝަން ބަންދުކުރުމާއި ގުޅިގެން އެކަމާއި ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް ކަމާއި ގުޅޭ އިދާރާތަކަށް ގުޅައިގެން އިތުރު މައުލޫމާތެއް ފޯރުކޮށްދީފައި ނުވާކަމަށެވެ.

2021 ގައި އަފްޣާނިސްތާނުގެ ވެރިކަމަށް ޠާލިބާނުން ހަވާލުވީ ހިސާބުން އަފްޣާނިސްތާނުގެ އެތައް ނޫސްވެރިޔަކަށް ވަނީ ވަޒީފާ ގެއްލިފައެވެ. ގިނަ މީޑިއާ އައުޓްލެޓްތަކެއް ފަންޑު ނެތުމުގެ ސަބަބުންނާއި މުވައްޒަފުން ޤައުމު ދޫކޮށް ދިޔުމުގެ ސަބަބުން ބަންދުކުރަން ޖެހިފައެވެ.

ޠާލިބާނުންގެ ޕޮލިސީތަކަށް ޢަމަލުކުރުމަށް ދެކޮޅު ހެދި ނޫސްވެރިން ހައްޔަރުކޮށް އަނިޔާތަކެއް ދީފައިވާ ކަމަށް އާފްޣާނިސްތާނުގެ ނޫސްވެރިންގެ އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.

ޠާލިބާނުންގެ ވެރިކަން ފެށުމާއި އެކު ޠާލިބާނުން ވަނީ ގިނަ އަންހެނުންނަށް ވަޒީފާ އާއި ތައުލީމު އުގެނުމުގެ ހައްޤުން މަހްރޫމް ކޮށްފައިވެއެވެ. ގްރޭޑް 6 ކުން މަތީގައި ތައުލީމް ހާސިލް ކުރަން ޖެހޭ އަންހެން ދަރިވަރުންނަށް ތައުލީމް އުގެނުމުގެ ހައްޤު ލިބިފައެއް ނުވެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި
03 Nov 2026 ދުނިޔެ

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި

ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ އެކްސްގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ފެންނަ ގޮތުން، އެ މީހާގެ ޕާސްޕޯޓުގެ ގިނަ ސޮފުހާތަކުގައި ހުރީ އެކި މީހުންގެ ފޯނު ނަންބަރުތަކާއި ނަންތައް ނޯޓުކޮށް، ރައްކާކޮށްފައެވެ.

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު
03 Nov 2026 ދުނިޔެ

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު

މިދިޔަ އާދިއްތަ ދުވަހު ވެރިރަށް ޑާކާގައި ފެށި މި މުޒާހަރާތައް ވަނީ ބޮޑެތި ހަމަނުޖެހުންތަކަކަށް ބަދަލުވެފައެވެ. އެގޮތުން މުޒާހަރާގެ ބައިވެރިން މަގުތައް ބަންދުކޮށް، ބައެއް ފެކްޓްރީތަކަށް ގެއްލުންދީ، އުޅަނދުފަހަރުގައި ހުޅުޖަހާފައިވެއެވެ. މި ހަމަނުޖެހުންތައް ކޮންޓްރޯލްކޮށް، މުޒާހަރާގެ ބައިވެރިން ރޫޅާލުމަށް ފުލުހުން ވަނީ ކަރުނަގޭސް ބޭނުންކޮށްފައެވެ. ޑާކާ ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރު މުހިދުލް އިސްލާމް ވިދާޅުވި ގޮތުގައި، ހޯމަ ދުވަހާ ހަމައަށް މަދުވެގެން 29 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި ގާމެންޓް ސިނާއަތުގައި ގަސްދުގައި ނުތަނަވަސްކަން އުފައްދަން އުޅޭ ފަރާތްތަކާ މެދު ގާނޫނީ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.