އާރްޑީސީއަށް ގިނަ އަދަދެއްގެ ދޮންވެލި ސަޕްލައިކޮށްދޭނެ ބަޔަކު ހޯދަނީ
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގިނަ އަދަދެއްގެ ދޮންވެލި ސަޕްލައިކޮށްދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފިއެވެ.
އާރްޑީސީން ކުރި އިއުލާނުގައި ބުނެފައިވަނީ އެކުންފުނީގެ ތިލަފުށި ޕްރޮޑަކްޝަން ސައިޓަށް ބޭނުންވާ ދޮންވެލި ސަޕްލައިކޮށްދޭނެ ބަޔަކު ހޯދަން ބޭނުންވާ ކަމަށެވެ.
އެގޮތުން ބޭނުންވަނީ 30،000 ކޮޑިފޫޓުގެ ހުދު ރާޅު ވެލި ކަމަށް އިއުލާނުގައި ވެއެވެ.
މި ވެލި ބޭނުންވަނީ އެ ކުންފުނިން އަންގާ ގޮތެއްގެ މަތިން އެކި ދުވަސްތަކަށް އަދަދުތައް ބަހާލައިގެން ތިލަފުށީ ޕްރޮޑަކްޝަން ސައިޓަށް ކަމަށްވެސް ބުނެފައިވެއެވެ.
މީގެ އިތުރުން އެ އިއުލާންގައި ބުނީ، އެކަމަށް ޝައުގުވެރިވާ ފަރާތްތަކުގައި ބިޑުގައި ބައިވެރިވުމަށް މި މަހު 13 ގެ ކުރިން ޕްރޮފޯސަލް ހުށަހަޅަން ޖެހޭނެ ކަމަށާއި އަދި އެ މަސައްކަތް ހަވާލުކުރާ ބަޔަކު ކަނޑައެޅުމުގައި އެ ކުންފުނީގެ ބްލެކްލިސްޓް ޕޮލިސީއަށް އަމަލުކުރާނެ ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް