ދެ ސައިކަލް ޖެހި އެކްސިޑެންޓްވެ އެކަކު ސީރިއަސް ހާލަތެއްގައި!
ހުޅުމާލޭގައި ދެ ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޖޭއެމްސީ ސައިޓް ކައިރިން 2 ސައިކަލު ޖެހި އެކްސިޑެންޓް ވެފައިވާކަމުގެ މަޢުލޫމާތު ރޭ 01:20 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށެވެ.
މި އެކްސިޑެންޓްގައި 19 އަހަރުގެ ފިރިހެނަކާއި 56 އަހަރުގެ ފިރިހެނަކަށް އަނިޔާވެފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި މި މީހުންގެ ތެރެއިން 56 އަހަރުގެ މީހާގެ ހާލު ސީރިއަސްކަމަށް މަޢުލޫމާތު ލިބިފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މީގެ އިތުރުން މި އެކްސިޑެންޓްގައި އަނިޔާވި ދެމީހުންނަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު، މިހާރު އޭޑީކޭގައި ފަރުވާދެމުން އަންނަކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
އަދި މި ހާދިސާ އިތުރަށް ތަހްގީގްކުރަމުން އަންނަކަމަށް ފުލުހުން ވިދާޅުވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް