ޕިކަޕަކާއި ސައިކަލެއް ޖެހި އިތުރު އެކްސިޑެންޓެއް، އަނިޔާވި މީހާ ނިޔާވެއްޖެ!
ހުޅުމާލޭ ދެވަނަ ފީޔަވަހީގައި ޕިކަޕަކާއި ސައިކަލެއް ޖެހި އިތުރު އެކްސިޑެންޓެއް ހިނގައި އެކްސިޑެންޓްގައި އަނިޔާވި މީހާ ނިޔާވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެމްޕީއެލް ފުލެޓްތައް ކައިރިން ޕިކަޕަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ވެފައިވާ ކަމުގެ މައުލޫމާތު މިއަދު 9:56 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
މި އެކްސިޑެންޓްގައި އަނިޔާވެފައިވަނީ 59 އަހަރުގެ ފިރިހެނަކަށް ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި އެމީހާއަަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނިކޮށް ނިޔާވެފައިވާ ކަމަށް އެ ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ވިދާޅުވި އެވެ.
ފުލުހުން އިތުރަށް ވިދާޅުވީ މި މައްސަލަ އެ އިދާރާއިން ތަހުގީގު ކުރަމުންދާ ކަމަށެވެ.
ރޭ ދަންވަރުވެސް ހުޅުމާލޭ ދެވަނަ ފިޔަވާހީގައި ނުރައްކާތެރި އެކްސިޑެންޓެއް ވަނީ ހިނގާފައެވެ. އަދި އެ އެކްސިޑެންޓްގައި އަނިޔާވި އެކަކުގެ ހާލު ސީރިއަށް ކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް